Support Us

ސިންގަޕޫރު އަނބުރާ މެލޭޝިޔާގެ ދަށަށް ގެންނަންޖެހޭ: މަހާތީރު

ސިންގަޕޫރު އަނބުރާ މެލޭޝިޔާގެ ސިޔާދަތުގެ ދަށަށް ގެނައުމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރެއް ކަމުގައިވާ މަހާތީރު މުޙައްމަދު ގޮވައިލައްވައިފިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިންގަޕޫރަކީ މެލޭޝިޔާގެ ޖޯހޯރު ސަރަޙައްދުގެ ބަޔެކެވެ. އެހެންކަމުން ސިންގަޕޫރު އަލުން މެލޭޝިޔާގެ އިއްތިޙާދަށް އަނބުރާ ގެނައުމަށް މަސައްކަތް ކުރުމަށް މަހާތީރު ގޮވައިލެއްވިއެވެ. ޢުމުރުފުޅުން 96 އަހަރުވީ ސިޔާސީ ތަޖްރިބާކާރު ވިދާޅުވީ އިންޑޮނޭޝިޔާގެ ދަށުގައި އޮންނަ ރިޔާއު ޖަޒީރާތައް ވެސް މަލޭޝިޔާއަށް ލިބެން ޖެހޭނެ ކަމަށެވެ. މަހާތީރުގެ ވާހަކަފުޅުގައި ސިންގަޕޫރުގެ ކާމިޔާބީއަށް ތާރީފު ކުރެއްވިއެވެ.

މަހާތީރު މިމޭރުމުން ވާހަކަފުޅު ދެއްކެވީ އިއްޔެ މެލޭޝިޔާގެ ސެލެންގޯރުގައި ބޭއްވުނު ޢާންމު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުން އިންތިޒާމުކޮށްފައި ވަނީ "ކޮންގްރެސް ފޮރ މެލޭ ސަރވައިވަލް" ނަމަކަށް ކިޔާ ޖަމާޢަތުންނެވެ.

މަހާތީރު ވިދާޅުވިއެވެ. "އަހުރެމެން ހޯދަން މަސައްކަތް ކުރާންވީ ހަމައެކަނި ޕެޑްރާ ބްލާންޗާ އާއި ޕުލައު ބަޓު ޕުޓެހް އެއް ނޫނެވެ. ސިންގަޕޫރާއި ރިއައު ޖަޒީރާތައް ހޯދާން ވެސް މަސައްކަތް ކުރާން ޖެހޭނެއެވެ. އެއީ މެލޭގެ ބިންތަކެކެވެ."

ޕެޑްރާ ބްލާންޗާއާއި މިޑްލް ރޮކްސް އާޢި ސައުތު ލިޖް ޖަޒީރާތަކުގެ މިލްކިއްޔާތާ ބެހޭ ގޮތުން ސިންގަޕޫރާއި މެލޭޝިޔާއާ ދެމެދުގައި ހިނގި އަރާރުންތައް ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް ހުށައެޅުމުން ޕެޑްރާ ބްލާންޗަކީ ސިންގަޕޫރުގެ ތަނެއްކަމަށާއި މިޑްލް ރޮކް ޖަޒީރާއަކީ މެލޭޝިޔާގެ ތަނެއްކަމަށް އެ ކޯޓުން ވަނީ ނިންމައިފައެވެ.

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *