Support Us

އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓާއި ވަގުތީ ބޮޑު ވަޒީރު ޔާއީރު ލެބިޑް (ވ)

ބެނެޓްގެ ސަރުކާރުގައި ޔަހޫދީ އާބާދީތައް ބިނާކުރުން 62% އިތުރުވި

އިސްރާއީލުގެ ޙައްޤުތަކަށް ޓަކައި މަސައްކަތް ކުރާ "މިހާރު ޞުލްޙަ" މުއައްސަސާ އިން މިއަދު ހާމަކުރި ރިޕޯޓެއް ބުނާގޮތުގައި ނަފްތާލީ ބެނެޓްގެ ސަރުކާރުގެ ކުރު މުއްދަތުގެ ތެރޭގައި ޔަހޫދީ އާބާދީތައް ބިނާކުރުން ވަނީ ނަތަންޔާހޫގެ ސަރުކާރުގެ ދުވަސްވަރާ އަޅައިބަލާއިރު 62% އިތުރުވެފައެވެ. މި މުއައްސަސާގެ ނެޓް ޞަފްޙާގައި ފެތުރި މި ރިޕޯޓު ބުނާގޮތުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި މި އާބާދީތައް ހަދައިފައި ވަނީ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދްސުގައެވެ.

މި މުއައްސަސާގެ ރިޕޯޓު ބުނާގޮތުގައި ބެނެޓް- ލެބިޑް ވެރިކަމުގައި ފަލަސްޠީނު މީހުންގެ ގެދޮރު ތަޅައިލުމާއި ބިންތައް އިސްރާއީލަށް ނެގުމުގެ މަސައްކަތް ވަނީ 35% އިތުރުވެފައެވެ.

މި މުއައްސަސާގެ މި ރިޕޯޓު ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ވަޒަންވެރި ކުރުވަން ހަ އާބާދީއެއް ބިނާކޮށްފައި ވެއެވެ.

ބެނެޓް- ލެބިޑް ސަރުކާރުގެ އަރުތަތައް ބަޔާންކުރަމުން މި ރިޕޯޓު ބުނިގޮތުގައި ފަލަސްޠީނުގެ ތަރައްޤީއަށާއި ފަލަސްޠީނު ދެމިއޮތުމަށާއި ދެ ދައުލަތުގެ ޙައްލަށް ގެއްލުން ލިބެނިވި ގޮތަށް އިސްތިރާތީޖީ އެތައް ރޭވުންތަކެއް ބެނެޓްގެ ސަރުކާރުން ރާވައިފައި ވެއެވެ. އަދި މި ރޭވުންތައް ވަނީ ތަންފީޒުކުރާން ވެސް ފަށައިފައެވެ.

"މިހާރު ޞުލްޙަ" ނަމަކަށް މި ކިޔާ މަރްކަޒުން ބުނާގޮތުގައި މި ހުސްވި މަހު އިސްރާއީލު ސަރުކާރުން ވަނީ ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޓަކައި ހުޅަނގު އައްސޭރީގައި 4،427 ބޯހިޔާވަހި ބިނާކޮށްދީފައެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކާއި އދ ގެ ޤަރާރުތައް ބުނާގޮތުގައި 1967ގައި އިސްރާއީލުން ހިފާފައިވާ ބިންތަކަކީ އިސްރާއީލުގެ ބިންތަކެއްނޫނެވެ. މިއީ އިސްރާއީލު އެކަމާ ދެކޮޅު ހަދާ ކަމެކެވެ. އިސްރާއީލުން ވަނީ ސޫރިޔާގެ ގޯލާންގެ އުސްބިންތަކާއި އިރުމަތީ ޤުދްސާއި ހުޅަނގު އައްސޭރީގެ އެތައް ބިންތަކެއް އިސްރާއީލުގެ މިލްކަކަށް ހަދައިފައެވެ.

އިސްރާއީލުގެ ބެނެޓް ސަރުކާރަށް ބަރްލަމާނުގައި ލިބިފައި އޮތް އަޣްލަބިއްޔަތު ގެއްލުމާ ވިދިގެން ބަރްލަމާން އުވާލައި އަލުން ޢާންމު އިންތިޚާބެއް ބޭއްވުމަށް ބެނެޓާއި ލެބިޑް ވަނީ މި ދިޔަ ހޯމަ ދުވަހު އެއްބަސްވެ ވަޑައިގެން ބޮޑުވަޒީރުކަން ވަގުތީގޮތުން ލެބިޑާ ޙަވަލުކޮށްފައެވެ. މި މަސްއަލަ މި ދިޔަ ބުދަ ދުވަހު ވަނީ ކަނީސަތަށް ހުށައަޅައިފައެވެ. އިސްރާއީލުގައި ޢާންމު އިންތިޚާބެއް އަލުން ބޭއްވުމާ ބެހޭގޮތުން މިއަންނަ ހޯމަދުވަހު ކަނީސަތުން ވަކި ގޮތެއް ނިންމާނެއެވެ. އިސްރާއީލުގެ މީޑިޔާތައް ބުނާގޮތުގައި މި އިންތިޚާބު މި އަންނަ ނޮވެންބަރު މަހު ބޭއްވޭނެކަމަށް ލަފާކުރެވެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *