Support Us

އުތުރު ކޮރެޔާގެ ދިފާޢީ ބާރުތައް ވަރުގަދަކުރަނީ

އުތުރު ކޮރެޔާގެ ޒަޢީމު ކިމް ޖޮންގ އޮން އޭނާގެ ޤައުމުގެ ދިފާޢީ ބާރުތައް ވަރުގަދަކުރުމަށް އަމުރު ކުރައްވައިފިއެވެ. އޭނާ މި ކަމަށް އަމުރު ކުރެއްވީ ވެރިކަން ކުރާ ޕާޓީގެ ބޮޑެތި މަސްއޫލުވެރީންނާއި ޢަސްކަރީ ބޮޑުންގެ ބައްދަލުވުމެއް ނިންމާލައްވަމުންނެވެ.

އެމެރިކާއާއި ދެކުނު ކޮރެޔާގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި އުތުރު ކޮރެޔާއިން ވަރަށް ކައިރި މުސްތަޤްބަލެއްގައި ނިޔުކްލިއަރ އައު ތަޖްރިބާއެއް ކޮށްފާނެކަމުގެ ބިރު ވަރަށް ބޮޑުވެއްޖެއެވެ. އުތުރު ކޮރެއާއިން ނިޔުކްލިއަރ ތަޖްރިބާއެއް އެންމެ ފުރަތަމަ ކުރީ މީގެ ފަސް އަހަރު ކުރީންނެވެ. އުތުރު ކޮރެއާގެ ނޫސް އޭޖެންސީ ބުނާގޮތުގައި ތިން ދުވަހުގެ މުއްދަތަށް ބޭއްވުނު ޢަސްކަރީ މަރްކަޒީ ކޮމެޓީގެ ބައްދަލުވުމުގައި ހަނގުރާމައިގެ ތެރޭގައި ޤައުމު ދިފާޢުކޮށްދިނުމުގެ ޢަސްކަރީ ޖާމިނުވުން ރައްޔިތުންނަށް ދިނުމަށް އެއްބަސްވިއެވެ. މި ބައްދަލުވުން ނިމުނީ އިއްޔެއެވެ.

އުތުރު ކޮރެއާގެ ނޫސް އޭޖެންސީން ފެތުރި ޚަބަރުގައި އުތުރު ކޮރެއާގެ ނިޔުކްލިއަރު ޕްރޮގްރާމަކަށް ވެސް އަދި ބޮލިސްޓިކް މިސައިލް ޕްރޮގްރާމަކަށް ވެސް އެއްވެސް އިޝާރާތެއް ކޮށްފައެއް ނުވެއެވެ. މި އޭޖެންސީގެ ޚަބަރު ބުނިގޮތުގައި އުތުރު ކޮރެއާގެ މިސައިލް ޕްރޮގްރާމުތައް ތަރައްޤީ ކުރައްވަމުން ގެންދަވާ އިސްވާރު ރީ ބިއޮންގް ޗޮލް ޢަސްކަރީ މަރްކަޒީ ކޮމެޓީގެ ނައިބު ރައީސްކަމަށް އިންތިޚާބު ކުރެވުނެވެ.

ޒާތީ ދިފާޢީ ބާރު ވަރުގަދަކުރުން

މި ނޫސް އޭޖެންސީ ބުނިގޮތުގައި އެ ޤައުމުގެ "ޢަސްކަރީ ބާރުތައް އޮތީ ދުޝްމަނުން ބަލިކުރުމަށްޓަކައި ދިފާޢީ ޒާތީ ބާރުތައް ވަރުގަދަކުރާން ޖެހިފައެވެ."

ދެކުނު ކޮރެއާ ބުނާގޮތުގައި އުތުރު ކޮރެއާގައި ކޮވިޑް 19 ފެތުރެމުންދާތީއާއި ޗައިނާގެ ސިޔާސީ މަސްރަޙަށް ބަލާއިރު އުތުރު ކޮރެއާއިން އެ ޤައުމުގެ ނޔުކްލިއަރ ހަތްވަނަ ތަޖްރިބާ ކުރުން ތަންކޮޅެއް ލަސްވެދާނެ ކަމަށް ލަފާކުރެވެއެވެ.

އަހަރެއްހާ ދުވަހުގެ ތެރޭގައި އުތުރު ކޮރެއާއިން ވަނީ ބޮލިސްޓިކް އެތައް މިސައިލްތަކެއް ތަޖްރިބާކޮށްފައެވެ. އޭގެ ތެރޭގައި ބައްރުތައް ހުރަސްކޮށް ދަތުރުކުރެވޭވަރުގެ ދިގު ރާސްތާ ބޮލިސްޓިކް މިސައިލާއި އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލާއި ނިޔުކްލިއަރ ހަތިޔާރު އުފުލުމަށް ފަރުމާކޮށްފައިވާ ކުރު ރާސްތާ މިސައިލް ހިމެނެއެވެ. ދެކުނު ކޮރެއާ ބުނާގޮތުގައި މިއަހަރު އުތުރުން ވަނީ 33 މިސައިލް ތަޖްރިބާކޮށް 650 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *