Support Us

ރަޝިޔާއިން ޔުކްރޭނުގެ "ހަރުފަ ޖަޒީރާ" އިން ފޭބީ ކީއްވެ؟

ކަޅު ކަނޑުގައި އޮންނަ ޔުކްރޭނުގެ މުހިއްމު ޖަޒީރާއެއް ކަމުގައިވާ ހަރުފަ ޖަޒީރާއިން ރޫސީ ސިފައިން ހުކުރުވިލޭރޭ ފައިބައިފި ކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނިގޮތުގައި ރަޝިޔާ ސިފައިން އެ ޖަޒީރާއިން ފޭބީ "ހިތް ނިޔަތް ރަނގަޅުކަން ދެއްކުމަށެވެ." ރަޝިޔާ ސިފައިންނާ ހަވާލު ކުރެވުނު މަސައްކަތް ކޮށް ނިންމުމުންނެވެ. ރަޝިޔާ ބުނާގޮތުގައި އެ ޤައުމުގެ ސިފައިން އެ ޖަޒީރާއިން ފޭބި ސަބަބުތަކުގެ ތެރޭގައި ރަޝިޔާގެ ބޮލުގައި ޔުކްރޭނުންނާއި ހުޅަނގުން އަޅުވާ ދޮގު ތުހްމަތުތަކަކީ ޙަޤީޤަތެއްނޫންކަން ދުނިޔެއަށް ބަޔާންކޮށް ދިނުންވެސް ވެއެވެ. ރަޝިޔާ ބުނާގޮތުގައި ޔުކްރޭންގެ ގޮވާން ބޭރުނުކުރެވިގެން މި އުޅެނީ ރަޝިޔާއިން ޔުކްރޭނުގެ ބަނދަރުތައް ޙިޞަރު ކުރުމުގެ ސަބަބުންނެވެ. ރަޝިޔާ ބުނާގޮތުގައި މި ކަމުގެ ސަބަބަކީ ޔުކްރޭނުން އެ ޤައުމުގެ ބަނދަރުތައް ވަށައިގެން ކަނޑުގައި މައިންގެ ކަނދުފަތިތައް އަޅައިފައިވާތީއެވެ.

އެމެރިކާ ބުނާގޮތުގައި ރޫސީ ސިފައިން މި ޖަޒީރާއިން ފޭބުމުގެ ސަބަބުން ޔުކްރޭންގެ އޮޑީސާ ޙިމާޔަތްކުރުމަށް ޔުކްރޭން ސިފައިންނަށް މަގުފަހިވާނެއެވެ. އަދި މިކަމުގެ ސަބަބުން ޔުކްރޭންގެ ކަނޑުގެ ބަނދަރުތައް އަމާންކަން މަތީ ދަމަހައްޓާން ވެސް ފަސޭހަ ވާނެއެވެ.

ޔުކްރޭންގެ ހަރުފަ ޖަޒީރާއަކީ އެންމެ 0.17 އަކަ ކީލޯމީޓަރުގެ ކުޑަކުޑަ ރަށެކެވެ. ރަށުގެ ދިގުމިނަކީ 662 މީޓަރެވެ. ފުޅައުމިނަކީ 440 މީޓަރެވެ. މި ޖަޒީރާ އޮންނަނީ ޔުކްރޭނާއި ރޯމާނިޔާގެ އިރުމަތީ އައްސޭރި ފަށުގައެވެ. ކަޅު ކަނޑާއި ޔުކްރޭންގެ ކަނޑުގެ ބަނދަރުތައް ކޮންޓްރޯލްކޮށްދޭ ތަޅުދަނޑިއެއްކަމުގައި ވާތީ މި ޖަޒީރާއަކީ ވަރަށް އިސްތިރާތީޖީ ތަނެއްގައި އޮތް މުހިއްމު ރަށެއްކަމަށް ޚަބަރުތައް ބުނެއެވެ. މިހެންވެ މި ރަށް ޔުކްރޭން ސިފައިން ހިފުމުން އެއީ ކާމިޔާބީއެއް ކަމަށް ޔުކްރޭނުން ދެކެއެވެ.

6 ހާސް އަސީރުން

އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ޔުކްރޭންގެ ހަ ހާސް ސިފައިން ވަނީ އަމާންދީފައެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު ކޮނަޝިންކޯފް ހާމަކުރެއްވި ގޮތުގައި ޔުކްރޭން ސިފައިންގެ ތެރެއިން އަމާންދިން ނުވަތަ ހައްޔަރުކުރެވުނު ސިފައިންގެ ޢަދަދު ހަ ހާހަށްވުރެ އިތުރުވާނެއެވެ. ފްރާންސް ޕްރެސް ބުނާގޮތުގައި އިއްޔެ ޔުކްރޭނާ ރަޝިޔާއާ ދެމެދުގައި 144 އަސީރުން ބަދަލުކުރެވިއްޖެއެވެ. ރަޝިޔާ ބުނާގޮތުގައި އަސީރުން ބަދަލު ކުރެވުނީ ރައީސް ޕޫޓިންގެ ސީދާ އަމުރުފުޅަށެވެ. ދޫކޮށްލެވުނު ޔުކްރޭން ސިފައިންގެ ތެރޭގައި ގިނައީ މަރިޔަޕޮލްގެ އޮޒްވުސްޓިޔާ ކާރުޚާނާއިން އަމާންދިން ސިފައިންނެވެ. އެމީހުން ދޫކޮށްލެވުނީ އެމީހުން ވަރަށް ބޮޑަށް ޒަޚަމުވެފައިވާތީއެވެ.ޔުކްރޭންގެ ބޮޑުވަޒީރު ޑެނިސް ޝްމިގާލް ވިދާޅުވި ގޮތުގައި އަސީރުން ބަދަލުކުރުމުގެ މަސައްކަތަކީ ވަރަށް "އޮޅުންބޮޅުން" ބޮޑު މަސައްކަތެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *