Support Us

މޮސްކޯއަށް "ތަބާވުމުގެ" ނުރައްކަލާ ބެހޭގޮތުން ވޮޝިންގްޓަނުން ޠަހަރާނަށް އިންޒާރެއް

ރޫސީ ރައީސް ޕޫޓިން ޠަހަރާނަށް ކުރެއްވި ދަތުރުފުޅާ ވިދިގެން "ޠަހަރާނުން ފާޑަކަށް މޮސްކޯއަށް ތަބާވާން ފަށައިފި ކަމަށް" ވޮޝިންގްޓަނުން ބުނެ ޠަހަރާނަށް އިންޒާރެއް ދީފިއެވެ. ރައީސް ޕޫޓިން ޠަހަރާނަށް ވަޑައިގަތީ އީރާނާއި ތުރްކީ ބައިވެރިވާ ސަމިޓެއްގައި ބައިވެރިވެ ވަޑައިގަތުމަށް ޓަކައެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނެޑް ޕްރައިސް ވިދާޅުވިއެވެ. "އީރާނުގެ ގުޅުން މިހާރު އެ ގުޅުވައިލަނީ ވަކި ފަރާތަކަށް ނުޖެހޭ ކަމުގެ ހެދުންލައިގެން ތިބިކަމަށް ބުނާ މަދު ޤައުމުތަކަކާއެވެ. އެއީ ޔުކްރޭނާއި ޔުކްރޭންގެ ރައްޔިތުންނާ ދެކޮޅަށް ޕޫޓިން ކުރައްވަމުން ގެންދަވާ ހަނގުރާމައިގައި އޭނާއަށް ވާގިވެރިވުމަށް ޓަކައެވެ."
ޕްރައިސް ވިދާޅުވިއެވެ. "މި ބާވަތުގެ ސުލޫކުން އެނގެނީ އިސްލާމީ ޖުމްހޫރިއްޔާ ރަޝިޔާފަދަ ދައުލަތަކަށް ކޮންމެވެސް ވަރަކަށް ތަބާވަމުންދާ ކަމެވެ."

ޠަހަރާނުގައި ބޭއްވުނު އެ ތިން ޤައުމުގެ ސަމިޓްގެ އަސާސީ މައުޟޫޢަކީ ސޫރިޔާއެވެ. އެހެނަސް މި ސަމިޓްގެ ތެރޭގައި ރައީސް ޕޫޓިން އީރާނުގެ ރައީސާއި ތުރްކީގެ ރައީސާއެކު ޔުކްރޭންގެ މަސްއަލައާ މެދު ބަޙުސް ކުރެއްވިއެވެ.

ޠަހަރާނުގައި ރައީސް ޕޫޓިން އިރާނުގެ އެންމެ އިސް ޒަޢީމު އާޔަތު ﷲ ޚާމަނައީ އާ ބައްދަލު ކުރެއްވިއެވެ. އީރާނާ ރަޝިޔާއާ ދެމެދުގައި "ދުރު ރާސްތާއަކަށް ދެމިގެންދާނެ އެއްބާރުލުމެއް" ޤާއިމު ކުރުމަށް ޚާމަނައީ ރައީސް ޕޫޓިނަށް ގޮވައިލެއްވިއެވެ. އދ ގައި ޔުކްރޭން ހަނގުރާމައިގެ މަސްއަލައިގައި ނެގުނު ވޯޓުގައި އީރާނުން ރަޝިޔާ ކުށްވެރިކޮށް ވޯޓުދީފައެއް ނުވެއެވެ.

އެމެރިކާގެ ޖާސޫސީ މަޢުލޫމާތުތައް ބުނާގޮތުގައި މި ހޫނު މޫސުމުގެ ތެރޭގައި ރޫސީ މަސްއޫލުވެރީން އީރާނަށް ދެފަހަރަކު ވަނީ ޒިޔާރަތްކުރައްވައި އީރާނުން ޢަސްކަރީ ޑްރޯން ގަތުމާ ބެހޭގޮތުން ވާހަކަތައް ދައްކަވައިފައެވެ. މިއީ ރަޝިޔާވެސް އަދި އީރާނުވެސް ކަށަވަރުކޮށްދީފައިވާ ކަމެއް ނޫނެވެ.

އެމެރިކާ ބުނާގޮތުގައި އީރާނަށް ލިބިގެންވާ އެންމެ ރަނގަޅު ޙައްލަކީ އިރާނުގެ ނިޔުކްލިއަރ ފައިލަށް އަނބުރާ އައުމެވެ. އެމެރިކާގެ ބަޔާނުގައި "ދުނިޔޭގެ އެހެން ޤައުމުތަކާއެކު އިޤްތިޞާދީ އައު ގުޅުންތައް ޤާއިމު ކުރުމަށް" އީރާނަށް ގޮވައިލައިފައި ވެއެވެ. އީރާނުގެ ނިޔުކްލިއަރ ފައިލަށް އެމެރިކާއިން ވެފައިވާ ކަށަވެތިކަން އުވާލީ 2018ގައި ރައީސް ޓްރަމްޕެވެ. މި ފައިލަށް އަނބުރާ ދިޔުމާ ބެހޭގޮތުން 2021 ގައި ވިއެނާގައި ފެށިފައިވާ ވާހަކަދެއްކުންތައް ކުރިއަށް ނުގޮސްގެން މި ވާހަކަދެއްކުންތައް ވަނީ ގަނޑުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *