އެމެރިކާގެ ތާރީޚުގައި އެ ޤައުމުގެ ދަރަނީގެ މިންވަރު 31 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް ފުރަތަމަ ފަހަރަށް ހިނގައްޖެއެވެ.
އެމެރިކާގެ ޚަޒާނާއާ ބެހޭ ވުޒާރާ (މާލީ ވުޒާރާ) އިން މިއަދު ނެރުނު ބަޔާން ބުނާގޮތުގައި މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން އެމެރިކާގެ ދަރަނި ވަނީ 31 ޓްރިލިއަން 123 ބިލިއަން 887 މިލިއަން 781 ހާސް 401 ޑޮލަރު 34 ސެންޓަށް އިތުރު ވެފައެވެ. މި ވުޒާރާ ބުނާގޮތުގައި މި ދަރަނީގެ ތެރޭގައި ހިމެނޭ ބޮޑު ބަޔަކީ ފަރްދީ ދަރަނިތަކެކެވެ. ފަރްދުންގެ ދަރަނިތަކުގެ މިންވަރަކީ 24 ޓްރިލިއަން ޑޮލަރެވެ. އެމެރިކާ ސަރުކާރުގެ ބޭރުގެ ދަރަނީގެ މިންވަރަކީ ހަތް ޓްރިއަން ޑޮލަރެވެ.
މި ދިޔަ ޑިސެންބަރު މަހު އެމެރިކާގެ ޤައުމީ ދަރަނީގެ ޙައްދު 2.5 ޓްރިލިއަނަށް މަތި ކުރުމަށް ހުއްދަދޭ ޤާނޫނުގައި ރައީސް ބައިޑްން ވަނީ ސޮއިކުރައްވައިފައެވެ. އެމެރިކާގެ ދަރަނީގެ މިންވަރު 31 ޓްރިލިއަނަށްވުރެ މައްޗަށް ދިޔައީ މި ކަމުގެ ސަބަބުންނެވެ.



advertisment