Support Us

ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުން

ތިން ވަނަ ބޮޑު ހަނގުރާމަ ފެށިދާނެތީ ދުރު ރާސްތާ މިސައިލް ޔުކްރޭނަށް ދޭން އެމެރިކާ ދެކޮޅު

ތިން ވަނަ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ދުނިޔެ ވެއްޓިދާނެތީ ޔުކްރޭނަށް ދުރު ރާސްތާ މިސައިލް ދެއްވަން ރައީސް ބައިޑްން ގަސްތު ނުކުރައްވާ ކަމަށް އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން ހާމަކުރައްވައިފިއެވެ.

ސޮލިވާން މިކަން ހާމަކުރެއްވީ އެސްޕެންގެ ސަލާމަތީ ސިންތާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އިންޑިޕެންޑެންޓް ދުވަހު ނޫސް ސޮލިވާނާ ޙަވާލާދީ ބުނިގޮތުގައި "ބައެއް ވަސީލަތްތައް ޔުކްރޭނަކަށް ނުދެވޭނެއެވެ. އޭގެ ތެރޭގައި އެޓޭކްމުޒް ދުރު ރާސްތާ މިސައިލް ހިމެނެއެވެ." މިއީ 300 ކީލޯމީޓަރުގެ ދުރު ރާސްތާ މިސައިލެކެވެ.

ތިންވަނަ ބޮޑުހަނގުރާމައެއް

  އޭނާ ވިދާޅުވިއެވެ. "ޔުކްރޭން ދިފާޢު ކުރުމަށް ބޭނުންވާ ޟަރޫރީ ކޮންމެ ކަމެއް ކުރައްވަން ރައީސް ބައިޑްން ހުންނެވީ ތައްޔާރަށެވެ. ހަމަ އެފަދައިން ތިންވަނަ ބޮޑުހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެން ދިޔަ ނުދެއްވުމަކީ ވެސް ބައިޑްންގެ ވަރަށް މުހިއްމު އަމާޒެކެވެ."

އެމެރިކާއިން ވަނީ ހައިމާސް އެމްއެލްއާރްއެސް މަރުކާގެ ރޮކެޓް އުދުއްސާ 12 ހަރު ޔުކްރޭނަށް ދީފައެވެ. އަދި އިތުރު ހަތަރު ހަރު ދެއްވާނެ ކަމަށް ބައިޑްން ވަނީ ވިދާޅުވެފައެވެ. ރަޝިޔާއިން ބުނާ ގޮތުގައި އެމެރިކާއިން ޔުކްރޭނަށް ދިން ހުރިހާ މިސައިލްތަކެއް ވަނީ ގުދަނުގައި ހުއްޓާ ހަލާކުކޮށް ނައްތައިލައިފައެވެ.

އަނެއްކޮޅުން ޔުކްރޭންގެ ރައީސް ޒިލެންސްކީ ވިދާޅުވާ ގޮތުގައި ޔުކްރޭނުން ރަޝިޔާއަށް ވީހާ ބޮޑަށް ގެއްލުންތައް ދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެއެވެ. ޒިލެންސްކީ ރޭ ވީޑިޔޯކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އަހުރެމެންގެ ބިން ހިފައިގެން ތިބި ދުޝްމަނުންނަށް އަހުރެމެން މޮޅުވާނެކަން އެނގެއެވެ."

އަމާނެއް ނުދޭނަން

ޒިލެންސްކީ ވިދާޅުވި ގޮތުގައި ޔުކްރޭން ރަޝިޔާއަށް އަމާނެއް ނުދޭނެއެވެ. "އަހުރެމެން މި މަސައްކަތް ކުރަނީ ވީހާ ގިނަ އެހީތައް ހޯދާށެވެ. ރަޝިޔާ ބަލި ކުރާށެވެ! އަހުރެމެންނަށް މި ކަން ކުރެވޭނެއެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *