...

Support Us

ތުރްކީއާއި އިސްރާއީލާ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމު ކުރަނީ

އިސްރާއީލުގެ ބޮޑުވަޒީރު ޔާއީރު ލެޕިޑް ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުގާނާ މިއަދު ފޯނުން ގުޅުއްވުމަށްފަހު އެ ދެ ޤައުމުގެ ސަފީރުން އިޢާދަ ކުރުމަށް އެއްބަސްވެ ވަޑައިގަންނަވައިފިއެވެ.

މި ފޯނު ކޯލަށްފަހު އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ. "ބޮޑުވަޒީރު ޔާއީރު ލެޕިޑާއި ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުގާނާ ދެމެދުގައި މިއަދު ބޭއްވުނު ފޯނު ކޯލާ ވިދިގެން އެ ދެ ޤައުމުގެ ސަފީރުންނާއި ކޮންސްލޭޓު ޖެނެރަލުން އަލުން އިސްރާއީލަށާއި ތުރްކީއަށް ފޮނުވަން ނިންމަވައިފިއެވެ."

މި ބަޔާނުގައި އައިސްފައި ވެއެވެ. "ތުރްކީއާއެކު ގުޅުންތައް އަލުން އައު ކުރުމަކީ ސަރަޙައްދީ ހަމަޖެހުމަށް ވަރަށް މުހިއްމު ކަމެކެވެ. އަދި އެއީ އިސްރާއީލު މީހުންނަށް ލިބިގެންދާ އިޤްތިޞާދީ އުފާވެރި ޚަބަރެކެވެ. މި ގުޅުމުގެ ސަބަބުން ދުނިޔޭގައި އިސްރާއީލުގެ މަޤާމު ހަރުދަނާވެގެން ވެސް ދާނެއެވެ."

އިސްރާއީލުން ބުނާގޮތުގައި ޑިޕްލޮމެޓިކް ގުޅުންތައް މަތިކުރުމަށް އިސްރާއީލާއި ތުރްކީން އެއްބަސްވީ އިސްރާއީލުގެ ބޮޑުވަޒީރު ލެޕިޑް މިދާކަށް ދުވަހު އަންކަރާއަށް ކުރެއްވި ދަތުރުފުޅުގައި ތުރްކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވޫޝް އޮގްލޫއާ ބައްދަލުކުރައްވާ ބޭއްވެވި ވާހަކަދެއްކުންތަކުގައެވެ. އިސްރާއީލު ބުނާގޮތުގައި މިއީ ވޭތުވެ ދިޔަ އަހަރު އިސްރާއީލާއި ތުރްކީގެ ގުޅުންތަކަށް އައި ހެޔޮ ބަދަލުތަކުގެ ނަތީޖާއެކެވެ.

އިސްރާއީލު– ތުރްކީ ގުޅުމާ ބެހޭގޮތުން މި އައި ތަރައްޤީއަށްފަހު ތުރްކީގެ ޚާރިޖީ ވަޒީރު އޮގްލޫ ވިދާޅުވި ގޮތުގައި "އެހެނަސް ފަލަސްޠީނުގެ ޙައްޤުތައް ދިފާޢު ކުރުމަށް އަހުރެމެން މަސައްކަތް ކުރާނަމެވެ."

ތުރްކީގެ ޚާރިޖީ ވަޒީރު ނޫސްވެރީންނަށް ހާމަ ކުރެއްވި ގޮތުގައި ސަފީރަކަށް ފޮނުވާނެ ބޭފުޅެއް އަދި ކަނޑައެއް ނޭޅެއެވެ. މި ސަފީރު ހުންނަވާނީ ތައްލު އަބީބުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިކަމަށް މަރްޙަބާ ވިދާޅުވަމުން އިސްރާއީލުގެ ރައީސް އިސްޙާޤު ހާޓްސަގް ކުރެއްވި ޓްވީޓް ބުނާގޮތުގައި އިސްރާއީލު- ތުރްކީ ގުޅުން ބަދަހިވެގެން ދިޔުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ކަމުގެ ސަބަބުން އިޤްތިޞާދީ މައިދާނުގައްޔާއި ފަތުރުވެރިކަމުގެ މައިދާނުގައި ގުޅުންތައް ބަދަހިވެގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *