Support Us

ހުޅަނގުގައި ޤަރާރުތައް ކަނޑައަޅާ ހަ މަރްކަޒުގެ ޖައްވީ ފޮޓޯތަކާއި ކޯޑިނޭޓްސްތައް ރަޝިޔާއިން މި ވަގުތު ހާމަކުރީ ކީއްވެ؟

މެޑްރިޑްގައި ނޭޓޯގެ ސަމިޓް ފެށުމުގެ ކުރިން ހުޅަނގުގައި ޤަރާރުތައް ކަނޑައަޅާ ހަ މަރްކަޒުގެ ޖައްވީ ފޮޓޯތަކާއި ކޯޑިނޭޓްސްތައް މެޑްރިޑްގައި ނޭޓޯގެ ސަމިޓް ފެށުމުގެ ކުރިން ރަޝިޔާގެ ހަވާއާ ބެހޭ މުއައްސަސާ "ރޮސް ކޮސްމޮސް" އިން މިއަދު ހާމަކޮށްފިއެވެ. މި ފޮޓޯތަކަކީ ރަޝިޔާގެ ޖައްވީ އުޅަނދު "ރިސޯސް ބީ" އިން ނަގައިފައިވާ ފޮޓޯތަކެކެވެ.

ރޮސް ކޮސްމޮސްގެ ޓެލެގްރާމު ބުނާގޮތުގައި ނޭޓޯގެ 30 މެންބަރުން މި ރޭގެ ސަމިޓް ބައްދަލުވުން ބާއްވާ ތަނުގެ ފޮޓޯތަކާއި ކޯޑިނޭޓްސްތައް މި ފަތުރަނީ މި ސަމިޓްގައި މި ޖަމާޢަތުން 2030އާ ހަމައަށް ޢަމަލުކުރާނެ އިސްތިރާތީޖީ މަފްހޫމު ކުރެހުމަށް ހަމަޖެހިފައިވާތީއެވެ. މި ސަމިޓްގައި މެންބަރު ޤައުމުތަކުގެ އިތުރަށް މި ޖަމާޢަތަށް ވައްދަން ހަމަޖެހިފައިވާ އައު ޤައުމުތައް ވެސް ބައިވެރިވާނެއެވެ.

ރަޝިޔާގެ ހަވާޔާ ބެހޭ މުއައްސަސާއިން ހާމަކުރި ފޮޓޯތަކުގެ ތެރޭގައި ވޮޝިންގްޓަންގެ ވައިޓްހައުސާއި ޕެންޓަގަނާއި މި ރޭ ސަމިޓް ބޭއްވޭ މެޑްރިޑްގެ މަހާސިންތާތައް ބާއްވާ މަރްކަޒު IFEMAއާއި އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއާއި ބަރލިންގައި ހުންނަ ޖަރްމަނުގެ މުޝްތަޝާރުގެ ގަނޑުވަރާއި ފަރަންސޭސި ވިލާތުގެ ޝާންޒްލީޒިޔާ މައިދާން ހިމެނެއެވެ. މި ފޮޓޯތަކާއެކު މި ތަންތަނުގެ ކޯޑިނޭޓްސްތައް ވެސް ބަޔާންކޮށްފައި ވެއެވެ.

ރޫސީ ރައީސް ވްލެޑްމީރު ޕޫޓިން ޔުކްރޭންގެ ޒަޢާމަތުގެ ތަޞައްރުފާތުތަކާ ބެހޭގޮތުން ވިދާޅުވެފައިވާ ގޮތުގައި "ރަތް ރޮނގުތައް" ހުރަސްކުރާ ވަގުތު، ޤަރާރުތައް ކަނޑައަޅައި މަރްކަޒުތަކަށް ޙަމަލާދިނުމަށް ރަޝިޔާ އޮންނާނީ ތައްޔާރުވެގެންނެވެ. ޕޫޓިން ވިދާޅުވި ގޮތުގައި އޭނާ މި ދައްކަވާ ވާހަކަފުޅު ކީވަށް ރަނގަޅަށް ދޭހަވާނެ ކަމަށް އޭނާ އުންމީދު ކުރައްވައެވެ.

ރަޝިޔާއިން ވަނީ ނޭޓޯ ފުޅައު ނުކުރުމަށް ތަކްރާރުކޮށް ގޮވައިލައި އިންޒާރުކޮށްފައިކަމަށް ރަޝިޔާގެ ކްރެމްލިންގެ ތަރްޖަމާނު ބިސްކޯފު ވިދާޅުވިއެވެ. އިރުމަތީ ފަރާތަށް ނޭޓޯ ފުޅައުކުރުން ހުއްދަވެގެން ނުވާކަމަށް މޮސްކޯއިން ވާނީ ހުޅަނގަށް އަންގައިފައެވެ.

އޭނާ އިޝާރަތްކުރެއްވި ގޮތުގައި ހުޅަނގަކީ ޕިރަމިޑެކެވެ. މި ޕިރަމިޑްގައި ޤަރާރުތައް ކަނޑައަޅަނީ ހަމަ އެންމެ މަރްކަޒަކުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *