Support Us

ރަޝިޔާ އާއި ޗައިނާގެ ޒަޢާމަތުގެ ދަށުގައި ދުނިޔެ އައު ޒަމާނަކާ ކުރިމަތިލުން

"މީގެ ސައްތައެއްހާ އަހަރު ކުރީން ކަންތައް ހިނގަމުންދިޔަ ގޮތާ ޚިލާފަށް މިއަދުގެ ދުނިޔޭގައި ބޮޑެތި ނިންމުންތައް ނިންމަނީ ޕެރިހުގައެއް ނޫނެވެ. ނުވަތަ ލަންޑަނުގައެއް ނޫނެވެ. ބަރލިންގައެއް ނޫނެވެ. ރޯމުގައެއް ވެސް ނޫނެވެ. އެހެނަސް މިފަދަ ނިންމުންތައް ނިންމާ ސަހަރުތަކެއް ކަމުގައި ދެން ވާނީ ބޭޖިންގް ނުވަތަ މޮސްކޯ ނުވަތަ ރިޔާޟު ނުވަތަ ޠަހަރާން ނުވަތަ ދިއްލީ ނުވަތަ އިސްލާމްއާބާދު ނުވަތަ އަންކަރާ ނުވަތަ ކާބުލް ފަދަ ސަހަރުތަކެވެ." އިނގިރޭސިވިލާތުގެ މުއައްރިޚެއް ކަމުގައިވާ ޕީޓަރ ފްރޭންކޯޕޭން ލިޔުއްވި "ފަށުވީގެ އައު މަގު" ނަމަކަށް ކިޔާ ފޮތުގައި ވިދާޅުވެފައިވެއެވެ.

ފްރޭންކޯޕޭން މި އިޝާރާތް ކުރައްވަނީ "އަހުރެމެން ޤަބޫލުކުރުމާ ދެކޮޅުހަދާ ގިނަ ތަނޑިތަކެއް ހިމެނޭ ދުނިޔެއަށެވެ. "އެމެރިކާއާ ފަރަލިވާ ވަރުގެ ސަޤާފީ ޖިޔޯސިޔާސީ އިޤްތިޞާދީ ޢަސްކަރީ ބާރެއް ލިބިފައިވާ ޗައިނާއާއި ރަޝިޔާ ދުނިޔޭގެ ތަޚްތަށް އިސްވާނެތެވެ. "ދުނިޔެއަށް އަތްގަދަކޮށްފައިވާ ހަމައެކަނި ބާރަކަށް އެމެރިކާ ނުވާނެތެވެ. އެމެރިކާއާ ވާދަކުރާނެ ބާރުތައް އުފެދިއްޖެއެވެ."

ހުޅަނގުން ގިނަ ތަނޑީގެ ދުނިޔެ ޤަބޫލު ކުރާނީ ކޮން އިރަކުން؟

އިނގިރޭސިވިލާތުގެ ލިޔުންތެރިއެއް ކަމުގައިވާ ޖޯން ވައިޓް ވިދާޅުވާ ގޮތުގައި ހުޅަނގުގައި ޚާއްޞަކޮށް ވޮޝިންގްޓަނާއި ލަންޑަނުގައި ވެރިކަންކުރާ މުއައްސަސާތަކުގެ މައްޗަށް މިއަދު ވަނީ ހިސްޓީރިޔާއަކާއި ބިރާހެއް ވެރިގަންފައެވެ. މި މުއައްސަސާތަކުގެ އިސްވާރުން އެމީހުންގެ ފައިދަށުން ދޫލަ ދަމައިގަންފާނެ ކަމަކަށް ޤަބޫލެއް ނުކުރެއެވެ. ބައު ދުނިޔެ މަރަށް ޙާޒިރުވެފައިވާކަން ޤަބޫލުކުރުމާ ދެކޮޅު ހަދައެވެ. ގިނަ ތަނޑިތަކެއްގެ ދުނިޔެއަކަށް ދުނިޔެ ބަދަލުވަމުންދާކަން އެމީހުންގެ ސިކުނޑިތަކަށް ހަޖަމެއް ނުކުރެވެއެވެ. އައު ދުނިޔެއާއި ބައު ދުނިޔެއާ ދެމެދުގައި ކޯޅުންތައް ގިނަވެ އެންމެ ފަހުން މި ކޯޅުންތައް ހަނގުރާމައަކަށް ބަދަލުވެގެން ދިޔަތަން މި ފެނުނީ ޔުކްރޭނުންނެވެ.

އެމެރިކާގެ "ރެސްޕޮންސިބަލް ސްޓޭޓްކްރާފްޓް" ނަމަކަށް ކިޔާ ނެޓްގައި އޭނާ ޝާއިޢު ކުރެއްވި މަޒްމޫނެއްގައި ވިދާޅުވިއެވެ. "ޓްރަމްޕްގެ ވެރިކަމުގައި ވޮޝިންގްޓަނަށް ބާލަންޖެހުނު ދުނިޔޭގެ ޒާޢަމަތުގެ ޖުއްބާ މިއަދު ލައިގެން އިން ތަން އަހުރެމެންނަށް ސާފުކޮށް މި ފެންނަނީ  ޗައިނާއެވެ." ވައިޓް ތުހްމަތު ކުރެއްވި ގޮތުގައި ޓްރަޕަކީ ފޭލްވެވަޑައިގަންފައިވާ ބޭފުޅެކެވެ. އޭނާގެ ޚަލީފާ ބައިޑްން މަސައްކަތް ކުރައްވާ ތަން ފެންނަނީ މި އައު އޮއިވަރާ ދެކޮޅަށް ފެއްތެވޭތޯއެވެ. ނަތީޖާއަކަށް ވާނީ އޭނާ ފެތުމެވެ.

ވައިޓްގެ ލިޔުއްވުމުގައި ފްރޭންކޯގެ ފޮތުން ދަލީލު ދައްކަވަމުން ވިދާޅުވިއެވެ. "2015ވަނަ އަހަރުގެ ފަހުކޮޅުގައި ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް ބެންކުން އިޢުލާނު ކުރިގޮތުގައި ކަމަރާއި މަގުގެ އިސްނެގުމުގެ ދަށުން 49 ޤައުމެއްގައި ހާހަކަށްވުރެ ގިނަ މަޝްރޫޢުތަކަކަށް ފައިސާ ދޭން ފަށާނެއެވެ." އޭގެ ހަތް އަހަރު ފަހުން މި އިސްނެގުމުގެ ދަށަށް އަށްޑިހަވަރަކަށް ޤައުމު ވަނެވެ. އޭނާ ވިދާޅުވި ގޮތުގައި މެދުތެރޭ އޭޝިޔާއާއި އެފްރިކާއާއި މެދުއިރުމައްޗާއި ކެރީބީ ކަނޑުގެ ސަރަޙައްދާއި ލެޓިން އެމެރިކާއާއި އިރުމަތީ ޔޫރަޕްގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން ޤާއިމުކޮށް މަންފާތައް ބަދަލުކޮށްދޭ އުންމީދީ މައިދާނަކަށް މި މަޝްރޫޢު ވެއްޖެއެވެ.

ބައިނަލްއަޤްވާމީ ނުފޫޒުގެ ޒަޢާމަތުގައި ޗައިނާއާއި ރަޝިޔާ

މޮސްކޯ- ބޭޖިންގް ގުޅުމާ ބެހޭގޮތުން އެމެރިކާގެ ނިވް ލައިންޒް އިންސްޓިޓިއިޓުން ނެރުނު "ސައިނޯ -ރަޝިޔާ ބައިވެރިވުން" ނަމަކަށް ކިޔާ ފޮތުގެ ކާތިބު ޖެވް ހެވަން ވިދާޅުވާ ގޮތުގައި "އެމެރިކާގެ ބިރުދެއްކުންތަކުން ޗައިނާއާއި ރަޝިޔާ ވަނީ މަންފާ ޙާޞިލުކޮށްފައެވެ. މި ދެ ޤައުމުގެ ޒަޢީމުންގެ ދެމެދުގައިވާ ގުޅުންތައް ދިޔައީ ފުންވަމުންނެވެ. މި ދެ ޤައުމުގެ ސަލާމަތީ އެއްބާރުލުން ފިޔަވަޅަކުންފިޔަވަޅަކުން އައީ ވަރުގަދަވަމުންނެވެ. އެ ދެ ޤައުމުގެ ދެ ލަޝްކަރުގެ ދެމެދުގައި ގުޅިގެން ބޭއްވޭ ތަމްރީނުތައް އައީ އިތުރުވަމުންނެވެ. މި ހުރިހާ ކަމަކަށް އެ ދެ ޤައުމުގެ މީޑިޔާތަކުން ވަރުގަދަ ސަމާލުކަމެއްދީ ޚަބަރުތަކާއި ކޮމެންޓްތައް ފަތުރަމުން ދިޔައެވެ.ޗައިނާއިން ޤައުމުތަކުގެ މެދުގައި އެއްބާރުލުން އުފެއްދުމަށް ޓަކައި 2001ގައި ޤާއިމުކުރި ޝަންހައި ޖަމްޢިއްޔާ ދަނީ ދުވަހެއް ދުވަހަކަށް ފުޅައުވަމުންނެވެ. މިއާ ޚިލާފަށް ގިނަ ތަނޑިތަކުގެ ދުނިޔެއާ ދެކޮޅުހެއްދެވުމުގައި ޓްރަމްޕް ވަޑައިގަތީ ކުރިއަށެވެ. ކޯވިޑް-19 ފާޅުވުމާއެކު، އެމެރިކާ ދުނޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަކިވިއެވެ. ބައިޑްންގެ އިދާރިއްޔަތުން މި ޖަމްޢިއްޔާއަށް އަލުން ވަންނާން ރޭވި ނަމަވެސް އަދިވެސް ވަނީ އެކަން ނުކުރެވިފައެވެ. ދެހާސް އަށާރައިގައި ރާވައިފާ އޮތް ގުޅިފައިވާ ޝާމިލު ޢަމަލުގެ މަޝްރޫޢު އަދިވެސް އޮތީ މޭޒުމަތީގައެވެ. އެއްވެސް ކުރިއެރުމެއް ނެތެވެ. ތަންފީޒު ކުރެވޭތަނެއް ނުފެނެއެވެ.

ހުޅަނގުން މިހާރު ކަނޑަމުން އެ ދަނީ މާޒީގައި ހެއްދި ގޮވާން

ވައިޓް ވިދާޅުވި ގޮތުގައި މިހާރު އުފެދިފައިވާ އަރާރުމުގެ ޒިންމާ ނަގަން ޖެހޭނީ ހަމަ ހުޅަނގަށެވެ. ވްލެޑްމީރު ޕޫޓިން ކްރެމްލިނަށް ވަޑައިގެން ހުޅަނގާއެކު ގުޅިގެން މަސައްކަތްކުރައްވާން ގަސްތުކުރައްވާކަން އިޢުލާން ކުރެއްވިއެވެ. ރަޝިޔާ ނޭޓޯގައި ބައިވެރިވުމާ ބެހޭގޮތުން އޭރުގެ ރައީސް ބިލް ކްލިންޓަނާއެކު މަޝްވަރާ ވެސް ކުރެއްވިއެވެ. އެއީ 2000ވަނަ އަހަރުއެވެ. އޭގެ ހަތް އަހަރު ފަހުން ޕޫޓިނަށް ފިނިހަނގުރާމަ ނާކާމިޔާބުވެފައިވާކަން އެނގިވަޑައިގަތެވެ. އަދި އެ ހަނގުރާމައިގެ ހުރިހާ ޣަނީމާތަކެއް ލިބުނީ ހުޅަނގަށް އެނގިވަޑައިގެންނެވިއެވެ.

ދެހާސް ހަތް ވަނަ އަހަރު ބޭއްވުނު އަމްނާބެހޭ މިޔުނިޚް މަހާސިންތާގައި ރޫސީ ރައީސް ޕޫޓިން ހުރިހާ ބާރުތަކެއް ވަކި ޤައުމުކަށް ދިނުމުގެ ހިރާސާމެދު ދުނިޔެ ސަމާލުކަމަށް ގެންނެވިއެވެ. އެ ޤައުމުން ބައިނަލްއަޤްވާމީ ޤާނޫނަށް ފައިން އަރައި، އދގެ ޗާޓަރުގައި ބުނެފައިވާ ޤައުމީ ސިޔާދަތު ނޭނގޭ ކަމަށް ހަދައި، މުޅި ދުނިޔެއަށް އަތްގަދަކުރުމަށް މަސައްކަތްކުރުމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ފެންނަނީ ބައިނަލްއަޤްވާމީ އަސާސީ އުޞޫލުތަކަށް ބޭއިޙްތިރާމު ކުރެވެމުންދާ ތަނެވެ. މިނިވަން ޤާނޫނީ މީޔާރުތައް އެންމެ ޤައުމެއްގެ ޤާނޫނުތަކާ އެއްގޮތަށް ބައްޓަން ކުރެވޭ ތަނެވެ. އަޅުގަނޑު މި ދަންނަވަނީ އެމެރިކާގެ ވާހަކައެވެ. އެ ޤައުމު މިއަދު ވަނީ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އެ ޤައުމުގެ ސަރަޙައްދު ފަހަނަޅައިގޮސްފައެވެ."

އިނގިރޭސި ވިލާތުގެ ލިޔުންތެރިޔާ ވިދާޅުވި ފަދައިން ޔުކްރޭނުގައި މިއަދު ހިނގަމުންދާ ކަންތައްތަކަކީ ހުޅަނގުން ރައީސް ޕޫޓީންގެ ޝަކްވާތަކަށް ބީރު ކަންފަތެއް ދިނުމުގެ ނަތީޖާއެވެ.

ދުނިޔެ މުޅީން ބަދަލުވެއްޖެ

އިނގިރޭސިވިލާތުގެ ކާތބުގެ ލިޔުއްވުމުގެ ޚުލާޞާއަކީ ދުނިޔެ މިއަދު ހަމަ އެކަށް ބަދަލުވެއްޖެއެވެ. މިއަދު ދުނިޔެ އުޅެމުން މި ދަނީ ބައު ނިޒާމު ގުރުޑުވެ ވެއްޓެމުންދިޔުމާ އައު ނިޒާމު އުފަންވެ ދެފައިމައްޗަށް ތެދުވުމާ ދެމެދުގައިވާ އިންތިޤާލީ މަރްޙަލާގައެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ދުނިޔޭގައި ބޮޑުހުޅެއް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އޮތް ފިޔަވައްސެކެވެ.

ރޫސީ ރައީސް ޕޫޓިން ޕީޓަރސްބަރގް އަހަރީ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ވާހަކަފުޅުތަކަށް އިނގިރޭސި ލިޔުންތެރިޔާ ތާއީދު ކުރެއްވި ކަހަލަ އެވެ. މި މަހާސިންތާގައި ރޫސީ ރައީސް ވިދާޅުވި ގޮތުގައި ފިނި ހަނގުރާމަ ނިމުމާ ވިދިގެން ދުނިޔެއަށް އަތްގަދަކުރި އެމެރިކާގެ ބާރުނިމުމަކަށް އަތުވެއްޖެ އެވެ. އޭނާ ވިދާޅުވިގޮތުގައި ދުނިޔެއަށް ވެރިކޮށްފައި އޮތް އެމެރިކާގެ ސިޔާދަތު މަރުވެއްޖެއެވެ. އެމީހުން މި ސިޔާދަތު ދިރުވޭތޯ މަސައްކަތް ކުރެއެވެ. ޕޫޓިން ވިދާޅުވި ގޮތުގައި ހުޅަނގުގެ "ބޮޑުން" އަދިވެސް ބަގުޑިބައްދަމުންދަނީ މާޒީގެ "ބިލާހެއް"ގައެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ދުނިޔެއަށް ހަމަޖެހުން ގެނެސްދޭނޭ ބަހާއަކީ ހުޅަނގުގެ އިޤްތިޞާދީ އަތްގަދަކުރުމެވެ. މިއީ އަވާމެންދުރެކެވެ.

ޕީޓަރސްބަރގް އިޤްތިޞާދީ މަހާ ސިންތާގައި ޕޫޓިން ވިދާޅުވިއެވެ. "ދުނިޔޭގައި ތަފާތު  ތަނޑިތައް އޮންނާން ޖެހޭނެއެވެ. މި ޙަޤީޤަތާ ކުރިމަތިލުމުގައި ފިލޭކަށް ނެތެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *