Support Us

ބައިޑްންއާއި ޓްރަމްޕާ ވާދަކުރުމަށް އެމެރިކާގައި އައު ޕާޓީއެއް އުފައްދައިފި

އެމެރިކާގައި ސިޔާސީ މައިދާނުގައި މިހާރު އޮތް ރިޕަބްލިކަން ޕާޓީއާއި ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތާމެދު މާޔޫސްވެގެން އެމެރިކާގައި ސިޔާސީ އައު ޕާޓީއެއް އުފައްދައިފިއެވެ. މި ޕާޓީ އުފެއްދީ ރިޕަބްލިކަން ޕާޓީއާއި ޑިމޮރެޓިކް ޕާޓީގެ ކޮންގްރެސްގައި ކުރީން މެންބަރުކަން ކުރައްވައިފައިވާ ބޭފުޅުންތަކެއް ގުޅިވަޑައިގެންނެވެ.

މި އައު ޕޓީގެ ނަމަކީ "ފޯވަޑް" އެވެ. މި ޕާޓީގެ ވެރިންކަމުގައި ތިއްބަވާނީ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި އެންޑްރޫ ޔަންގު (ފޮޓޯގައި) އާއި ނިވްޖަރސީގެ ކުރީގެ ގަވަރނަރު ކްރިސްޓިއަން ވައިޓްމަނެވެ.

މި އައު ޕާޓީގެ މުއައްސިސުން ވިދާޅުވާ ގޮތުގައި އެމެރިކާގެ ސިޔާސީ މައިދާނުގައި މި އައު ޕާޓީ މިހާރުގެ ދެ ޕާޓީގެ ބަދީލަކަށް ވާނެކަމަށް އުންމީދު ކުރެވެއެވެ.

މި އަންނަ ޚަރީފު މޫސުމުގައި މި ޕާޓީގެ ވެރިން އެމެރިކާގެ ވިއްސަކަށް ސަހަރުގައި ބައްދަލުވުންތައް ބާއްވަވާ ޕާޓީއަށް އެހީ ހޯއްދެވުމުގެ ޙަމަލާތއް ކުރިއަށް ގެންދަވާނެއެވެ. މި ޕާޓީ ރަސްމީކޮށް އިފްތިތާޙު ކުރުން އޮންނާނީ މި އަންނަ ސެޕްޓެންބަރު މަހުގެ 24ވަނަ ދުވަހު ހިޔޫސްޓަންގައެވެ. މި ޕާޓީގެ ޤައުމީ ކޮންގްރެސް ބޭއްވޭނީ މި އަންނަ އަހަރުގެ ހޫނު މޫސުމުގައި ކަމަށް ވެސް މި ޕާޓީގެ މުއައްސިސުން ވިދާޅުވިއެވެ. ގެލުޕް މުއައްސަސާއިން ނެގި ވޯޓެއް ބުނާގޮތުގައި އެމެރިކާގައި ތިންވަނަ ޕާޓީއެއް އޮންނަން ޖެހޭނެ ކަމަށް އެމެރިކާގެ ތިން ބައި ކުޅަ ދެ ބައި މީހުން ދެކެއެވެ.

މީޑިޔާތައް ބުނާގޮތުގައި މި އައު ޕާޓީގައި އަސާސީ ތިން ޖަމާޢަތެއް ހިމެނެއެވެ. އެއީ 2021ވަނަ އަހަރު އުފެދުނު "ރިނިވް އެމެރިކާ" ޙަރަކާތާއި 2021 ގައި ޑިމޮކްރެޓިކް ޕާޓީ ދޫކުރެއްވި ޔަންގް އުފެއްދެވި "ފޯވަޑް" ޙަރަކާތާއި ރިޕަބްލިކަން ޕާޓީގެ ކުރީގެ ކޮންގްރެސް މެންބަރެއް ކަމުގައިވާ ޑޭވިޑް ގޮލީ އުފެއްދެވި "ސަރވް އެމެރިކާ" ޙަރަކާތެވެ.

މި އައު ޕާޓީގެ މަޤްޞަދުތަކުގެ ތެރޭގައި ޢަދްލުވެރި ފާގަތި އިޤްތިޞަދެއް އެމެރިކާގައި އާރާސްތު ކުރުމާއި އެމެރިކާ މީހުންނަށް އިންތިޚާބުގައި ގިނަ ޚިޔާރުތަކެއް ތަނަވަސްކޮށް ދިނުމާއި އެމެރިކާގެ ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ޤާއިމުކުރުމާއި ކުރިމަގާމެދު ޚިޔާލު ފާޅުކުރުމަށް ފުރްޞަތު ތަނަވަސްކޮށްދިނުން ހިމެނެއެވެ.

އައު ޕާޓީން މަސައްކަތް ކުރާނީ ޕާޓީ ރަސްމީކޮށް ރަޖިސްޓަރީކޮށް 2023 ގައި 30 ސްޓޭޓެއްގެ އިންތިޚާބުގައި ބައިވެރިވެ ބޮޑު ދެ ޕާޓީއާ ވާދަކުރެވޭތޯއެވެ. އަދި 2024 ގެ ކުރިން ބާކީ ހުރި ސްޓޭޓް ތަކުގައި ވާދަކޮށް 2024ގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭތޯއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *