އެމްއެމްއޭ ކުރިމަތީ އޮތް ޕިކަޕަކާއި އެ ދިމާ ފަޅުތެރޭގައި އޮތް ލޯންޗެއް ބަލައި ފާސްކޮށް، 441 ދަޅު ބިޔަރާއި 12 ފުޅި ބަނގުރަލާ އެކު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރާއި 30 އަހަރާ ދެމެދުގެ ހަތަރު މީހުން ކަމަށެވެ.
ބިޔަރާއި ރާފުޅިތައް ލޯންޗުގައި މާލެ ގެނައީ ކޮން ތަނަކުން ކަމެއް ފުލުހުން ނުބުނެއެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.