...

Support Us

ކޮންގްރެސްގެ ވަފްދެއް ތައިވާނަށް ދިޔުމަކީ ޗައިނާގެ ސިޔާދަތު ފޫއަޅުވައިލުމެއް: ޗައިނާ

ޗައިނާގެ ސަރަޙައްދެއް ކަމަށް ވާތީ އެމެރިކާގެ ކޮންގްރެސްގެ ވަފްދެއް ތައިވާނަށް ޒިޔާރަތްކުރުމަކީ ޗައިނާގެ ސިޔާދަތު ފޫއަޅުވައިލުންކަމަށް ޗައިނާއިން ބުނެ ތައިވާން ކައިރީގައި ޗައިނާއިން ޢަސްކަރީ ތަމްރީނުތަކެއް މިއަދު ފަށައިފިއެވެ.

އެމެރިކާގެ ކޮންގްރެސް ގެ ވަފްދު ތައިވާނަށް ދިޔައީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. މި ވަފްދުގެ ރައީސަކީ ސެނެޓަރު އެޑް މާރކީ އެވެ. މިއީ އޮގަސްޓްމަހުގެ ކުރީކޮޅު އެމެރިކާގެ ހައުސްގެ ރައީސާ ނެންސީ ޕެލޫސީ ތައިވާނަށް ވަޑައިގެންނެވި ފަހުން ތައިވާނަށް ޒިޔާރަތް ކުރާ އެމެރިކާގެ ދެވަނަ ވަފްދެވެ. ޕެލޫސީގެ ދަތުރުފުޅާ ވިދިގެން ޗައިނާއިން ޢަސްކަރީ ތަމްރީނުތަކެއް ތައިވާނުގެ ވަށައިގެން ބޭއްވިއެވެ.

ޗައިނާގެ އިރުމަތީ ސަރަޙައްދުގެ ސިފައިންގެ އިދާރާ ބުނާގޮތުގައި އެމީހުން މިއަދު ވަނީ ތައިވާނުގެ ވަށައިގެން ކަނޑާއި ވައިގެ ހަނގުރާމަމަތީ ތަމްރީނުތަކެއް ފަށައިފައެވެ.

ޗައިނާގެ އިރުމަތީ ސަރަޙައްދުގެ ޢަސްކަރިއްޔާގެ އިދާރާއިން ހާމަކުރި ގޮތުގައި "އެމެރިކާއިން ދަނީ ސިޔާސީ ޙީލަތާއި މަކަރުގެ ކުޅިގަނޑެއް ކުޅެމުންނެވެ. މި ކަމުގެ ސަބަބުން ތައިވާން ކަނޑުއޮޅީގެ އަމްނާއި ސަލާމަތް މިހާރު ވަނީ ނުރައްކަލަށް ހާސާ ވެފައެވެ. ޗައިނާއިން އަޅަމުންދާ މި ފިޔަވަޅަކީ އެމެރިކާއަށާއި ތައިވާނަށް ދޭ މައިތިރި ރައްދެކެވެ."

ޗައިނާގެ ދިފާޢީ ވުޒާރާއިން ވަކިން ނެރުނު ބަޔާން ބުނާގޮތުގައި "އެމެރިކާގެ ކޮންގްރެސްގެ ވަފްދެއް ތައިވާނަށް ޒިޔާރަތްކުރުމަކީ ޗައިނާގެ ސިޔާދަތާއި ބިމުގެ އެއްބައިވަންތަކަމަށް އަރައިގަތުމެކެވެ." އެ ބަޔާން ބުންޏެވެ. "މި ޒިޔާރަތުން އެމެރިކާގެ ޙަޤީޤީ މޫނު ހާމަވެ ބޭޒާރުވެގެން ހިނގައްޖެއެވެ."

މި ބަޔާން ސާފުކޮށް ބުނިގޮތުގައި "ޗައިނާގެ ރައްޔިތުންގެ ލަޝްކަރުން ހަނގުރާމައިގެ ތަމްރީނުތަކާއި ހަނގުރާމައަށް ތައްޔާރުވުމުގެ ޢަމަލުތައް ކުރިއަށް ގެންދާނެއެވެ. ޗައިނާގެ ޤައުމީ ސިޔާދަތާއި ބިމުގެ އެއްބައިވަންތަކަން ދިފާޢު ކުރުމަށް ޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެއެވެ. ތައިވާނު މިނިވަން ކުރުމަށް ޓަކައި ރަވާ ރޭވުންތައް ޗިސްޗިސްކޮށްލާނެއެވެ."

ޗައިނާ ދެކެ ބިރެއް ނުގަނޭ

އަނެއްކޮޅުން ތައިވާނުގެ ބޮޑުވަޒީރު ސޫ ޓްސިންގް ވިދާޅުވާ ގޮތުގައި "އަހުރެމެންގެ ރަޙްމަތްތެރީން ކުރާ ޒިޔާރަތްތަކާ ވިދިގެން ޗައިނާއިން އަޅާ ފިޔަވަޅުތަކަށް އަހުރެމެން ޖެހިލުމެއް ނުވާނެއެވެ."
އޭނާ ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވިގޮތުގައި ތައިވާނުގެ އަވަށްޓެރިޔާއަކީ "ވަރަށް ނުބައި" އަވަށްޓެރިއެކެވެ. މި އަވަށްޓެރިޔާ އަހުރެމެންގެ ރަޙްމަތްތެރީން އަހުރެމެން ގާތަށް އައުން މަނާކުރުމަށް މަސައްކަތް ކުރިއަސް އެކަމެއް ނުކުރެވޭނެއެވެ."

ތައިވާނުގައި ހުންނަ އެމެރިކާ އެންބެސީ ބުނާގޮތުގައި ކޮންގްރެސްގެ ވަފްދުގައި ހިމެނެނީ ހަތަރު ބޭފުޅުންނެވެ. އެމެރިކާ އެންބެސީން ބުނިގޮތުގައި މިއީ އެބޭފުޅުން ޕެސިފިކް ކަނޑަށާއި އިންޑިޔާގެ ކަނޑުގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.