Support Us

ތައިވާން ކަނޑުއޮޅިތެރޭގައި "ވަޔާއި ކަނޑު ހުރަސްކުރުމުގެ ޢަމަލުތަކެއް" އެމެރިކާއިން ހިންގަނީ

ތައިވާން ކަނޑުއޮޅިތެރޭގައި އެމެރިކާއިން "ވަޔާއި ކަނޑު ހުރަސްކުރުމުގެ ޢަމަލުތަކެއް" ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ތަންފީޒު ކުރާނެ ކަމަށް އެމެރިކާގެ މަސްއޫލުވެރިއަކު ހާމަކުރައްވައިފިއެވެ.

އެމެރިކާގެ ރައީސްގެ އޭޝިޔާއާ ބެހޭ މުޝީރު ކޯޓް ކެމްބަލް ވިދާޅުވި ގޮތުގައި ބައިނަލްއަޤްވާމީ ޤާނޫނު ހުއްދަދޭ މިންވަރުގެ ތެރޭގައި އެމެރިކާގެ ޢަސްކަރީ ބާރުތަކުން ތައިވާނު ކަނޑުއޮޅި މަތީގައްޔާއި އެ ކަނޑުއޮޅީގެ ފެނުގެ ސަރަޙައްދު ތެރޭގައި ޢަސްކަރީ ޢަމަލުތަކެއް ބާއްވަން ފަށާނެއެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި "ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ތައިވާން ކަނޑުއޮޅިތެރޭގައި އެމެރިކާގެ ބާރުތަކުން ކަނޑާއި ވައިގެ އެތައް ހުރަސްކުރުންތަކެއް ބާއްވާނެއެވެ."

މި "ހުރަސް ކުރުމުގެ" ޠަބީޢަތާއި އެކަމުގެ ވަގުތާ ބެހޭގޮތުން އޭނާ އެއްޗެއް ވިދާޅެއް ނުވެއެވެ.

އެމެރިކާއިން މި ކަން އިޢުލާންކުރުމާ ވިދިގެން ތައިވާނުން މިއަދު އެކަމަށް މަރްޙަބާ ކިޔެއެވެ. ތައިވާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވި ގޮތުގައި އެމެރިކާގެ މި ފިޔަވަޅަށް ތައިޕޭ ވަރަށް ބޮޑަށް ޝުކުރު އަދާކުރެއެވެ. އެއީ އެ ކަނޑުއޮޅިއާއި އެ ސަރަޙައްދުގެ އަމްނު ރައްކައުތެރިކުރުމަށް ޓަކައި އެމެރިކާއިން އަޅާ ފިޔަވަޅެއް ކަމަށް ތައިވާނުން ބުންޏެވެ.

ކެމްބަލް ވިދާޅުވިއެވެ. "ތައިވާނާ ބެހޭގޮތުން ޗައިނާއިން ކުރަމުންދާ ޖެއްސުންކުރުންތަކަށް އެމެރިކާއިން ރައްދު ދޭނެއެވެ. އެމެރިކާއިން ތައިވާނާއެކު ވިޔަފާރީގެ ގުޅުންތައް ފުޅައުކޮށް ވަރުގަދަ ކުރާނެއެވެ. ވޮޝިންގްޓަނާއި ތައިޕޭއާ ދެމެދުގައި ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމެއް ޤާއިމު ކުރެވޭނެ އެވެ."

އެމެރިކާގެ މި މަސްއޫލުވެރިޔާ ނޫސްވެރީންނާ ބައްދަލުކުރައްވާ ވިދާޅުވި ގޮތުގައި އެމެރިކާގެ ހައުސްގެ ރައީސާ ޕެލޫސީ ތައިވާނަށް ކުރެއްވި ދަތުރުފުޅު ބަހަނާއަކަށް ހަދައިގެން ޗައިނާއިން ދަނީ ތައިވާނުގެ މިހާރުގެ ޙާލަތު ބަދަލުކުރުމަށް ޓަކައި ފިއްތުންތަކެއް ފިއްތަމުންނެވެ. މި ކަމުގެ ސަބަބުން ތައިވާނު ކަނޑުއޮޅީގެ އަމްނާއި ސަލާމަތް ނުރައްކަލަށް ހާސާވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެނަސް ބޭޖިންގާއެކު ގުޅުންތައް ވާޞިލުކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ރައީސުން ބައްދަލު ކުރައްވައިފާނެ

    ކެމްބަލް އިޝާރަތް ކުރެއްވި ގޮތުގައި އެމެރިކާގެ ރައީސް ބައިޑްނާއި ޗައިނާގެ ރައީސް ޝީ ޖިން ޕިންގް ދަނީ ސަމިޓަކަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ. އެ ދެ ރައީސުން މި އަންނަ ނޮވެންބަރު މަހު ބާލީގައި ބޭއްވޭ ޖަމާޢަތް-20 ގެ ބައްދަލުވުމުގެ ހަވާސާމަތީގައި ބައްދަލު ކުރެއްވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމާ ބެހޭގޮތުން އެއްވެސް ތަފްޞީލެއް އަދި އެނގިވަޑައިގަންފައެއް ނުވެއެވެ.

ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި ކޮވިޑްގެ ސަބަބުން ޤައުމުން ބޭރަށް ވަޑައިނުގަންނަވާ ހުންނެވުމަށްފަހު ރައީސް ޝީ މި އަންނަ ނޮވެންބަރު މަހު ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް ޒިޔާރަތް ކުރައްވާން އެބަ ރާއްވަވައެވެ. މި ދަތުރުފުޅުގެ ތެރޭގައި އޭނާ ރައީސް ބައިޑްނާ ބައްދަލު ކުރެއްވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *