Support Us

އެމެރިކާއިން ސައިޕްރަހަށް ހަތިޔާރު ދިނުމަކީ ރައްދުނުދީ ތިބެވޭނެ ކަމެއްނޫން: އުރްދުޣާން

ސައިޕްރަހަށް ހަތިޔާރު ދިނުން މަނާކުރާ އދ ގެ ޤަރާރާ ޚިލާފަށް އެމެރިކާއިން އެ ޤައުމަށް ހަތިޔާރު ދޭދިނުމަކީ "ރައްދުނުދީ ތިބެވޭނެ ކަމެއް ނޫން ކަމަށް" ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން މިއަދު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން ބުނާގޮތުގައި ޚާރިޖީ ވަޒީރު ބްލެންކެން ވަނީ މި އަންނަ އަހަރުން ފެށިގެން ސައިޕްރަހާއެކު ކުރަމުން ދިޔަ ދިފާޢީ ވިޔަފާރިތައް މަނާކުރާ ހުރަސްތައް ނައްތައިލުމަށް އަމުރުކުރައްވައިފައެވެ. ސައިޕްރަހަކީ ދެ ބައި ވެފައިވާ ޤައުމެކެވެ. އުތުރުބަޔަކީ ސައިޕްރަސްގައި އުޅޭ ތުރްކީ މީހުން ދިރިއުޅޭ ބައެވެ. ދެކުނު ބަޔަކީ ގްރީކު މީހުން ދިރިއުޅޭ ބައެވެ. ތުރްކީން ނޫން އެހެން ޤައުމުތައް ޤަބޫލު ކުރަނީ ދެކުނު ބައެވެ. ތުރްކީގައި އޮތް ޑިމޮކްރަސީ ސަރުކާރު ވައްޓައލައި ގްރީކްގެ އެހީގައި ގެނައި އިންޤިލާބުގެ ސަބަބުން ސައިޕްރަސްގެ ތުރްކީ މުސްލިމުންގެ ޙައްޤުތައް ގެއްލުމާވިދިގެން ތުރްކީން ވަނީ އެ ރަށުގެ އުތުރުބައި ހިފައި މުސްލިމުންނަށް މިނިވަން ޤައުމެއް ހަދައިދީފައެވެ.

އެމެރިކާއިން ސައިޕްރަހަށް ހަތިޔާރުދޭން ނިންމުމުން ރައީސް އުރްދުޣާން ވަނީ އެކަމާމެދު ވަރަށް ނުރުހުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވިއެވެ. "މި ފިޔަވަޅަށް އަހުރެމެން ރައްދު ނުދީ ނުތިބޭނަމެވެ. ތުރްކީ ސައިޕްރަސް މީހުންގެ އަމްނު ރައްކައުތެރިކޮށް ދިނުމަށް ޓަކައި ހުރިހައި ފިޔަވަޅުތަކެއް އަހުރެމެން އަޅާނަމެވެ."

އުރްދުޣާން މި ކަމަށް އިޝާރާތްކުރައްވާ ގޮތުގައި ވިދާޅުވާ ގޮތުގައި "ވަގުތަށް ބެއްޔަސް އަދި މަސްއަލައަށް ބެއްޔަސް އެމެރިކާގެ މި ފިޔަވަޅަށް އެއްވެސް ބަހަނާއެއް ނެތެވެ."

އުރްދުޣާން ވިދާޅުވިއެވެ. "ގްރީކް ސައިޕްރަސް މީހުން އިރުމަތީ މެޑިޓެރޭނިއަން ކަނޑުގެ އަމްނާއި ހަމަޖެހުން ގަޑުބަޑު ކުރަމުންދާގޮތާމެދު ލޯމަރަނީ ކީއްވެގެން ބާވައެވެ. އެކަމަށް އެމެރިކާއިން ހިތްވަރު ދިނުމުގެ ސަބަބުން މި ޖަޒީރާގައި ހަތިޔާރުގެ ވާދަވެރިކަމުގެ ރޭހެއް ފެށިއްޖެއެވެ."

އުރްދުޣާން ވިދާޅުވިއެވެ. "އަހުރެމެން ކުޅި ބަލާން ތިބެންވީ ހެއްޔެވެ؟ އެހެނެއް ނުތިބެވޭނެއެވެ." އޭނާ ވިދާޅުވިއެވެ. "ސައިޕްރަސްގައި އަހުރެމެންގެ 49 ހާސް ސިފައިން އެބަތިއްބެވެ. އެއްގަނމާއި ކަނޑާއި ވައިގެ ހަތިޔާރުން އެމީހުންނަށް ތުރްކީން ބާރުގަދަކުރުވާނެއެވެ."

ތުރްކީގެ އިންޒާރު

އުރްދުޣާން ވިދާޅުވިއެވެ. "އަހުރެމެންގެ ޚާރިޖިއްޔާ މެދުވެރިކޮށް އެމެރިކާއަށާއި ގްރީހަށް ވާނީ މިކަމާބެހޭގޮތުން އިންޒާރު ދީފައެވެ. އެމެރިކާއިން މި މަހު 17ވަނަ ދުވަހު ނިންމި ނިންމުން ވާނީ އދ ށް ވެސް އަންގައިފައެވެ. އދ ގެ ޤަރާރާ ވޮޝިންގްޓަނުން ޚިލާފުވާތީއެވެ."

އުރްދުޣާން ވިދާޅުވިއެވެ. "އެމެރިކާއިން ގްރީސް ކަތިފިޔަވަޅެއް އަޅަން ކޮއްޕާނުލާނެ ކަމަށް ތުރްކީ އުންމީދު ކުރެއެވެ. ބައިނަލްއަޤްވާމީ ރައުޔާ ކުޅުމަށް ދޫކޮށް ނުލާނެ ކަމަށް ހީކުރަމެވެ."

ނޭޓޯގެ މެންބަރުންނާމެދު އިންސާފުވެރިކަމާއެކު މުޢާމަލާތު ކުރުމަށް އުރްދުޣާން ވޮޝިންގްޓަނަށް ބާރުލައްވައިފާ ގޮވައިލެއްވިއެވެ.

އޭނާ ވިދާޅުވިއެވެ. "ނޭޓޯގައި ތުރްކީގެ މަޤާމާ ގްރީސްގެ މަޤާމާމެދު އަޅައިނުބެލޭނެއެވެ. ތުރްކީގެ ލަޝްކަރަކީ ނޭޓޯގައި ފަސްވަނައަށް އެންމެ އިސް ލަޝްކަރެވެ. ހޭދަކުރުމަށް ބެއްޔަސް އެއްގަމުގެ ބާރަށް ބެއްޔަސް ތުރްކީއާ އެކު ގްރީސާއެކު ފައިހަމަކޮށެއް ނުލެވޭނެއެވެ."

އެމެރިކާއިން މެޑެއްލީ ޖަޒީރާއަށާއި ސިސޭމް ޖަޒީރާއަށް ފޮނުވަމުންދާ ހަތިޔާރާއި ޢަސްކަރީ އުޅަނދުތަކަކީ ބަލައިގަނެވޭ ވަރަށްވުރެ މާ ގިނަ ހަތިޔާރުތަކެކެވެ. ރައީސް އުރްދުޣާން ހާމަކުރެއްވި ގޮތުގައި ތުރްކީންގެ ޑްރޯންތަކުން ދަނީ އެމެރިކާއިން ދީފައިވާ ހުރިހާ ހަތިޔާރުތަކަށް ކަޅިއަޅައި އެ އެއްޗެހި ހުރި ތަންތަން ފާހަގަ ކުރަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ގްރީސްގައި ހުރި މި ހަތިޔާރުތަކަކީ ތުރްކީގެ އަމްނަށާއި ސަލާމަތަށް ބިރުހުރި ހަތިޔާރުތަކެކެވެ. އެމެރިކާއިން އެ ހަތިޔާރުތައް ގްރީސަށް ދެމުންދަނީ ރަޝިޔާއާ ދެކޮޅަށް ބޭނުންކުރަން ޖެހިދާނެ ކަމަށް ބުނެއެވެ.

ތުރްކީ ބުނާގޮތުގައި ގްރީހުން ވަނީ މި މަހު 18 އާއި 21 ވަނަ ދުވަހު މެޑެއްލީ ޖަޒީރާއަށް އާޓިލަރީ 23 އުޅަނދު ފޮނުވައިފައެވެ. އަދި ސިސެމް ޖަޒީރާއަށް ވަނީ 18 އުޅަނދު ފޮނުވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *