...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މުރުތައްދު ސަލްމާން ރުޝްދީ އަށް ހަމަލާދިނުމުން ވީ އުފާ!

ސަލްމާން ރުޝްދީ ނަމަކަށް ކިޔާ އިންޑިއާ މުސްލިމަކު، މީގެ 34 އަހަރު ކުރިން، 26 ސެޕްޓެމްބަރ 1988 ގައި ޝާއިއުކުރި ސެޓަނިކް ވާސާސް ފޮތަކީ ކީރިތި ރަސޫލާ ﷺ އަށް ހަޖޫ ޖަހައި، ކީރިތި ޤުރުއާނަކީ ޝައިތާނާގެ ވަސްވާސްއިން އުފެއްދި އެއްޗެއް ކަމަށް ބުނެ ނެރުނު ފޮތެކެވެ. އެ ދުވަހުން ފެށިގެން ފާއިތުވި 34 އަހަރުތެރޭ، އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްގެން އޭނައަށް ފުލް ސެކިއުރިޓީ ދެމުން އަންނަނީ މުސްލިމުންނަށް އެންމެ ދުއްތުރާ ކުރި އަދުއްވުން ކަމުގައިވާ އިނގިރޭސި ދައުލަތުންނެވެ.

އިނގިރޭސި ދައުލަތަކީ ކަޝްމީރު ބައިބައިކޮށް، މުސްލިމުންނަށް ދުއްތުރާ ޖެއްސި އިސްތިއުމާރީ ޤައުމެވެ. އިނގިރޭސީންނަކީ ފަލަސްތީން ބައިބަޔަށް ކޮށާލައި، އެތަނުން އެއްބައިގައި ޔަހޫދީން ވަޒަންވެރި ކުރުވައި، އިޒްރޭލޭ ކިޔާ ޒައަނިސްޓް ޤައުމު އުފެއްދި ފަރާތެވެ. އެހެންކަމުން ކީރިތި ރަސޫލާ ﷺ އަށް ޖޯކު ޖަހައި، ފުރައްސާރަކޮށް، ﷲ ގެ ކަލާމްފުޅަކީ ޝައިތާނާގެ އުފެއްދުމެއް ކަމަށް ބުނި އިންޑިއާގެ މުރުތައްދަކަށް އިނގިރޭސި ރަށްވެހިކަން ދީ، އޭނާއަށް 24 ގަޑިއިރުގެ ފުލް ސެކިއުރިޓީއާއި ދިރިއުޅުމުގެ ޚަރަދު ދީގެން އިނގިރޭސި ދައުލަތުން އޭނާ ބެލެހެއްޓުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ. ބޭރުފުށުން ކިތައްމެ ޕޮލިޝްއެއް ކޮށް، ކޮމަންވެލްތޭ ކިޔައިގެން ތިންވަނަ ދުނިޔޭގެ ޤައުމުތަކަށް އޮޅުވާލަން އުޅުނަސް އިނގިރޭސީންނަކީ ޒަމާނުއްސުރެ މުސްލިމުން ބައިބައިކޮށް، މުސްލިމުން ބަލިކަށިކުރަން އަސްކަރީ ގޮތުންނާއި އިގްތިސޯދީ ގޮތުން، އަދި ފިކުރީ ގޮތުން މަސައްކަތް ކުރަމުންދިޔަ، އަދި ކުރަމުންދާ ބައެކެވެ. މުސްލިމުންގެ އަދުއްވުންނެވެ.

އިނގިރޭސި ދައުލަތުން 34 އަހަރު ފޮރުވައިގެން، ހިމާޔަތްކޮށްގެން އުޅުނު މުރުތައްދު ހަރުބީ ކާފަރު ސަލްމާން ރުޝްދީ އަށް އިއްޔެ ދިން ވަޅީގެ ހަމަލާ އަކީ ރަމްޒީ ގޮތުން ކޮންމެ މުސްލިމަކު ވަކިވަކިން ދިން ހަމަލާއެކެވެ. އެއީ ހަމަ ހައްޤު ހަމަލާއެކެވެ. އެކަމާ އަޅުގަނޑު އުފާކުރަމެވެ. ޝުކުރުގެ ސަޖިދައެއް ވެސް ޖެހީމެވެ. މިހެން ލިއުމުން ލާދީނީ މީހުންގެ ލޭކެކިއްޖެ ހެއްޔެވެ؟

ސަލްމާން ރުޝްދީ ލިއުނު ނުބައިވެގެންވާ ފޮތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންދައި، އޭނާ މަރަން ގޮވައި، އެފޮތާ ދެކޮޅަށް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މުޒާހަރާ ކުރިއެވެ. އޭނާ މަރާލި މީހަކަށް ތިން މިލިއަނެއްހާ ޑޮލަރުގެ އިނާމެއް ދޭން އީރާނުން އިއުލާންކުރިއެވެ. އެމެރިކާގައި އެފޮތް ނެރުމުން 1989 ވަނަ އަހަރު، ޕާކިސްތާނުގެ އިސްލާމް އާބާދުގައި ހުންނަ އެމެރިކަން ކަލްޗަރަލް ސެންޓަރަށް ހަމަލާދީ ފަސް މީހުން މަރާލިއެވެ. މިފޮތް ޖަޕާނު ބަހަށް ތަރުޖަމާކުރި މީހާ 1989 ވަނަ އަހަރު މަރާލިއެވެ. މުސްލިމުން އެވަރަށް ރުޅިގަދަވެ، ނުރުހިފައިވީ އިރުވެސް، އިނގިރޭސި ދައުލަތުން ސަލްމާން ރުޝްދީ އަށް ހިމާޔަތް ދިނުމުގެ އިތުރުން 2007 ވަނަ އަހަރު އޭނާއަށް، އިނގިރޭސި ރާނީ (ނައިޓް ހުޑް) އިއްޒަތުގެ ޝަރަފެއް އެރުވިއެވެ. އެހެންކަމުން އިނގިރޭސީންނަކީ ހަމަ މުސްލިމުން ބައިބައިކޮށް، މުސްލިމުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކޮށް، މުސްލިމުންގެ އަދުއްވުންނަށް ނަސްރުދޭ ދައުލަތެއް ނޫން ދެން ކޮންއެއްޗެއް ތޯއެވެ؟

ސަލްމާން ރުޝްދީ އަކީ މުރުތައްދުންގެ ތެރެއިންވެސް ހައްދުފަހަނަ އަޅާފައިވާ ނުބައި މީހެކެވެ. އޭނައަށް ދިން ހަމަލާ އަކީ 34 އަހަރުގެ ހިތިކަމުގެ ތެރެއިން ގެނުވި ކުޑަކުޑަ ފޮނި މީރުކަމަކެވެ. އަނެއްކާވެސް ބުނެވޭނީ ހަމަ އަލްހަމްދުލިﷲ އޭއެވެ!

ބައިނަލްއަޤްވާމީ ނޫސްތަކުން ޚަބަރުދޭ ގޮތުގައި ސަލްމާން ރުޝްދީ މިވަގުތު އޮތީ އަމިއްލައަށް ނޭވާ ނުލެވޭތީ ވެންޓިލޭޓަރާ ގުޅާފައެވެ. އޭނާއަށް ވާހަކަ ވެސް ނުދެއްކެއެވެ. ސަލްމާން ރުޝްދީ އަށް ހަމަލާ ދިން މީހާ ކަމަށް ބީ.ބީ.ސީ އިން ރިޕޯޓް ކޮށްފައި ވަނީ އުމުރުން 24 އަހަރުގެ އެމެރިކާ މުސްލިމެއް ކަމުގައިވާ ހާދީ މަތާރު އެވެ. ހަމަލާ ދިން ވަގުތު އޭނާ ހުރީ ވަރަށް ބޮޑަށް ރުޅި ގަދަވެފައި ކަމަށާއި އޭނާ ހުއްޓުވުނީ ބާރުގަދަ، ބިޔަ ފަސް ފިރިހެނުން ވެގެން ކަމަށް ވެސް ބީ.ބީ.ސީން ރިޕޯޓް ކޮށްފައިވެއެވެ. ފަސް މީހުން ހިފަހައްޓާފައި ތިބި އިރުވެސް އޭނާ ސަލްމާން ރުޝްދީ އަށް ހަމަލާ ދެމުން ދިޔަ ކަމަށް ބީ.ބީ.ސީން ބުންޏެވެ.

މި ހާދިސާއާ މެދު ވިސްނާއިރު، މިސާލަކަށް ބަލައިލަމާ ހިނގާށެވެ: ޔަހުދީ ދީނަށް ފުރައްސާރަ ކުރާ މީހެކެވެ. ޔަހޫދީންގެ ފޮތަކީ ޝައިތާނާ ލިއުނު ފޮތެއް ކަމަށާއި ހިޓްލަރު ޔަހޫދީން މެރިކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ބުނެ މިފޮތުގައި ލިއަނީ އެވެ. އެމީހަކު އެފޮތް ނެރުމުން ދުނިޔޭގެ ޔަހޫދީން ރުޅިގަދަވުމުން އެމީހާ އަށް ސައުދީ އަރަބިއާ އިން ހިމާޔަތް ދެނީއެވެ. އ.ދ މަޑުން އޮންނާނެ ތޯއެވެ؟ އީ.ޔޫ މަޑުން އޮންނާނެ ތޯއެވެ؟ މުޅި ދުނިޔެ ކެކި އަރައި، ސައުދީ އަރަބީއާ އެކަހެރިކޮށް، މުސްލިމުންގެ ދުވަސް ވެސް ދުއްވާލާނެއެވެ. ނަމަވެސް މުސްލިމުން އެންމެ ލޯބިވާ، އަދި އެންމެ އިހްތިރާމްކުރާ ޝަހުސިއްޔަތު، ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް، މުސްލިމުން އެންމެ އިހްތިރާމް ކުރާ ފޮތް، ﷲ ގެ ކަލާމްފުޅަށް ފުރައްސާރަކުރި މީހާއަށް ހިމާޔަތް ދީގެން މިއުޅެނީ އިނގިރޭސީންނާއި ޔޫރަޕުންނާއި އެމެރިކާއިންނެވެ. ޚިޔާލް ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައެވެ.

ދުނިޔޭގެ ޤައުމުތަކުން، ޚާއްސަކޮށް އެމެރިކާ އާއި ޔޫރަޕްގެ ޤައުމުތަކުން މުސްލިމުންނާ މެދު އަބަދުވެސް އަމަލު ކުރަނީ މުނާފިޤްކަމާއި ދެފުށްކެހެރި ކަމާ އެކުގައެވެ. ބަލަނީ ތަފާތު މިންގަނޑަކުންނެވެ. ހިތާމައަކީ މުސްލިމް ޤައުމުތަކުގެ ޓެގް އަޅުވައިގެން ތިބި ދުނިޔޭގެ ގިނަ ޤައުމުތަކުގެ ވެރީން ވަނީ އެމެރިކާ އާއި ޔޫރަޕްގެ އުނގަށް ވެއްޓި އަޅުވެތިވެފައެވެ. ދުނިޔެއަށް ވިކިފައެވެ. ކީރިތި ރަސޫލާ ﷺ އާއި ކީރިތި ޤުރުއާން ހިމާޔަތް ކުރުމަށް ވުރެ ބޮޑަށް މިފަދަ ވެރީން ބަލަނީ އަމިއްލަ ސިޔާސީ ހަޔާތް ހިމާޔަތް ކުރުމަށެވެ. އަމިއްލަ މުއްސަނދިކަން ހިމާޔަތް ކުރުމަށެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖުލިސް ރައީސަކީ މިފަދަ ވަރަށް ގިނަ ކަންކަމުގައި ޓްވީޓް ކުރައްވާ ބޭފުޅެކެވެ. ސަލްމާން ރުޝްދީގެ ދިފާއުގައި ޓްވީޓެއް ނަޝީދު ކުރެއްވިއަސް އަޅުގަނޑު ހައިރާނެއް ނުވާނެއެވެ. (އެކަމަކު އަދި ކުރެއްވިހެނެއް ހިޔެއްނުވެއެވެ.)

އިއްޔެއަކީ ހަމަ އުފާވެރި ދުވަހެކެވެ. ބަޔަކު ރުހުނަސް ނުވަތަ ނުރުހުނަސް މުރުތައްދު ސަލްމާން ރުޝްދީ އަށް ދިން ހަމަލާ އިން އަޅުގަނޑު ހަމަ ގައިމުވެސް ވީއުފަލެވެ. އަލްހަމްދުލިﷲ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
14111411

4 Responses

  1. އަޅުގަނޑު ވެސް އުފާކުރީމެވެ. އަދި އޭނާ ގަދަ ނުވުމަށް އެދި ދުޢާވެސް ކުރަމެވެ. ބަދުރު ހަނގުރާމަ ނިމުމުން "އަބޫޖަހުލު ފާއިތުވެ ދިޔައީކަމަށް ނުލައްވާނދޭވެއެވެ." ޙަދީސްކުރައްވައި ކައު ސާހިބާ ދުޢާކުރެއްވި ކުރެއްވުމަށް އިޤުތިދާވުމުގެ ގޮތުންނެވެ.

  2. ﷲއަށް ހަމްދު ކުރަން ހައްދަވާ ގެންގުޅުއްވާ އިލާހް
    އިނބަ ﷲގެ ކުޅަދުންވަންތަކަމުން އެޝައިތާނު ދިގުދެމިގެންވާ އިބުރަތްތެރި
    އަޒާބެއްގައި ގިނަދުވަހު ދުނިޔޭގައި ވެސް ވޭންދެނިވި ގޮތެއްގައި ގެންގުޅުއްވުމަށް ފަހު
    އިނބަﷲގެ އެއްމެ ގަދަފަދަ އަޒާބު އެނުބައި ސަލްމާނު ރުސްދީއަށް ދެއްވާނދޭވެ! އާމީން.

  3. ސަލްމާނު ރުޝްދީގެ ކުރިން،، ހިންދު ކަރައިގެ ގާދިޔާނަށް އުފަންވި ޣުލާމު އަހުމަދު ގާދިޔާނީ ނަބީކަމަށް ދައުވާކޮށް އިސްލާމްދީނުގެ ހުކުމްތައް ބަދަލުކޮށް އައު ދީނެއް އުފެއްދީ ވެސް އިނގިރޭސި ދައުލަތުގެ އެހީގައި.

  4. އަޅުގަނޑުވެސް އުފާކުރީމެވެ. ހަމަލާ ދިންމީހާ ކުރިވަރު އަދި ކުޑަ. ވަގުތުން ޖަހަށްނަމަޔަށް ފޮނުވާލަންޖެހޭނެ. މަނަމަ އެންމެފަހުން މިގައުމުގަ ކުރިވަރު ކުރީމު ތިކާފަރު ކަލޭގެއަށް. ޔާﷲ ނުބައިވެގެންވާ ޝައިތާނާއަށް އިބަރަސްކަލާނގެ ގަދަފަދަވެގެންވާ އަޒާބު ދައްކަވާނދޭވެ. އަދި ޝައިތާނު އިތުރަށް އިބަރަސްކަލާނގެ ކަލާމްފުޅަށާއި ނަބިއްޔާއަށް ފުރައްސާރަ ކުރުމުގެ ފުރުސަތު ނުދެއްވާނދޭވެ އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.