Support Us

ސަލަމާން ރުޝްދީއަށް އިސްޓޭޖުމަތިން މީހަކު ވަޅިން ޙަމަލާދީފި

"ޝައިޠާނާގެ އާޔަތްތައް" ނަމަކަށް ފޮތް ލިޔެ އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ސަލްމާން ރުޝްދީ އެމެރިކާގެ ނިވްޔޯކްގެ ޗައުޓައުގުއާ މަރްކަޒުގައި ތަގުރީރެއް ދޭން އުޅެނިކޮށް މީހަކު އިސްޓޭޖު މައްޗަށް ކުއްލިއަކަށް އަރައި އޭނާއަށް ވަރުގަދަ ޙަމަލާއެއް ދީފިއެވެ.

އެސޯޝޭޓެޑް ޕްރެސްގެ ރިޕޯޓަރަށް ވަނީ މި މަންޒަރު ފެނިފައެވެ. އޭނާ ބުނާގޮތުގައި މި މީހާ އިސްޓޭޖު މައްޗަށް އަރާ ރުޝްދީ ގަޔަށް ވަޅިއަރާ އޭނާގެ ގައިގައި ތަޅައިގަތީއެވެ. ފުލުހުން ބުނާގޮތުގައި މި ޙަމަލާ އަރައިފައި ވަނީ ރުޝްދީ ސީދާ ކަރަށެވެ.

ފުލުހުން ވަގުތުން އިސްޓޭޖު މައްޗަށް އަރާ މި ޙަމަލާ ދިން މީހާ ހައްޔަރުކުރިއެވެ.

ނިވްޔޯކް ސިޓީ ފުލުހުން ބުނާގޮތުގައި ރުޝްދީ މިހާރު ވަނީ ހެލިކޮޕްޓަރެއްގައި ހަސްފަތާލަށް ގެންގޮސްފައެވެ.

ބީބީސީ ބުނާގޮތުގައި ސަލްމާން ރުޝްދީ ޙާލަތު އަދި ސާފެއް ނުވެއެވެ. އޭނާއާއެކު ވާހަކަދައްކަން ހުރި ހެންރީ ރީސް ޒަޚަމުވެފައި ވަނީ ވަރަށް ކުޑަކޮށްނެވެ.

ސަލްމާން ރުޝްދީ 1980ގެ އަހަރުތަކުގެ ތެރޭގައި ލިޔުނު "ޝައިޠާނާގެ އާޔަތްތައް" ކިޔާ ފޮތް ނެރުމުން އީރާނުގެ އޭރުގެ ޒަޢީމު ވަނީ އޭނާ ޤަތުލު ކުރުން ހުއްދަކުރައްވާ ފަތުވާ ނެރުއްވައިފައެވެ. މިކަމާ ވިދިގެން ސަލްމާން ރުޝްދީ އުޅެނީ ހުޅަނގުގެ ޤައުމުތަކުގައި ފިލައިގެންނެވެ. އީރާނުން ވަނީ 1988ގައި މި ފޮތް ވިއްކުން މަނާކޮށްފައެވެ. އަދި ރުޝްދީ މަރައިލި މީހަކަށް ތިން މިލިއަން ޑޮލަރުގެ އިނާމެއް ޠަހަރާނުން ވަނީ ހުށައަޅައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *