Support Us

ޔުކްރޭންގެ ރައީސް ޒިލެންސްކީ އާއި ރަޝިޔާގެ ރައީސް ޕޫޓިން (ވ)

ޕޫޓިނާއެކު ޞުލްޙައިގެ ވާހަކަ ދައްކަވަން ޒިލެންސްކީ ދެކޮޅު

ރަޝިޔާގެ ރައީސް ވްލެޑްމީރު ޕޫޓިނާއެކު ޞުލްޙައާ ބެހޭގޮތުން ވާހަކަދެއްކުން މަނާކުރާ ރިޔާސީ ޤަރާރެއް ޔުކްރޭންގެ ރައީސް ވްލެޑިމީރު ޒިލެންސްކީ މިއަދު ނެރުއްވައިފިއެވެ. 

    ޔުކްރޭނުގެ ހަތަރު ސަރަޙައްދެއް ރޫސީ އިއްތިޙާދުގެ ބައެއް ކަމުގައި ޕޫޓިން ހެއްދެވުމާ ވިދިގެން ޔުކްރޭނާއި ހުޅަނގު ވަނީ މި ކަން ކުށްވެރިކޮށް އެއީ "ހެއްވާކަމެއް" ކަމުގައި ބުނެފައެވެ. ޒިލެންސްކީ މިއަދު ނެރުއްވި ޤަރާރަކީ މިކަމާ ގުޅުން ހުރި ކަމެއް ކަމަށް ރިޕޯޓަރުން ބުނެއެވެ. 

    ޒިލެންސްކީގެ ޤަރާރުގައި އައިސްފައި ވެއެވެ. "ރޫސީ އިއްތިޙާދުގެ ރައީސް ވްލެޑިމީރު ޕޫޓިނާއެކު ވާހަކަދެއްކުންތައް ބޭއްވުމަކީ މުސްތަޙީލު ކަމެކެވެ." 

ޒޔުކްރޭންގެ ދިފާޢާއި އަމްނާ ބެހޭ ބައްދަލުވުމެއްގައި މި ހުސްވި މަހުގެ ފަހު ދުވަހު ޒިލެންސްކީ ވިދާޅުވި ކަމަށް އިނގިރޭސިވިލާތުގެ ގާރޑިއަން ދުވަހުގައި އައިސްފައި ވެއެވެ. "ޕޫޓިނަކީ ތެދުވެރިކަމެއް، ކަރާމަތްތެރިކަމެއް ދަންނަ މީހެއްނޫނެވެ." 

ޒިލެންސްކީ އިތުރަށް ވިދާޅުވިއެވެ. "އަހުރެމެންނަށް ވާހަކަ ދެއްކޭނީ އެހެން ރައީސަކާއެކުގައެވެ." 

ރޫސީ އިއްތިޙާދުގެ މަޖިލީހުން އިއްޔެ ވަނީ ޔުކްރޭނުން ރަޝިޔާ ހިފައިފައިވާ ހަތަރު ސަރަޙައްދު ރޫސީ އިއްތިޙާދުގެ ބަޔަކަށް ހެދުމަށް އެއްބަސްވެފައެވެ. މި ހަތަރު ސަރަޙައްދު ރޫސީ އިއްތިޙާދުގައި ބައިވެރިކުރީ އެ ސަރަޙައްދުތަކުގެ ރައްޔިތުން އެކަމަށް އެދި ވޯޓު ދިނުމުންނެވެ. މި ފެންނަނުފެންނަ ވޯޓުގައި 98% މީހުން ރަޝިޔާއާ ގުޅުމަށް އާނއެކޭ ބުނެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޔުކްރޭންގެ ރައީސްގެ މި ޤަރާރަށް ރައްދު ދީ ކްރެމްލިނުން ނެރުނު ބަޔާނެއް ބުނާގޮތުގައި "ޞުލްޙަޔާ ބެހޭ ވާހަކަދެއްކުންތަކާ ކިޔީވް ދުރުހެލިވާނަމަ ޔުކްރޭންގައި ރަޝިޔާއިން ހިންގަމުންދާ ޢަސްކަރީ ޚާއްޞަ ޢަމަލުތަކަށް ހުއްޓުމެއް ނާންނާނެއެވެ." ރަޝިޔާއިން އިތުރަށް ބުންޏެވެ. "ވާހަކަދެއްކޭނީ ދެ ފަރާތެއްގެ ދެމެދުގައެވެ."

    ކްރެމްލިންގެ ތަރްޖަމާނު ބިސްކޯވް ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ. "ޔުކްރޭނުގެ މިހާރުގެ ރައީސް އޭނާގެ ސިޔާސަތު ބަދަލު ކުރައްވާ ދުވަހަކަށް އަހުރެމެން އިންތިޒާރު ކުރާނަމެވެ. ނުވަތަ ޔުކްރޭންގެ ރައްޔިތުންގެ މަޞްލަޙަތާ އެއްގޮތަށް އައު ރައީސަކު ވަޑައިގެން  ސިޔާސަތު ބަދަލު ކުރައްވާ ދުވަހަކަށް މަޑުކުރާނަމެވެ." 

މި ހަފުތާގައި 70 އަހަރުފުޅު ފުރޭ ޕޫޓިނަށް ރަޝިޔާގެ ރައީސްކަމުގައި އިތުރު ދެ ދައުރު ހުންނެވިދާނެއެވެ. އެހެންކަމުން  ޕޫޓިނަށް 2036އާ ހަމައަށް ވެރިކަމުގައި ހުންނެވުމުގެ ފުރްޞަތު އެބަ އޮތެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *