...

Support Us

ރަޝިޔާގެ އެކުވެރީންނަށް އެންމެ ޒަމާނީ ހަތިޔާރު ދޭނަން: ޕޫޓިން

ރަޝިޔާގެ އެކުވެރީންނަށް އެންމެ ޒަމާނީ ހަތިޔާރު ދިނުމަށް ރަޝިޔާ ތައްޔާރަށް އޮތްކަމަށް ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި ލެޓިން އެމެރިކާއާއި އޭޝިޔާއާއި އެފްރިކާގައި މޮސްކޯއާ އެކުވެރި އެތައް ޤައުމުތަކެއް އެބަ އޮތެވެ.

ލަޝްކަރީ ފަންނިއްޔާތާ ބެހޭ ބައިނަލްއަޤްވާމީ 2022ގެ މަހާ ސިންތާ ހުޅުއްވާ ދެއްވަމުން ޕޫޓިން ވިދާޅުވިއެވެ. "އަހުރެމެންނާ އެކުވެރި ޤައުމުތަކަށް އެންމެ ޒަމާނީ ތަފާތު ހަތިޔާރުތައް ދިނުމަށް އަހުރެމެން މިތިބީ ތައްޔާރަށެވެ. ކުދި ހަތިޔާރުތަކާއި ބޮޑެތި ބަރު ހަތިޔާރުތަކެވެ. ބަޑިއާއި ހަނގުރާމަމަތީ މަތިންދާބޯޓުފަހަރާއި ޑްރޯނާއި ދިފާޢީ ނިޒާމުތަކެވެ."

ޕޫޓިން ހާމަކުރެއްވި ގޮތުގައި މި މަހާ ސިންތާގެ ސަބަބުން ޞިނާޢީ ވިސްނުންތޫނުކަމަށާއި ސައެންސީ މަދަރުސާތަކަށާއި އީޖާދީ މަރްކަޒުތަކަށް ޒިޔާރަތްކޮށް ދެނެގަތުމުގެ ފުރްޞަތު ތަނަވަސްވެގެން ދާނެއެވެ.

ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި މި މަހާސިންތާގައި 80 ދައުލަތަކުން ބައިވެރިވެއެވެ.

ހަތިޔާރު ވިއްކުމުގެ ބާޒާރެއް

ރޫސީ ދިފާޢީ ވަޒީރު ސަރގީ ޝުވިގޯ ހާމަކުރެއްވި ގޮތުގައި މި މަހާސިންތާގެ ހަވާސާ މަތީގައި 36 ޤައުމަކާއެކު ހަތިޔާރު ވިއްކުމުގެ އެތައް ޢަޤްދުތަކެއް ހެދިއްޖެއެވެ. މި ޢަޤްދުތަކުގެ ސަބަބުން 8.5 ބިލިއަން ޑޮލަރުގެ ހަތިޔާރު ރަޝިޔާ އަތުން މި ޤައުމުތައް ގަންނާނެއެވެ.

ޔުކްރޭން ހަނގުރާމަޔާ ހެދި ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ވިދިގެން މި ފިޔަވަޅުތަކަށް ރައްދު ދިނުމަށް ޓަކައި މޮސްކޯއިން ވެސް ދަނީ ތަފާތު މައިދާންތަކުގައި ފިޔަވަޅުތައް އަޅަމުންނެވެ. ރަޝިޔާ ކުށްވެރިކުރުމުގައި ހުޅަނގާއެކު ބައިވެރި ނުވާ ލެޓިން އެމެރިކާއާއި އޭޝިޔާއާއި އެފްރިކާގެ ޤައުމުތަކާއެކު މޮސްކޯއިން ދަނީ ސިޔާސީ ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް ވަރުގަދަ ކުރަމުންނެވެ.

މީގެ ދެ ހަފުތާ ކުރިން ރަޝިޔާގެ ކަނޑުގެ ފްލީޓުގެ ދުވަސް ފާހަގަކުރި މި އިޙްތިފާލުގައި ރައީސް ޕޫޓިން ވަނީ ރަޝިޔާގެ ކަނޑުގެ ޢަޤީދާއާއި ރަޝީޔާގެ ޢަސްކަރީ ފްލީޓްގެ ޗާޓަރު އިޢުލާން ކުރައްވައިފައެވެ.

ސެންޓް ޕީޓާރސްބަރްގްގައި ބޭއްވުނު މި އިޙްތިފާލުގައި ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި އަޑަށްވުރެ މާ ބާރަށް ދަތުރު ކުރާ ރަޝިޔާގެ ޓްސަރކަން (Tsirkon) މިސައިލް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ޚިދްމަތަށް ނެރެވޭނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ރަޝިޔާގެ ޢަސްކަރީ އައު ޢަޤީދާއާ އެއްގޮތަށް ރަޝިޔާއިން ނުފޫޒީ އައު ސަރަޙައްދުތަކެއް ބިނާކުރާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *