Support Us

އިސްރާއީލާއެކު ދިފާޢީ އެއްބާރުލުން ޤާއިމުކުރުމެއް ނެތް: ސުޢޫދީ

ގަލްފުގެ ޤައުމުތަކާ އިސްރާއީލު ގުޅިގެން ދިފާޢީ ޖަމާޢަތެއް ޤާއިމު ކުރުމާ ބެހޭގޮތުން އެއްވެސް ބާވަތެއްގެ ވާހަކައެއް ދެއްކިފައިނުވާ ކަމަށް ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާން ވިދާޅުވެއްޖެއެވެ. އޭނާ ރޭ ވިދާޅުވިގޮތުގައި މި ފަދަ ޖަމާޢަތެއް ޤާއިމު ކުރުމާ ބެހޭގޮތުން ބޭއްވޭ އެއްވެސް ވާހަކަދެއްކުމެއްގައި ރިޔާޟު ބައިވެރިއެއް ނުވާނެއެވެ.

ޢަރަބި އިސްރާއީލު ސަމިޓަށް ފަހު ނޫސްވެރީންނާ ބައްދަލު ކުރައްވާ ސުޢޫދީ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި މަދަނީ މަތިންދާ ބޯޓުތަކަށް ސުޢޫދީ ވައިގެ ސަރަޙައްދު ހުޅުވައިލުމަކީ އިސްރާއީލާއެކު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް މަގުފަހިކޮށްދޭނެ ފިޔަވަޅެއްނޫނެވެ.

ނޭޓޯއާ އެއް ބީދައިން ޢަރަބި ޤައުމުތަކާއި އިސްރާއީލު ގުޅިގެން ޢަސްކަރީ އެއްބާރުލުމެއް ޤާއިމު ކުރުމަށް ތަރްޙީބު ދެއްވާ ކަމަށް އުރްދުންގެ ރަސްގެފާނު ޢަބްދު ﷲ ވަނީ ވިދާޅުވެފައެވެ. އެހެނަސް 28 ޖޫނުގައި އުރްދުންގެ ޚާރިޖީ ވަޒީރު އައިމަނުއްޞަފަދީ ވަނީ އިސްރާއީލާއެކު މި ފަދަ ދިފާޢީ ޖަމާޢާތެއް ޤާއިމު ކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރެވިފައި ނުވާ ކަމަށް ވިދާޅުވެ އެ ވާހަކަ ދޮގު ކުރައްވައިފައެވެ.

މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ ކަށަވަރުކޮށްދެއްވާ ގޮތުގައި އިސްރާއީލާއެކު މެދުއިރުމަތީގައި ޢަސްކަރީ އެއްބާރުލުމެއް ޤާއިމު ކުރުމުގެ މަސްއަލަ އަދި މޭޒު މައްޗަކު ނެތެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފަދަ ޢަސްކަރީ އެއްބާރުލުމެއް ޤާއިމު ކުރެވޭނީ ވަރަށް ބޮޑަށް އަދި ވަރަށް ދިގުކޮށް މަޝްވަރާ ކުރެވިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *