Support Us

ޗައިނާގެ ދިފާޢީ ވަޒީރު ވެންގީ ވީ

ތައިވާން މިނިވަން ދައުލަތަކަށް ވިޔަނުދިނުމަށް އެންމެ ފަހު މީހާއަށް ދާންދެން ޗައިނާ ހަނގުރާމަކުރާނެ

ތައިވާން މިނިވަން ދައުލަތަކަށް ވިޔަނުދިނުމަށް ޓަކައި ޗައިނާއިން އެންމެ ފަހު މީހާއަށް ދާންދެން ހަނގުރާމަކުރާނެ ކަމަށް ޗައިނާ ދިފާޢީ ވަޒީރު މިއަދު އިޢުލާން ކުރައްވައިފިއެވެ.

ތައިވާނުގެ މަސްއަލައިގައި އެމެރިކާއާއި ޗައިނާއާ ދެމެދުގައި އަރާރުންތައް ހިނގަމުން ހޫނުވަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޗައިނާ ދެކޭ ގޮތުގައި ތައިވާނަކީ ޗައިނާގެ ބިމުގެ ބައެކެވެ.

ސިންގަޕޫރުގައި ބާއްވަމުންދާ ސަލާމަތީ ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ދިފާޢީ ވަޒީރު ވެންގީ ވީ ވިދާޅުވި ގޮތުގައި "ކޮންމެ އަގެއް ދައްކަން ޖެހުނަސް އަހުރެމެން ނިމެންދެން ހަނގުރާމަ ކުރާނަމެވެ. ޗައިނާއަށް ލިބގެންވާ ހަމައެކަނި ޚިޔާރަކީ މިއެވެ." އޭނާ ވިދާޅުވިއެވެ. "ޗައިނާ ބައިބައިކުރުމަށް ޓަކައި ތައިވާން މިނިވަން ޤައުމަކަށް ހަދާން މަސައްކަތް ކުރާ މީހުންނަށް ރަނގަޅު ނިމުމަކާ ހަމައަކަށް ނުދެވޭނެއެވެ."

ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ޗައިނާގެ ވަޒީރު ވިދާޅުވިއެވެ. "ޗައިނާގެ ޢަސްކަރީ ބާރުގެ ޢަޒްމުގެ އަގު ކުޑަކޮށްލައިގެން ނުވާނެއެވެ. އެ ބާރު ޢަޒްމު ކަނޑައަޅައިގެން އޮތީ ޗައިނާގެ ބިން ޙިމާޔަތް ކުރުމަށެވެ."

ޗައިނާގެ ނަން ހުތުރުކުރުމަށް މަސައްކަތް ނުކުރުމަށް ޗައިނާގެ ވަޒީރު ވީ ވޮޝިންގްޓަނަށް ގޮވައިލެއްވިއެވެ. ޗައިނާގެ ދާޚިލީ މަސްއަލަތަކާ ނުބެހުމަށާއި ޗައިނާގެ މަޞްލަޙަތަށް ގެއްލުން ދިނުމަށް މަސައްކަތް ނުކުރުމަށް ވެސް އޭނާ ވޮޝިންގްޓަނަށް ގޮވައިލެއްވިއެވެ. އެހެނަސް ޗައިނާގެ ވަޒީރު ވިދާޅުވިގޮތުގައި ޗައިނާ އާއި އެމެރިކާ ގުޅުން ހަމަޖެހުމަކަށް ހަދަން އެބަޖެހެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ގުޅުމަކީ "ބައިނަލްއަޤްވާމީ ޞުލްޙަމަސަލަސްކަމަށް ވަރަށް ޙަޔަވީ ގުޅުމެކެވެ."

ޗައިނާގެ ވަޒީރު މި ގޮތަށް ވާހަކަފުޅު ދެއްކެވީ އެމެރިކާގެ ދިފާޢީ ވަޒީރު ލުވިޑް އޮސްޓިން ތައިވާން ކައިރީގައި ޗައިނާއިން ޢަސްކަރީ ޙަރަކާތްތައް ހިންގައި އެ ސަރަޙައްދު ނުތަނަވަސްކުރާން މަސައްކަތްކުރާ ކަމަށް ހޮނިހިރު ދުވަހު ތުހްމަތު ކުރެއްވުމުންނެވެ.

ޗައިނާގެ ވަޒީރު ވީ އިންޒާރު ކުރެއްވި ގޮތުގައި ތައިވާނުން މިނިވަންކަން އިޢުލާންކޮށްފިނަމަ ހަނގުރާމައިގެ ހުޅުގަނޑު ރޯކުރަން ޗައިނާ އޮތީ ތައްޔާރަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *