Support Us

ތެޔޮ އުފެއްދުން މަދުކުރާން އޯޕެކް ޕްލަސްއިން ނިންމުން: އެމެރިކާގެ ލަގޮނޑި ފަޅައިގެންދަނީ

އޯޕެކް ޕްލަސްގެ ޤައުމުތަކުން ތެޔޮ އުފެއްދުން މަދުނުކުރޭތޯ އެމެރިކާއިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދަނިކޮށް އޯޕެކް ޕްލަސްއިން ތެޔޮ އުފެއްދުން މަދުކުރާން މިދިޔަ ބުދަ ދުވަހު ވަނީ ނިންމައިފައެވެ. ސީއެންއެން ބުނާގޮތުގައި އޯޕެކް ޕްލަސްގެ މި ފިޔަވަޅުން އެމެރިކާއަށް ވަރަށް ބޮޑަށް ސިހުން ލިބުނެވެ. ސީއެންއެން ސިފަކުރި ގޮތުގައި މިއީ އެމެރިކާގެ ލަގޮނޑި ފަޅައިގެންދާ ވަރުގެ ކަމެކެވެ. އޯޕެކް ޕްލަސްގެ ޤައުމުތަކުން ތެޔޮ އުފެއްދުން މަދު ކުރީ ތެލުގެ އަގު ބާޒާރުގައި މައްޗަށް ޖެއްސުމަށް ޓަކައެވެ.

އެމެރިކާގެ ކޮންގްރެސްގެ މިޑް ޓަރމް އިންތިޚާބު ބޭއްވުމުގެ ފަސް ހަފުތާ ކުރިން މި އެޅި ފިޔަވަޅުގެ ސަބަބުން ރައީސް ބައިޑްންގެ ވެރިކަމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ފެނެއެވެ. ރިޕަބްލިކުންނަށް ކޮންގްރެސް ލިބިއްޖެނަމަ ރައީސް ބައިޑްނަށް ވެރިކަން ކުރައްވާން ޖެހިވަޑައިގަންނަވާނީ ކޮންގްރެސްގެ ތާއީދާ ނުލައެވެ.

ރައީސް ބައިޑްން ސީއެންއެންގެ ރިޕޯޓަރާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި މިއީ އޭނާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެކެވެ. އޭނާ ސިފަކުރެއްވި ގޮތުގައި "މިއީ މި ވަގުތު ކުރާން ޖެހޭކަމެއް ނޫނެ"ވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވި ގޮތުގައި "އެމެރިކާގެ އެދުން ވާނީ އޯޕެކްގެ މެންބަރުންނަށް ސާފުކޮށް ކިޔައިދީފައެވެ."

އޯޕެކް ޕްލަސްގެ ނިންމުން އެ ގޮތަށް ނިންމިޔަ ނުދިނުމަށް ޓަކައި އެމެރިކާއިން ވަނީ އެމެރިކާގެ ބައިވެރީން ކަމަށް ދެކޭ ސުޢޫދީ ޢަރަބިއްޔާއާއި ކުވައިތާއި އިމާރާތަށް އެ ގޮތަށް ނުނިންމުމަށް އިރްޝާދު ދީފައެވެ.

ސީއެންއެން ބުނާގޮތުގައި ވައިޓް ހައުސްއިން އޮކްޓޯބަރު ތިނެއްގައި އެމެރިކާގެ މާލީ ވުޒާރާއަށް ފޮނުވި މެމޯއެއް ބުނާގޮތުން އެ ނިންމުމަކީ "ކާރިސާއެކެ"ވެ. އަދި މި މެމޯ ސިފަކުރި ގޮތުގައި އެއީ "ޢުދްވާނީ ޢަމަލެކެވެ."

ސީއެންއެން ބުނާގޮތުގައި އޯޕެކް ޕްލަސްއިން ތެޔޮ އުފައްދާ މިންވަރު މަދުކުރާން ނިންމުމުން ވައިޓް ހައުސްއަށް ވަރަށް ހާސްކަން ލިބުނެވެ. އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލިސްގެ ތަރްޖަމާނު ވިދާޅުވި ގޮތުގައި އިޤްތިޞާދީ ހެދިބޮޑުވުމަށް ބުރޫނާރާނެ ފަދަ ގޮތަކަށް ތެޔޮ އުފެއްދުމަށް އެމެރިކާއިން އެދުނެވެ. އަދި ރަޝިޔާ-ޔުކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު މައްޗަށް ދިޔަ ނުދިނުމަށް ޓަކައި ފިޔަވަޅު އެޅުމަށް ވެސް އެމެރިކާއިން އެދުނެވެ.

އެމެރިކާއިން ކުރި މަސައްކަތްތަކަށް ސުޢޫދީ އެންބެސީއާއި ކުވައިތު އެންބެސީން އެއްވެސް އެއްޗެއް ނުބުނާކަން ސީއެންއެނުން ފާހަގަކުރިއެވެ. އިމާރާތުގެ އެންބެސީން ވަނީ ކޮމެންޓް ކުރުމާ ދުރަށް ގޮސްފައެވެ.

އޯޕެކް ޕްލަސްއިން ތެޔޮ އުފައްދާ މިންވަރު މަދު ކުރުމަށް ނިންމުމުގެ ކުރީން އެމެރިކާއިން ތެލުގެ އަގު ބާޒާރުގައި ދަށަށް ދިޔަނުދީ ހިފަހައްޓާނެ ކަމަށް ވަޢުދުވެފައިވާ ކަމަށް ވެސް ސީއެންއެންގެ މި ރިޕޯޓް ބުންޏެވެ.

އޯޕެކް ޕްލަސް އިން ނިންމައިފައި ވަނީ މި އަންނަ ނޮވެންބަރު މަހުން ފެށިގެން އެ ޤައުމުތަކުން އުފައްދާ ތެލުން ދުވާލަކު ދެ މިލިއަން ފީފާގެ ތެޔޮ މަދު ކުރުމަށެވެ. ސީއެންއެން ބުނާގޮތުގައި ތެޔޮ އުފެއްދުން މަދުކުރުމަށް އެއްބަސްވުމަކީ ރައީސް ޕޫޓިނަށް ލިބވަޑައިގެން ކާމިޔާބީއެކެވެ. މެދުއިރުމަތީގައި ރަޝިޔާގެ މަޤްބޫލުކަން ބޮޑުވަމުންދާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *