Support Us

ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އާންމުނަށް އަންގައިފައި ހެލްތު މިނިސްޓްރީން ބޮޑު ފުޓުސަލް މުބާރާތެއް

ކޮންޓްރޯލްގައި އޮތުމަށްފަހު ކޮވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކޮންމެހެން ބާއްވަންޖެހޭ ހަފުލާތައް ފިޔަވައި އެހެން ކަންކަން ލަސްކުރުމަށް އާންމުކޮށް އެންގުމަށްފަހު، ދެ ޖިންސުގެ 17 ޓީމު ވާދަކުރާ، މުވައްޒަފުންގެ ބޮޑު ފުޓްސަލް މުބާރާތެއް ހެލްތު މިނިސްޓްރީން މިއަދު ހަވީރު ފަށަން ހަމަޖައްސައިފިއެވެ. ހެލްތު ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ކޮންމެ ޓީމެއްގައި މަދުވެގެން 15 ކުޅުންތެރިން ހިމެނެއެވެ.

މުބާރާތުގައި ވާދަކުރާ ޓީމެއްގެ ޖާޒީއެއް ހެލްތު މިނިސްޓަރު ނަސީމަށް (ކ) ހަވާލުކޮށްދެނީ

މިއަދާއި މާދަމާ، ހެންވޭރު ދަނޑުގައި ބާއްވަން ހަމަޖެހިފައިވާ ހެލްތު ފުޓްސަލް ޗެލެންޖުގައި ފިރިހެން އަށް ޓީމާއި އަންހެން ނުވަ ޓީމު ވާދަކުރެއެވެ. މި މުބާރާތް ކުރިއަށް ދާނީ ހަވީރު 4 ން 6.15 އަށް އަދި ރޭގަނޑު 8ން 12.30 އަށެވެ.

ހެލްތު ފުޓްސަލް ޗެލެންޖުގައި ޖުމްލަ 34 މެޗު ކުޅޭނެއެވެ.

ހެލްތު މިނިސްޓްރީގެ، ހެލްތު ރެކްރިއޭޝަން ކްލަބުން ބާއްވާ މި މުބާރާތުގެ މެޗުތައް ކުޅޭނެ ގޮތުގެ ގުރުލައި، އަދި ވާދަކުރާ ޓީމުތަކަށް ޖާޒީ ހަވާލުކުރުންވެސް މިހާރު ވަނީ ބާއްވައިފައެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ދެ ޖިންސުގެ ދެ ޓީމު ހިމެނެއެވެ.

ކޮންޓްރޯލްގައި އޮތުމަށްފަހު ކޮވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ގޮތުން އާންމުން އެޅުމަށް އެޗް.ޕީ.އޭއިން އިއްޔެ އިއުލާންކުރި ބައެއް ފިޔަވަޅުތައް ތިރީގައި މި ވަނީއެވެ.


 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ކަލޭމެނަށް ކީތްތަ ހެލްތު މިނިސްޓްރީއިން ކޮންމެ ކަމެއް ކުރިކަމަށް ވިކަޔަސް. !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް