ސާފު ހަކަތައާއި ކާބޯތަކެތި އަމާންކުރުމުގެ މައިދާނުގައި ދެ އިސްނެގުމަކަށް އެމެރިކާއާއި އިސްރާއީލާއި އިމާރާތާއި އިންޑިޔާ މިއަދު އެއްބަސްވެއްޖެއެވެ. މި ހަތަރު ޤައުމުގެ ޒަޢީމުން މި ދެ އިސްނެގުމަށް އެއްބަސްވެވަޑައިގަތީ އެ ބޭފުޅުން ދާދިވަރުކޮށް މިއަދު ބޭއްވެވި ސަމިޓެއްގައެވެ. މި ސަމިޓް ބާއްވަވައިފައި ވަނީ "I2U2″ގެ ގިއުގަނޑުގެ ތެރޭގައެވެ.
އެމެރިކާގެ ރައީސް ބައިޑްނާއި އިސްރާއީލުގެ ބޮޑުވަޒީރު ޔާއީރު ލެބިޑާއި އިމާރާތުގެ ރައީސް މުޙައްމަދު ބިން ޒާއިދާއި އިންޑިޔާގެ ބޮޑުވަޒީރު ނަރިންދްރާ މޯދީ ނެރުއްވި ބަޔާން ބުނާގޮތުގައި މި ޖަމާޢަތުގެ ލަނޑުދަނޑިއަކީ ދުނިޔެއާ ކުރިމަތިވެފައިވާ ބޮޑެތި ބައެއް ގޮންޖެހުންތަކާ ކުރިމަތިލުމަށް ޓަކައި އިސްނެގުމުގެ ރޫޙާއި މި ޤައުމުތަކުގެ ޙަޔަވިއްޔަތު ބޭނުންކުރުމެވެ. ޚާއްޞަ ގޮތެއްގައި ފެނާއި ހަކަތަޔާއި މުވާޞަލާތާއި ފަޒާއާއި ޞިއްޙަތާއި ކާބޯތަކެތީގެ އަމްނާ ބެހޭ މައިދާންތަކުގައި ގުޅިގެން ވުނަކުރުމުގެ މަޝްރޫޢުތައް ހިންގުމެވެ.
މި ޤައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާން ބުނާގޮތުގައި ބިނާރު ޒަމާނީ ކުރުމަށާއި ޞިނާޢަތްތަކުގައި ކާބަން މަދުކުރުމަށާއި ޢާންމު ޞިއްޙަތު ރަނގަޅުކުރުމަށާއި ވެކްސިންތައް އުފެއްދުމަށާއި ތަރައްޤީގެ މަގުތައް ހަރުދަނާ ކުރުމަށް ޓަކައި ރައުސްމާލާއި ޚާއްޞަ ސެކްޓަރުތަކުގެ ތަޖްރިބާ ބޭނުންކުރުމަށް މި ޤައުމުތަކުގެ ޒަޢާމަތްތަކުން ވަނީ ޢަޒްމު ކަނޑައަޅައިފައެވެ.
މި ބަޔާން އިތުރަށް ބުނާގޮތުގައި މެދުއިރުމަތީގެ ޤައުމުތަކުގެ މެދުގައި މާއްދީ ގުޅުން ހަރުދަނާ ކުރުމަށާއި ކުނިބުނިތައް ނައްތައިލުމަށް ޓަކައި އައު ޙައްލުތައް ހޯދުމަށާއި ގުޅިގެން ހިންގާ މަޝްރޫޢުތަކަށް ގުޅިގެން ފަންޑުކުރުމަށާއި އަލަށް އުފައްދޭ ކުންފުނިތައް I2U2 ގެ ވުނަކުރުންތަކާ ގުޅުވުމަށް ޓަކައި އެ ޤައުމުތަކުގެ މެދުގައި ގުޅުންތައް ވަރުގަދަކުރެވޭނެއެވެ.
އިސްރާއީލާއެކު ޞުލްޙަ ޤާއިމުކުރުމަށާއި ގުޅުންތައް ޠަބީޢީ ކުރުމަށް ޓަކައި މި ޤައުމުތަކުން ޠަބީޢީ ކުރުމުގެ އެއްބަސްވުންތަކަށް ވާގިދީ ހިތްވަރުދޭނެ ކަމަށް ވެސް މި ބަޔާން ކަށަވަރުކޮށްދީފައި ވެއެވެ. މި ކަމުގެ ސަބަބުން މެދުއިރުމައްޗާއި ދެކުނު އޭޝިޔާގައި ފަހިވެގެންދާ އިޤްތިޞާދީ އެއްބާރުލުންތަކަށް މަރްޙަބާ ކިޔާ ކަމަށް މި ބަޔާނުގައި އައިސްފައި ވެއެވެ.
މި ބައްދަލުވުމުގައި އިމާރާތުން އިޢުލާން ކުރި ގޮތުގައި އިންޑިޔާގެ އެތަންމިތާނގައި ކާބޯތަކެތި އުފައްދާ އެކުވެނިތައް ޤާއިމު ކުރުމަށް ޓަކައި ދެ ބިލިއަން ޑޮލަރު ވުނަކުރާނެއެވެ. މި ވުނަކުރުމުގެ ސަބަބުން މީރުފެން ރައްކައުތެރިކުރެވޭނެއެވެ. އަދި ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރެވޭނެއެވެ. ކާބޯތަކެތި ކުނިވެ ހަލާކުވެގެން ދިޔުމުން އެ ތަކެތި ރައްކައުތެރި ކުރެވޭނެއެވެ.
އިންޑިޔާއިން ބުނިގޮތުގައި މި މަޝްރޫޢަށް ބޭނުންވާ ބިން އިންޑިޔާއިން ތަނަވަސްކޮށްދޭނެއެވެ. އެމެރިކާއާއި އިސްރާއީލުގެ ތަޖްރިބާކާރުންނަށް އެ ޤައުމުތަކުގެ ތަޖްރިބާއިން މި މަޝްރޫޢަށް ކުރިއެރުން ހޯދާދިނުމަސް އެ ދެ ޤައުމަށް ގޮވައިލެވޭނެއެވެ.
ދެވަނަ އިސްނެގުމަކީ ސާފު ހަކަތައާ ބެހޭ މަޝްރޫޢެކެވެ. ވަޔާއި އަވި ބޭނުންކޮށްގެން އިންޑިޔާގެ ގުޖްރާތުގައި 300 މެގަވޯޓުގެ ހަކަތަ އުފެއްދުމަށް ޓަކައި މަޝްރޫޢެއް ތަންފީޒު ކުރެވޭނެއެވެ. މި މަޝްރޫޢާ ބެހޭ ދިރާސާތައް ކުރުމަށް ޓަކައި އެމެރިކާއިން 330 މިލިއަން ޑޮލަރު ފަންޑުކުރާނެއެވެ.



advertisment