ޢަމަލީ ގޮތުން ކޮވިޑް- 19 ކޮންޓްރޯލް ކުރެވުމުން ޕެސިފިކްގެ ޖަޒީރާ ޤައުމުތަކަށް ވައިގެ ދަތުރުތައް ފެށުމަށް ޗައިނާއިން ހިތްވަރުދީ ވާގިވެރިވާނެ ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވެއްޖެއެވެ.
ފިޖީގެ ވެރިރަށް ސޯވާގައި އިއްޔެ ނިމުނު ޕެސިފިކްގެ ޖަޒީރާ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ޗައިނާގެ ޚާރިޖީ ވަޒީރުގެ ދެވަނަ ބައްދަލުވުން ނިމުމުން ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި ކޮވިޑް–19 ކޮންޓްރޯލް ކުރުމަށް އެ ޤައުމުތަކަށް ބޭނުންވާ އެހީ ޗައިނާއިން ދޭނެއެވެ. މި ބަލި ކޮންޓްރޯލް ކުރުމަށް ޓަކައި ޗައިނާއާއި މި ޤައުމުތައް ގުޅިގެން އުފައްދައިފައިވާ ފަންޑަށް ޗައިނާއިން އިތުރު ފައިސާ ދޭނެއެވެ.
ޗައިނާގެ ވަޒީރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޗައިނާ މި ޤައުމުތަކަށް ބޭސްފަރުވާ ކޮށްދިނުމަށް ޓަކައި 200 ފަރުވާ ޓީމު ފޮނުވާނެއެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވިއެވެ. "ޕެސިފިކު ޖަޒީރާ ޤައުމުތަކަށް ޗައިނާއިން 2020ން ފެށިގެން 2025އާ ދެމެދުގައި 2500 ސްކޮލަރޝިޕާއި އިންސާނީ މުއްސަނދިކަން އިތުރު ކުރުމަށް ބޭނުންވާ ތަމްރީނު ދިނުމަށް 3000 ފުރްޞަތު ތަނަވަސްކޮށް ދޭނެއެވެ."
ޕެސިފިކް– ޗައިނާ ޚާރިޖީ ވަޒީރުންގެ ދެވަނަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފިޖީގެ ޚާރިޖީ ވަޒީރާއި ޗައިނާގެ ޚާރިޖީ ވަޒީރެވެ.

އެއްބާރުން ޤާއިމުވެފައިވަނީ އުންމީދީ ކުރިމަގަކަށް ޓަކައި
މި ބައްދަލުވުން ނިމުމުން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވިގޮތުގައި ޗައިނާއާ ޕެސިފިކްގެ ޖަޒީރާ ޤައުމުތަކާ ދެމެދުގައި ޤާއިމު ކުރެވިފައިވާ އެއްބާރުލުމަކީ ދިރުންތެރިކަމުން ފުރިގެންވާ ޒަމާނާ އެއްގޮތަށް ކުރިއަށްދާ އުންމީދީ ކުރިމަގަކަށް ޓަކައި ޤާއިމުކުރެވިފައިވާ އެއްބާރުލުމެކެވެ.
ޗައިނާގެ ވަޒީރު ވިދާޅުވި ގޮތުގައި މިއަދު ދުނިޔެ ދެކެމުންދާ ގޮންޖެހުންތަކަކީ އަދި ދުނިޔެއަށް އަންނަމުންދާ އަވަސް ބަދަލުތަކަކީ މީގެކުރީން ދެކެފައިނުވާ ގޮންޖެހުންތަކަކާއި ބަދަލުވުންތަކެކެވެ. މިކަމުގައި ޗައިނާއިން ޙިއްސާވާނީ ގުޅިފައިވާ ލަނޑުދަޑިއަކަށް ޓަކައި އިންސާނީ މުޖްތަމަޢު ބިނާކުރުމަށެވެ. އޭނާ ވިދާޅުވިގޮތުގައި ދުނިޔެއަށް ހަމަޖެހުން ގެނެސްދިނުމަށް ޓަކައި އެހެން ޤައުމުތަކާއެކު ޗައިނާއިން އެއްބާރުލަމަށް ޗައިނާ އޮތީ ތައްޔާރަށެވެ.
ޗައިނާގެ ވަޒީރު ވާންގް ޔީ ވިދާޅުވިގޮތގައި ޗައިނާ– ޕެސިފިކް ފުރަތަމަ ބައްދަލުވުމުގައި އެއްބަސްވެފައިވާ ކަންތައްތަކުގެތެރެއިން 10 ޕްރޮގްރާމެއް ވާނީ ނަތީޖާއަކާ ހަމައަށް ގެންގޮސްދީފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕެސިކް ޖަޒީރާތަކުގެ ޤައުމުތަކުން ކަންބޮޑުވާ މަސްއަލަތަކަކީ އެ ޤައުމުތަކުގެ ސިޔާދަތާއި އަމްނާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ދެމެހެއްޓެވެނިވި ތަރައްޤީއާއި އެ ޤައުމުތަކުގެ ކަނޑުގެ މަޞްލަޙަތުތަކާއި ޙައްޤުތަކެވެ. މި ކަންކަމުގައި ޗައިނާ އޮތީ މި ޤައުމުތަކާއެކު ވަރަށް ސާބިތުކަންމަތީގައި ކަމަށް ޗައިނާ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވިއެވެ.
ޗައިނާ– ޕެސިފިކް ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ފިޖީއާއި ކިރިބާތާއި ސަމޯވާއާއި ޕެޕުއާ ނިވްގިނީއާއި ވަނުއާޓޫ އާއި މައިކްރޯނީޝިޔާއާއި ސޮލޮމަން ޖަޒީރާތަކުގެ ޚާރިޖީވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.



advertisment