Support Us

ސުޢޫދީ ރަސްގެފާނު ސަލްމާނު އަދި އެމެރިކާގެ ރައީސް ޖޯ ބައިޑްން (ވ)

ރައީސް ބައިޑްން ސުޢޫދީ ރަސްގެފާނާ ބައްދަލު ކުރައްވާނެބާ؟

އެމެރިކާގެ ރައީސް ޖޯ ބައިޑްން ސުޢޫދީ ޢަރަބިއްޔާއަށް މި މަހު ކުރައްވާ ދަތުރުފުޅުގެ ތެރޭގައި ސުޢޫދީ ރަސްގެފާނު ސަލްމާނުގެ އަރިހުން އަދި ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނުގެ އަރިހުން، ސުޢޫދީން އުފައްދާ ތެޔޮ އިތުރުކުރުމަށް އެދިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ. މި ކަން އޭނާ ކަށަވަރުކޮށް ދެއްވީ ރޭ މެޑްރިޑްގައި ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ބައިޑްން ވިދާޅުވި ގޮތުގައި ގަލްފްގެ ޤައުމުތަކުން އުފައްދާ ތެޔޮ އިތުރު ކުރާން އެބަޖެހެއެވެ. އެއީ އެ ޤައުމުތަކުގެ މަޞްލަޙަތު ނިޔާކުރާކަމެއްކަމަށް ވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ބައިޑްން ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި އޭނާ ސުޢޫދީ ރަސްގެފާނު ސަލްމާނާއި ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވާނެކަމުގެ ކަށަވަރު ކަމެއް ނެތެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެން މި ދަނީ އެކަމަށް ޓަކައެއް ނޫނެވެ. އެހެނަސް ބޭއްވޭ ބޮޑު  ބައްދަލުވުމެއްގައި އެ ދެބޭފުޅުން ބައިވެރިވެވަޑައިގަންނަވައިފާނެއެވެ."

ވައިޓް ހައުސުން ބުނާގޮތުގައި ބައިޑްން ރިޔާޟަށް ކުރައްވާ ދަތުރުފުޅަކީ ގަލްފްގެ ޒަޢީމުންނާ ބައްދަލުކުރައްވަން ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ބައިޑްން ސުޢޫދީ ވަލީޢަހްދާ ބައްދަލު ކުރެއްވުމަކީ މާ މުހިއްމު ކަމެއް ނޫނެވެ.

އަނެއްކޮޅުން ތެޔޮ އުފެއްދުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަރަންސޭސި ރައީސް މެކަރޯން ވިދާޅުވާ ގޮތުގައި އިމާރާތުގެ ރައީސް މުޙައްމަދު ބިން ޒާއިދު  އޭނާއަށް ދަންނަވައިފައިވާ ގޮތުގައި ތެޔޮ އުފެއްދުން އިތުރުކުރުމުގެ މަސްއަލައިގައި ރިޔާޟާއި އަބޫ ޡަބްއި މިހާރު ވަނީ އެއްބަސްވުމަކާ ވަރަށް ކައިރިވެފައެވެ. މެކަރޯން ވިދާޅުވިއެވެ. "އިމާރާތް މިހާރު ވަނީ ތެޔޮ އުފެއްދުމުގެ މަސްއަލައިގައި ފަންގެފިލާގައި ބޯ ޖެހިފައެވެ. އެހެނަސް ސުޢޫދިޔާއަށް ދުވާލަކު 150 ހާސް ފީފާގެ ތެޔޮ އިތުރު ކުރެވިދާނެއެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *