ގއ. ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އަތުލައިފައިވާ 155 ފުޅި ބަނގުރާ އާއި 42 ދަޅު ބިޔަރު ވިލިނގިލީ ޕޮލިސް ސްޓޭޝަނުން އިއްޔެ ނައްތާލައިފިއެވެ.
ފުލުހުން ބުނީ މި ތަކެއްޗަކީ މި އަހަރުގެ މެއި 8 އިން މި ޖޫން މަހުގެ 6 އާ ދެމެދު ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.
މިތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
- ވިދާޅުވުމަށް: ފުލުހުން އަތުލާ ބަނގުރާތައް ނައްތާލާތީ ކުރާ ސުވާލެއް