Support Us

ކްރެމިޔާގެ ބުރިޖު އަލުން ހުޅުވައިފި

ޔުކްރެއިންގެ ކްރެމިޔާގެ ބުރިޖުން ސަލާމަތުން އޮތް މަގުތައް މެދުވެރިކޮށް ވާހަނާގެ ޙަރަކާތްތައް އަލުން ފަށައިފި އެވެ.

ރަޝިޔާގެ ޓްރާންސްޕޯޓު ވުޒާރާއިން ބުނާގޮތުގައި ކާރާއި ބަހުގެ ޙަރަކާތްތައް ކަރޗް ބުރިޖުމަތީގައި އަލުން ވަނީ ފަށައިއެވެ. އެހެނަސް މި ވަގުތަށް ވާހަނާ ޙަރަކާތްތައް އޮންނާނީ ކްރެމިޔާ ޕެނިންސުލާއިން ޓާމަން ޕެނިންސުލާއަށެވެ. މި ވުޒާރާ ބުނާ ގޮތުގައި ރޭލުގެ ދަތުރުތައް ރޭ ވަނީ ފަށައިއެވެ. މި ބުރިޖަށް އިއްޔެ ހެނދުނު ދެވުނު ނިރުބަވެރި ޙަމަލާއާ ވިދިގެން މި ބުރިޖުގެ ވާހަނާ ޙަރަކާތްތައް މުޅިން ހުއްޓައިލެވުނެވެ.

ރަޝިޔާގެ ޓްރާންސްޕޯޓް ވަޒީރު ވިޓާލީ ސެލިލިޔޭވް ވިދާޅުވި ގޮތުގައި މި ދާލަމުގެ ސަލާމަތީ ކަންތައްތައް މިހާރު ވާނީ ވަރަށް ވަރުގަދަކޮށްފައެވެ.

މި ދާލަމަށް ދެވުނު ނިރުބަވެރި ޙަމަލާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ކްރެމިޔާ ސަރަޙައްދުގެ ގަވަރުނަރު އެކްނިޔަނޯވް ވިދާޅުވި ގޮތުގައި ދާލަން މުޅިން މަރާމާތުކޮށް ނިމެންދެން ބަރު މުދާ އުފުލޭނީ ފެރީންނެވެ. އިއްޔެ ހަވީރު ވަނީ ފެރީގެ ޚިދްމަތްތައް ވެސް ފަށައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކްރެމިޔާއަށް ބޭނުންވާ ހަކަތައާއި ކާބޯތަކެތި މަހަކަށް ވާ ވަރަށް އެބަ ހުށްޓެވެ. އޭނާ ކްރެމިޔާގެ ރައްޔިތުންނަށް އެކަމާ ހާސްނުވުމަށް ގޮވައިލެއްވިއެވެ.

އަނެއްކޮޅުން ރަޝިޔާގެ ފަތުރުވެރިކަމާބެހޭ ކުންފުނިތަކުގެ ކަމޭދުންގެ އިއްތިޙާދުގެ ރައީސާ ކްރެމިޔާގެ ހޮޓާތަކުގައި ތިބި ފަތުރުވެރީންނަށް އެމީހުންގެ ހޮޓާތަކުގައި ތިބެން ހަމަޖެހިފައިވާ މުއްދަތުގައި ހުރިހާ ޚިދްމަތެއް ހިލޭ ފޯރުކޮށްދިނުމަށް ގޮވައިލެއްވިއެވެ. ކްރެމިއާގެ ހޮޓާތަކުގައި މި ވަގުތު 50 ހާސް ފަތުރުވެރީން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުކްރޭނުން ޒިންމާ އުފުލައިފި

އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓުން ޔުކްރޭންގެ މަސްއޫލުވެރިއަކާ ޙަވާލާދީ ބުނިގޮތުގައި މި ބުރިޖަށް ދެވުނު ޙަމަލާއަކީ ޔުކްރޭންގެ ޚާއްޞަ ޚިދްމަތާ ބެހޭ ޖަމާޢަތުން ދިން ޙަމަލާއެކެވެ. ޔުކްރޭނުގެ ރައީސްގެ މުޝީރު މީޚާޔީލޯ ޕޮޑްލިޔޭކް އޭނާގެ ޓްވިޓަރުގައި ވިދާޅުވެފައިވާ ގޮތުގައި "މިއީ ފެށުމެކެވެ." އެހެނަސް އޭނާ މިއީ ޔުކްރޭނުގެ ބާރުތަކުން ކުރިކަމެއް ކަމަކަށް ވިދާޅެއްނުވެއެވެ. އޭނާ އިތުރަށް ވިދާޅުވިއެވެ. "ޔުކްރޭނުން ރަޝިޔާ ވަގަށް ނަގައިފައިވާ ހުރިހާ އެއްޗެއްސެއް އަނބުރާ ލިބެން ޖެހޭނެއެވެ. ހިފައިފައިވާ ބިންތަކުން ރޫސީން ފައްސައިލެވެން ޖެހޭނެއެވެ."

ރަޝިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ޒަޚަރޯވާ ވިދާޅުވިއެވެ. "ސަހަރުތަކުގެ ބިނާރުތައް ހަލާކު ކުރުމަށް ކިޔީވުން ގެންގުޅޭ ސިޔާސަތުން އެނގެނީ ޒިލެންސްކީގެ ނިރުބަވެރި ސިޔާސަތެވެ."

ރަޝިޔާގެ ބަރްލަމާނުގެ ތިރިގޭގެ (ޑޫމާ ގެ) ނައިބު ރައީސް މޮރޮޒޯވް ވިދާޅުވި ގޮތުގައި ރަޝިޔާއާ ދެކޮޅަށް ވަންހަނާ ހަނގުރާމައެއް އެބަ ހިނގައެވެ. "އޭނާ ސްޕްޓްނިކް ނޫސް އޭޖެންސީއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "ކްރމިޔާ ދާލަމާ ދެކޮޅަށް ޢަދުއްވުން ދިން ޙަމަލާއަކީ ގޮންޖެހުމެއް ނޫނެވެ. އެހެނެއްކަމަކު އެއީ އުޞޫލެއް ނެތި ކުރާ ހަނގުރާމައެކެވެ."

ޑޫމާގެ ޚާރިޖީ ކަންތައްތަކާ ބެހޭ ކޮމެޓީގެ މުޤައްރިރު  ވިދާޅުވިއެވެ. "އެއްވެސް ޝައްކެއްނެތް ގޮތުގައި މިއީ ޔުކްރޭންގެ ހަޑިމުޑުދާރު ޢަމަލެއްކަން އެނގެއެވެ. މިކަމަށް ހަރުކަށި ރައްދެއް ދޭން ޖެހޭނެއެވެ. މި ރައްދަކީ ހަނގުރާމައިގެ މައިދާނުގައި ދެވޭ ރައްދަކަށް ވާކަށް ނުޖެހޭނެއެވެ."

ރަޝިޔާއިން ބުނާގޮތުގައި ދާލަމަށް ގެއްލުން ލިބުނީ ލޮރީ ބޮމެއް ގޮވުމުގެ ސަބަބުންނެވެ. މި ގޮވުމުގެ ސަބަބުން ހަކަތަ އުފުލާ ރޭލެއްގެ ހަތް ބަޔެއްގައި އަލިފާން ރޯވިއެވެ. ރަޝިޔާއިން ބުނާގޮތުގައި ކަރޗް ދާލަމުގެ އެއްގަމު ބައިން ދެ ބަޔަކަށް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ. އެހެނަސް ކަޅު ކަނޑާއި އާޒޯވް ކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް މުދާ ނަޤްލު ކޮށްދޭ މި ދާލަމުގެ ފެނުގެ ބަޔަކަށް ގެއްލުމެއް ނުލިބެއެވެ.

މި މަސްއަލަ ބަލާ ކޮމެޓީން ބުނާގޮތުގައި މި ޙަމަލާގެ ސަބަބުން ތިން މީހަކު މަރުވިއެވެ. އެއީ މި ޙާދިސާ ހިނގިއިރު އެ ހިސާބުން ދަތުރު ކުރި ބަހެއްގައި ތިބި ބަޔެކެވެ.

ޖުމްލަ 19 ކީލޯ މީޓަރުގެ ދިގު މި ދާލަން ރައީސް ޕޫޓިން ހުޅުއްވައިދެއްވީ 2019ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *