Support Us

ހަނގުރާމަ ނިންމަން ރަޝިޔާއާއެކު ވާހަކަ ދައްކަން މެކްރޯން ގޮވައިލައްވައިފި

ރަޝިޔާއާއި ޔުކްރޭނާ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ޓަކައި ޔުކްރޭނުން ރަޝިޔާއާއެކު ވާހަކަދެއްކުންތައް ފެށުމަށް ފަރަންސޭސި ރައީސް މެކްރޯން ގޮވައިލައްވައިފިއެވެ.

ރައީސް މެކަރޯން ރޯމޭނިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ވިދާޅުވިއެވެ. "ޔުކްރޭންގެ ރައީސާއި މަސްއޫލުވެރީން ރަޝިޔާއާއެކު ވާހަކަފުޅު ދައްކަވަން އެބަ ޖެހެއެވެ. ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނީ މަތީ ފެންވަރުގައި ވާހަކަދެއްކުންތައް ބާއްވައިގެންނެވެ."

މެކަރޯން ރޯމޭނިޔާއަށް ވަޑައިގެންނެވީ އިއްޔެއެވެ. މި ދަތުރުފުޅުގައި ނޭޓޯގެ ދެކުނު ފިޔައިގެ ޤައުމުތަކަށް ޒިޔާރަތް ކުރައްވާނެއެވެ. އޭގެ ތެރޭގައި މޯލްޑާވާ ވެސް ހިމެނެއެވެ. މާދަމާ ރައީސް މެކަރޯނާއި ޖަރްމަނުގެ މުސްތަޝާރު އޮލާފް ޝުލްޓްސާއި އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރާޖީ ޔުކްރޭނަށް ވަޑައިގަންނަވާނެއެވެ.

ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ފެބްރުވަރީގައި ހަނގުރާމަ ފެށިފަހުން ރައީސް މެކަރޯން ގެންދަވަނީ ރޫސީ ރައީސް ޕޫޓިނާ ފޯނުން ގުޅުއްވާ ހަނގުރާމަޔާ ބެހޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ. މިކަމާހެދި އިރުމަތީ ޔޫރަޕްގެ ޤައުމުތަކާއި ބޯލްޓިކް ޤައުމުތަކުން ދަނީ މެކަރޯނާ ދެކޮޅަށް ފާޑު ކިޔަމުންނެވެ. މި ޤައުމުތައް ތުހްމަތު ކުރާގޮތުގައި ރައީސް މެކަރޯންގެ ސިޔާސަތުގެ ސަބަބުން އެ ޤައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅަން ބޭނުންވާ ފިޔަވަޅުތައް އެޅުމަށް ދަނީ ދަތިވަމުންނެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓުވޭތޯ މެކަރޯން ދަނީ ރައީސް ޕޫޓިނާ ދޭތެރެދޭތެރެއިން ގުޅުއްވަމުންނެވެ. ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ ޔުކްރޭނުން ނޭޓޯގެ މެންބަރަކަށް ވާން މަސައްކަތް ކުރާތީއެވެ. ރަޝިޔާ ބުނާގޮތުގައި ޔުކްރޭން ނޭޓޯއަށް ވައްދައިގެން ނުވާނެއެވެ. ރަޝިޔާ ބުނާގޮތުގައި ޔުކްރޭން އޮންނަން ޖެހޭނީ ވަކި ފަރާތަކަށް ނުޖެހިއެވެ. އަދި ޔުކްރޭން އަތުގައި ރަޝިޔާގެ އަމްނަށް ބިރުދެއްކޭވަރުގެ އެއްވެސް ހަތިޔާރެއް ހުރެގެން ނުވާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *