Support Us

އީރާނަށް ނިޔުކްލިއަރ ހަތިޔާރު ލިިބުން މަނާކުރާން އެމެރިކާއާއި ސުޢޫދީ ޢަރަބިއްޔާ އެއްބަސްވެއްޖެ

އީރާނަށް ނިޔުކްލިއަރ ހަތިޔާރު ލިބުން މަނާކުރާން ޖެހޭނެކަމަށް އެމެރިކާއާއި ސުޢޫދީ ޢަރަބިއްޔާ އެއްބަސްވެއްޖެއެވެ.

މި ކަން އެ ދެ ޤައުމުން އިޢުލާނު ކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި އިޢުލާނާއެކު އެ ދެ ޤައުމުގެ ދެމެދުގައި ތަފާތު މައިދާންތަކުގައި އެއްބާރުލުމާ ބެހޭގޮތުން 18 އެއްބަސްވުމެއްގައި މިއަދު ސޮއިކުރިއެވެ.

އެމެރިކާއާއި ސުޢޫދީ ޢަރބިއްޔާއިން އިޢުލާނު ކުރި ގޮތުގައި އެހެނިހެން ޤައުމުތަކުގެ ދާޚިލީ ކަންކަމާ އީރާނުން ބެހޭބެހުމާއި އީރާނަށް ތަބާވާ ތަފާތު ޖަމާޢަތްތައް މެދުވެރިކޮށް ހިންގާ ނިރުބަވެރި ޢަމަލުތައް މަނާކުރާން ޖެހޭނެ ކަމަށް އެމެރިކާއާއި ސުޢޫދީ ޢަރަބިއްޔާ އެއްބަސްވިއެވެ. އަދި އީރާނުން ގަލްފާއި މެދުއިރުމަތި ގަޑުބަޑުކުރުމަށާއި ހަމަނުޖެހުންތައް ހިންގުމަށް ކުރާ މަސައްކަތްތައް ވެސް ހުއްޓުވަން ޖެހޭނެކަމަށް އެމެރިކާއާއި ސުޢޫދީ ޢަރަބިއްޔާއިން މިއަދު ނެރުނު ބަޔާނުގައި އެއްބަސްވެފައި ވެއެވެ.

ސުޢޫދީ ޢަރަބިއްޔާއިން އީރާނާއެކު ޑިޕްލޮމެޓިކް ގުޅުން ކެނޑީ 2016ވަނަ އަހަރުގައެވެ. އެއީ އީރާނުން ސުޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް ޔަމަނާއި ސޫރިޔާގައި ޙަރަކާތްތައް ހިންގުމަށް އެހީވާތީއެވެ.
ރައީސް ޓްރަމްޕްގެ ވެރިކަމުގައި 2018ވަނަ އަހަރު އެމެރިކާ ވަނީ އީރާނުގެ ނިޔުކްލިއަރ އެއްބަސްވުމުން ވަކިވެފައެވެ. މިއީ 2015ގައި ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ. އެމެރިކާ މި އެއްބަސްވުމުން ވަކިވުމާ ވިދިގެން އީރާނުން ވަނީ އެ ޤައުމުގައި ޔޫރޭނިއަމް މުއްސަނދިކުރުމުގެ ޕްރޮގްރާމު އަލުން ފަށައިފައެވެ.

ސުޢޫދީ– އެމެރިކާ ބަޔާން ބުނާގޮތުގައި ސަޢޫދީ ޢަރަބިއްޔާގެ އަމްނާއި އެ ޤައުމުގެ ބިން ދިފާޢު ކޮށްދިނުމަށާއި ބޭރުގެ އެންމެހާ ހިރާސްތަކުން ސުޢޫދީ ރައްޔިތުންނާއި ބިމާއި ސަރަޙައްދު ހިމާޔަތްކުރުމަށް ސުޢޫދިޔާއަށް ބޭނުންވާ އެންމެހާ ޤާބިލުކަން އެމެރިކާއިން ރިޔާޟަށް ތަނަވަސްކޮށްދެއްވާނެ ކަމުގެ ކަށަވަރުކަން ރައީސް ބައިޑްން ދެއްވިއެވެ.

ދެ ފަރާތުން ކަށަވަރުކޮށްދިން ކަންތައްތަކުގެ ތެރޭގައި ބާބުލް މަންދަބާއި ހުރްމުޒު ކަނޑުއޮޅި ފަދަ ބައިނަލްއަޤްވާނީ އިސްތިރާތީޖީ ކަޑުގެ މަގުތަކުގައި ވިޔަފާރި ޙަރަކާތްތަކާއި މުވާޞަލާތީ ޙަރަކާތްތައް މިނިވަންކަންމަތީ ދެމެހެއްޓެން ހިމެނެއެވެ.

އެއްބަސްވުންތަކެއް

ސުޢޫދީން ޚަބަރުދޭ ގޮތުގައި ރައީސް ބައިޑްންގެ ބައްދަލުވުމުގެ ތެރޭގައި 18 އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރީ ސުޢޫދީ ހަކަތަޔާ ބެހޭ ވުޒާރާއިންނާއި ވުނަކުރުމާ ބެހޭ ވުޒާރާއިންނެވެ. ހަކަތަޔާއި ވުނަކުރުމާއި މުވާޞަލާތާއި ހަވާއާއި ޞިއްޙަތާ ބެހޭ މި އެއްބަސްވުންތަކަކީ މުޙައްމަދު ބިން ސަލްމާނުގެ 2030 ގެ މާރެހުގެ އަލީގައި ސޮއިކުރެވުނު އެއްބަސްވުންތަކެކެވެ.

ސުޢޫދީ މުވާސަލާތާއި މަޢުލޫމާތުގެ ފަންނިއްޔާތާ ބެހޭ ވުޒާރާއިން އެމެރިކާގެ އައިބީއެމް ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ސުޢޫދީ އެއްލައްކަ ޒުވާނުންނަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސުމޭކީ ފަންނިއްޔާތުގެ ދާއިރާގައި ތަމްރީން ދެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *