Support Us

"ނިޔުކްލިއަރ ބޮމެއް އުފެއްދުމުގެ ޤާބިލުކަން އީރާނަށް ލިބިފައިވޭ"

ނިޔުކްލިއަރ ބޮމެއް އުފެއްދުމުގެ ފަންނީ ޤާބިލުކަން އީރާނަށް ލިބިފައިވާ ކަމަށް އީރާނުގެ އެންމެ އިސް ޒަޢީމު އާޔަތުﷲ ޚާމަނައީގެ އިސް މުޝީރަކު ކަމުގައިވާ ކަމާލު ޚައްރާޒީ ރޭ ވިދާޅުވެއްޖެއެވެ. އެހެނަސް އެ ފަދަ ބޮމެއް އުފެއްދުމާ ބެހޭގޮތުން ޠަހަރާނުން އަދި ވަކި ގޮތެއް ކަނޑަނާޅައިކަމަށް އޭނާ ވިދާޅުވިއެވެ.

ޤަޠަރުގެ އަލްޖަޒީރާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވިއެވެ. "މަދު ދުވަސްކޮޅެއްގެ ތެރޭގައި އަހުރެމެން ވަނީ ޔޫރޭނިއަމް 60% އަށް މުއްސަނދިކޮށްފައެވެ. އަހުރެމެންނަށް ވަރަށް ފަސޭހަކަމާއެކު 90% އަށް ޔޫރޭނިއަމް މުއްސަނދި ކުރެވިދާނެއެވެ. އީރާނުގެ ކިބައިގައި ނިޔުކްލިޔަރ ބޮމެއް އުފެއްދުމުގެ ފަންނީ ޤާބިލުކަން އަބަ ހުއްޓެވެ. އެހެނަސް އެ ފަދަ ބޮމެއް އުފެއްދުމާ ބެހޭގޮތުން އަދި ވަކި ގޮތެއް ކަނޑައެއް ނާޅައެވެ."

ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން 2015ގައި އެއްބަސްވެފައިވެފައިވާ އެއްބަސްވުމުން 2018ގައި އެމެރިކާ ވަކިވުމުން އީރާނުން ވަނީ އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމު އަލުން ޙަރަކާތްތެރި ކުރުވައިފައެވެ. އީރާނުން 2015ގައި ނިޔުކްލިއަރ ޕްރޮގްރާމާ ބެހޭގޮތުން ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އެއްބަސްވުމެއް ގައި ސޮއި ކުރީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅު އުވާލާނެ ކަމަށް ބުނުމުންނެވެ.

ރައީސް ޓްރަމްޕް 2018ގައި މި އެއްބަސްވުމުން އެމެރިކާ ބޭރަށް ލައްވައި ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ވަރުގަދަ ކުރެއްވިއެވެ.
އީރާނުން ބުނާގޮތުގައި އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމަކީ ޞުލްހަވެރި ޕްރޮގްރާމެކެވެ. އެއީ އެ ޤައުމަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ޓަކައި ހިންގާ ޕްރޮގްރާމެކެވެ. ނިޔުކްލިއަރ ހަތިޔާރު އުފެއްދުމުގެ އެއްވެސް ނިޔަތެއް ނެތެވެ.

ރައީސް ބައިޑްން ވެރިކަމަށް ވަޑައިގަތުމަށް ފަހު އީރާނާއެކު އެމެރިކާއިން މި ފައިލާ ބެހޭގޮތުން ވިއެނާގައި ވާހަކަދެއްކުން ވަނީ ފަށައިފައެވެ. މި ވާހަކަދެއްކުންތައް ކުރިއަށް ނުދާތީ މި ދިޔަ މާރިޗު މަހުން ފެށިގެން އެ ވާހަކަދެއްކުންތައް ވަނީ ގަނޑުކޮށްފައެވެ. ޚައްޒާރީ ވިދާޅުވި ގޮތުގައި ހުޅަނގާއި އެމެރިކާ އެދޭފަދައިން އީރާނުގެ ސަރަޙައްދީ ސިޔާސަތާއި މިސައިލް ޕްރޮގްރާމާ ބެހޭ ގޮތުން އެމެރިކާއާއެކު ވާހަކައެއް ނުދައްކާނެއެވެ.

ބައިޑްންގެ އިންޒާރު

އެމެރިކާގެ ރައީސް އެންމެފަހުން އިސްރާއީލަށް ކުރެއްވި ދަތުރުފުޅުގައި ނިޔުކްލިއަރ ހަތިޔާރު ތަރައްޤީ ކުރުމަށް މަސައްކަތް ނުކުރުމަށް އީރާނަށް އެންގެވިއެވެ. އެކަން ހުއްޓުވުމަށް ޓަކައި އެމެރިކާއިން ފިޔަވަޅުއަޅާނެކަމުގެ އިންޒާރު ވެސް އޭނާ ޠަހަރާނަށް ދެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *