...

Support Us

ޔުކްރޭނުގެ ޒަބަރޯޖިޔާ ނިޔުކްލިއަރ އިސްޓޭޝަން ރަޝިޔާގެ މިލްކަކަށް ހަދައިފި

ޔުކްރޭނުގެ ޒަބަރޯޖިޔާގެ ނިޔުކްލިޔަރ އިސްޓޭޝަން ރަޝިޔާގެ މިލްކިއްޔާތަކަށް ހެދުމަށް އަމުރުކުރައްވާ ރައީސް ޕޫޓިން ރިޔާސީ އަމުރެއް ރޭ ނެރުއްވައިފިއެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ އިންޓަރނެޓް ޞަފްޙާ ބުނާގޮތުގައި ޒަބަރޯޖިޔާ ނިޔްކްލިޔަރ އިސްޓޭޝަން ހިންގުމާ ބެހޭ ހުއްދަތައް މީގެ ފަހުން ދޭނީ ރަޝިޔާ ސަރުކާރުންނެވެ. މި ޚަބަރު ބުނާގޮތުގައި ރައީސް ޕޫޓިންގެ މި އަމުރު ރަޝިޔާ ސަރުކާރުން ތަންފީޒު ކުރާން ފަށާނެއެވެ.

ޒަބަރޯޖިޔާ ނިޔުކްލިއަރ އިސްޓޭޝަނަކީ ޔޫރަޕްގައި ހުރި އެންމެ ބޮޑު ނިޔްކްލިއަރ އިސްޓޭޝަނެވެ. ރަޝިޔާއިން މި ތަން ހިފީ މި ދިޔަ މާރިޗު މަހުގެ ތެރޭގައެވެ. މި އިސްޓޭޝަނުގައި ހުންނަ ހަ ރިއެކްޓަރުގެ ތެރެއިން އެއް ތަނުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ޒައްރީ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީން ބުނެއެވެ.

މީގެ ދެ ދުވަސްކުރިން ރަޝިޔާއިން ވަނީ ޔުކްރޭނުގެ ހަތަރު ސަރަޙައްދެއް އެ ޤައުމުގެ އިއްތިޙާދަށް ވައްދައިފައެވެ. މި ހަތަރު ސަރަޙައްދު ރޫސީ އިއްތިޙާދަށް ވެއްދީ އެ ތަންތާނގެ ރައްޔިތުން ދިން ވޯޓުގައި ރަޝިޔާއާ ގުޅުމަށް އެދުމުންނެވެ. ޔުކްރޭނާއި ހުޅަނގުން މި ކަން ވަނީ ކުށްވެރިކޮށްފައެވެ.އެމެރިކާ ބުނާގޮތުގައި އެ ޤައުމުން އެ ކަން ބަލައެއް ނުގަންނާނެއެވެ.

ޔުކްރޭންގެ ވެރިރަށް ކައިރިއަށް ރަޝިޔާގެ ޙަމަލާތަކެއް

އަނެއްކޮޅުން ޔުކްރޭން ބުނާގޮތުގައި ރަޝިޔާގެ ޑްރޯންތަކުން ވެރިރަށް ކިޔީވް ކައިރީގައި އޮންނަ ރަށަކަށް ރޭ ޙަމަލާތަކެއް ދީފިއެވެ. ކިޔީވް ސަރަޙައްދުގެ ގަވަރނަރު އޮލަކްސީ ކޮލީބާ ވިދާޅުވާ ގޮތުގައި މި ޙަމަލާ ދިނުމުގައި ހަ ޑްރޯނެއް ބައިވެރިވިއެވެ. ޔުކްރޭން ބުނާގޮތުގައި މިއީ އީރާނުން ރަޝިޔާއަށް ވިއްކައިފައިވާ ޑްރޯންތަކެކެވެ. މި ޑްރޯނަށް "ޖާނުން ފިދާވާ ޑްރޯން" އޭ ކިޔެއެވެ. މި ޙަމަލާ ދީފައިވަނީ ކިޔީވްގެ ދެކުނުގައި 75 ކީލޯމީޓަރު ދުރުގައި އޮންނަ ރަށަކަށެވެ. ކޮލީބާ ހާމަކުރެއްވި ގޮތުގައި މި ޑްރޯންތައް ފޮނުވައިލައިފާ ވަނީ ޔުކްރޭންގެ ދެކުނުން ރަޝިޔާ ހިފައިފައިވާ ސަރޙައްދުގެ ތެރެއިންނެވެ.

އީރާނުން ރަޝިޔާއަށް ޑްރޯން ވިއްކައިފައިނުވާނެ ކަމަށް ޠަހަރާނުން ބުނެއެވެ. މި ކަމާ ބެހޭގޮތުން ހުޅަނގުން އެއްޗެއް ނުބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *