ނިރުބަވެރިކަމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށާއި މުވާޞަލާތާއި ނަޤްލާއި ދަނޑުވެރިކަމާއި ޢިމާރާތްކުރުމުގެ މައިދާނުގައި އެއްބާރުލުން ވަރުގަދަ ކުރުމަށް ރޫސީ ރައީސް ޕޫޓިނާއި ތުރްކީގެ ރައީސް އުރްދުގާން އެއްބަސްވެވަޑައިގެންފިއެވެ.
ރަޝިޔާއާއި ތުރްކީގެ ރައީސުން މި ކަންކަމަށް އެއްބަސްވެވަޑައިގަތީ އިއްޔެ ރަޝިޔާގެ ކަޅުކަނޑުގެ އައްސޭރީގައި އޮންނަ ރިޒޯޓު ރަށެއް ކަމުގައިވާ ސޫޗީގައި ދެ ބޭފުޅުން ބޭއްވެވި ސަމިޓްގައެވެ. މި ސަމިޓް ހަތަރު ގަޑިއިރަށް ދެމިގެންދިޔަ ކަމަށް މޮސްކޯއާއި އަންކަރާއިން ހާމަކުރިއެވެ.
ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު އެލްގްޒަންޑަރ ނޮވެކް އިންޓަރފެކްސް ނޫސްއޭޖެންސީއަށް ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން ތުރްކީއަށް ވިއްކާ ތެލުގެ އަގުން ބައެއް ރަޝިޔާ ފައިސާއިން އަގު ދެއްކުމަށް ރައީސް އުރްދުގާން އެއްބަސްވެ ވަޑައިގަތެވެ.
ދެ ޒަޢީމުންގެ ސިއްރު ބައްދަލު ކުރެއްވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނާ ޙަވާލާދީ ޓާސް ނޫސްއޭޖެންސީ ބުނާގޮތުގައި ގޮވާން ބޭރުކުރުމާ ބެހޭ އެއްބަސްވުން ތަންފީޒު ކުރުމުގެ އަހައްމިއްޔަތަށް ދެ ރައީސުން ބައްލަވައިލެއްވިއެވެ. މިއީ އދ ގެ ބެލުމުގެ ދަށުން ތުރްކީ މެދުވެރިވެގެން ރަޝިޔާއާއި ޔުކްރޭން އެއްބަސްވެފައިވާ އެއްބަސްވުމެކެވެ.
ސޫރިޔާގައި ޙަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތްތަކާ ހަނގުރާމަކުރުމުގައި ދެ ފަރާތުން އެއްބާރުލަމުންދާ ދިޔުމަށް ދެ ރައީސުން މަރްޙަބާ ވިދާޅުވިއެވެ.



advertisment