...

Support Us

ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވެއްޖެ

ޣައްޒާގައި ހިނގަމުން ދިޔަ ހަނގުރާމަ، މިޞްރާއި ޤަޠަރުން ގަދައަޅައި ކުރި މަސައްކަތްތަކެއްގެ ސަބަބުން ހުއްޓައިލުމަށް ރޭ ދަންވަރު އެއްބަސްވެއްޖެއެވެ.

ތިން ދުވަހުގެ ކުރިމަތިލުންތަކަކަށްފަހު ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލާއި އިސްލާމީ ޖިހާދު ޖަމާޢަތުން އެއްބަސްވެ ހަނގުރާމައިގެ ޢަމަލުތައް ހުއްޓުނީ ފަލަސްޠީނު ގަނޑިން ރޭ 11:30 ގައެވެ. ތިން ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން ވަނީ ޣައްޒާގެ އަވަށްތަކަށް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އިސްލާމީ ޖިހާދު ޖަމާޢަތުން ވަނީ އިސްރާއީލުގެ ތަފާތު ރަށްތަކަށް ރޮކެޓް  ޙަމަލާތައްދީ އިސްރާއީލު ސިއްސުވާލައިފައެވެ.

ހަނގުރާމަ ހުއްޓުމުން އެކަން ފާހަގަކޮށް އުފާފާޅުކުރުމަށް ޓަކައި ޣައްޒާ ސަހަރާއި ޖަބާލިޔާ ފޭލިގެ އަވަށުގެ މީހުން ފަލަސްޠީނު ދިދައާއި އިސްލާމީ ޖިހާދު ޖަމާޢަތުގެ ދިދައާއި އިސްރާއީލުގެ ޢުދްވާނުގައި އަވަހާރަކޮށްލި ޖިހާދު ޖަމާޢާތުގެ އިސްވާރުންގެ ފޮޓޯފުޅުތައް ހިފައިގެން ބޭރަށް ނުކުތެވެ.

ހަނގުރާމަ ހުއްޓުމަށް ދެ ފަރާތުން އެއްބަސްވުމުން މެދުއިރުމައްޗަށް އދ އިން ކަނޑައަޅައިފައިވާ މަންދޫބު ވިންސްލޭންޑް އެކަމަށް ވަރަށް ބޮޑަށް މަރްޙަބާ ވިދާޅުވިއެވެ. އޭނާ މިޞްރާއި ޤަޠަރުގެ ދައުރަށް ޝުކްރު އަދާކުރައްވާ ތާރީފު ކުރެއްވިއެވެ. ވިންސްލޭންޑް ވިދާޅުވިގޮތުގައި ހަނގުރާމަ ހުއްޓިފައި އޮތްއޮތުން އަދި ވަރަށް ބަލިކަށްޓެވެ. އޭނާ ހުރިހާ ފަރާތްތަކަށް ހަނގުރާމަ ހުއްޓުމަށް އެއްބަސްވި އެއްބަސްވުމަށް އިޙްތިރާމު ކުރުމަށް ގޮވައިލެއްވިއެވެ.

އދ ގެ އަމީން ޢާންމު ގުޓަރެޝް ވެސް ޣައްޒާގައި ހިނގަމުން ދިޔަ ހަނގުރާމަ ހުއްޓުނީތީ އުފާފާޅު ކުރައްވައި މަރްޙަބާ ވިދާޅުވިއެވެ. އޭނާ ވެސް ހަނގުރާމަ ހުއްޓުމަށް އެއްބަސްވިއެއްބަސްވުމަށް އިޙްތިރާމު ކުރުމަށް ދެ ފަރާތަށް ގޮވައިލެއްވިއެވެ.

ޝާމިލު ތަޙްޤީޤެއް ކުރުން

އެމެރިކާގެ ރައީސް ބައިޑްން ވެސް ހަނގުރާމަ ހުއްޓުމަށް އެއްބަސްވިއެއްބަސްވުމަށް މަރްޙަބާ ވިދާޅުވިއެވެ. ދެ ފަރާތުގެ ދެމެދުގައި ހިނގި ހަނގުރާމައިގައި ޝިކާރަވެގެން ދިޔަ ޢާންމުންގެ މަސްއަލަތަކާ ބެހޭ ރިޕޯޓުތައް ތަޙްޤީޤު ކުރުމަށް ވެސް ބައިޑްން ގޮވައިލެއްވިއެވެ. ބައިޑްން ވިދާޅުވި ގޮތުގައި މި ރިޕޯޓްތައް ޝާމިލު ގޮތަކަށް ތަޙްޤީޤު ކުރުމަށް ވޮޝިންގްޓަން ތާއީދު ކުރެއެވެ. ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްތާއި ހަކަތަ ޣައްޒާއަށް ލިބޭނެ މަގުތައް އަވަހަށް ތަނަވަސްކޮށް ދިނުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

އެހެނަސް ބައިޑްން ސިފަކުރެއްވި ގޮތުގައި ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޖަމާޢަތަކީ ނިރުބަވެރި ޖަމާޢަތެކެވެ. މި ޖަމާޢަތާ ކުރިމަތިލުމުގައި އެމެރިކާއިން އިސްރާއީލަށް މަދަދުވެރިވެ ވާގިވެރިވާނެ ކަމަށް ބައިޑްން ވިދާޅުވިއެވެ.

ހަނގުރާމަ ހުއްޓުމާ ބެހޭގޮތުން މިޞްރުން ހާމަކުރި ގޮތުގައި އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްޠީނުގެ އަސީރު ޚަލީލުއް ޢައްވާދާއަށް ފަރުވާ ދިނުމަށް ޓަކައި ދޫކޮށްލާނެއެވެ.  މީގެ އިތުރަށް އިސްރާއީލުން ހައްޔަރުކޮށްފައިވާ  ބައްސާމުއް ސަޢުދީ ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށް ވެސް މިޞްރުން ބުންޏެވެ.

ޤަޠަރުން ހާމަކުރި ގޮތުގައި ހަނގުރާމަ ހުއްޓުވުމަށް ޓަކައި ދައުޙާއިން މުހިއްމު ދައުރެއް އަދާކުރިއެވެ.

ހަނގުރާމަ ހުއްޓުމާ ވިދިގެން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާ ބުނާގޮތުގައި އިސްރާއީލުން ޣައްޒާއިން ދިން ތިން ދުވަހުގެ ޢުދްވާނުގައި 43 މީހަކު މަރުވިއެވެ. އޭގެތެރޭގައި 15 ކުޑަކުދީންނާއި ހަތަރު އަންހެނަކު ހިމެނެއެވެ. މީގެ އިތުރަށް 311 މީހަކު ޒަޚަމުވިއެވެ. އަނެއްކޮޅުން އިސްރާއީލު ބުނާގޮތުގައި އިސްލާމީ ޖިހާދު ޖަމާޢަތުގެ ރޮކެޓް ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އެތައް ބަޔަކު ޒަޚަމުވިއެވެ. އެހެނަސް އެއީ ބޮޑެތި ޒަޚަމުތަކެއް ނޫނެވެ. ފަލަސްޠީނުގެ ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ބައެއް ކާރުޚާނާތަކަށައި ވަޒަންވެރީންގެ ބައެއް ގެތަކަށް ވެސް ގެއްލުން ލިބުނެވެ.

ބައިޑްން ވިދާޅހަނގުރާމަ ހުއްޓުމާ ބެހޭ ުވި ގޮތުގައި އޭނާގެ އިދާރިއ

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *