Support Us

ރަތްކުލައިގެ ފޮށި ކައިރީގައި ބިޔަރު ދަޅުތައް އަތުރާފައި... -އަދިވެސް ފޮޓޯ: އިމްތިޔާޒު

އަންނައުނު އަޅާ ފޮއްޓަކަށް ލައިގެން ލޯންޗެއްގައި މާލެ ގެނައި ބިޔަރު ދަޅުތަކެއް ޖެޓީމަތިން ފުލުހުން އަތުލައިގެންފި

16:10

އަންނައުނު އަޅާ ފޮއްޓަކަށް ލައިގެން ލޯންޗެއްގައި މާލެ ގެނައި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް މާލޭ ޖެޓީމަތިން ފުލުހުން އަތުލައިގެންފިއެވެ.

މަންޒުރު ދުށް "އަދިވެސް"ގެ ނޫސްވެރިއަކު ދެންމެ ބުނިގޮތުގައި އެމް.އެމް.އޭ ކައިރިޔަށް ލެފި އެ ލޯންޗުން ބޭލި ރަތް ކުލައިގެ ފޮއްޓެއްގައި ހުރި ބިޔަރު ދަޅުތައް ހުރީ ކޮންމެވެސް ވަރަކަށް ފަޅައިގެން ގޮސްފައެވެ. އެހެންވެ މުޅި ހިސާބުން ބިޔަރު ވަސް ދުވައެވެ. އެތަނުގައި ދުއިސައްތައެއްހާ ދަޅު ހުންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަދިވެސް" އަށް ލިބިފައިވާ ފޮޓޯޓަކުގައި، ޖެޓީމަތީގައި ހުރި ރަތް ކުލައިގެ ފޮށި ކައިރީގައި ބިޔަރުދަޅުތައް ހުރީ އަތުރައިފައެވެ. އެތާ ކައިރީގައި އެ ލޯންޗުވެސް އޮތެވެ. އެ ލޯންޗަކީ ކ. މާފުށީގެ ރަޖިސްޓްރީކޮށްފައި އޮންނަ ލޯންޗެއް ކަމަށް ވެއެވެ. ނަމަވެސް އެ ބިޔަރު ދަޅުތައް ގެނައީ ކޮން ތަނަކުން ކަމެއް ނޭނގެއެވެ.

މުޅި ސަރަހައްދު ވަނީ ފުލުހުންގެ ޓޭޕް ދަމައި ބަންދުކޮށްފައެވެ.

މި ހާދިސާގެ ތަފްސީލް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *