Support Us

ފަލަސްޠީނު މީހުނަށް ކަރުނަގޭހާއި ރަބަރު ވަޒަނުން ޙަމަލާދެމުން ޔަހޫދީން އަޤްޞާ މިސްކިތަށް ވަދެގެންފި

ހައްދުފަހަނަޅައިފައިވާ ޔަހޫދީން ކުރީން ރާވައިފައިވާ ގޮތަށް ޤުދްސުގެ ޤަދީމީ ސަހަރުގެ ބާބުލްޢާމޫދު ދޮރޯށީން އެމީހުންގެ ދިދަ ހިނގައިލުން ކުރިއަށް ގެންދާން ފަށައިފިއެވެ. އެމީހުންނާ ދެކޮޅަށް ފަލަސްޠީނު މީހުން ބޭއްވި މުޒާހަރާ ރޫޅައިލުމަށް ޓަކައި އިސްރާއީލު ފުލުހުން ކަރުނަގޭހާއި ރަބަރު ވަޒަނާއި އަޑުބޮން ބޭނުންކުރިއެވެ.

ޚަބަރުފަތުރާ ނޫސް އޭޖެންސީތައް ބުނާގޮތުގައި ދިދަ ހިނގައިލުމުގައި ހައްދުފަހަނަޅައިފައިވާ އެތައް ހާސް ޔަހޫދީންނެއް ބައިވެރިވިއެވެ. މި ދިދަ ހިނގައިލުމުގައި ބައިވެރިވި ޔަހޫދީން ކީރިތި ރަސޫލާއަށް ހަޖޫ ޖަހައި އިސްލާންދީނާ އިދިކޮޅު ޝިޢާރުތައް ފާޅުކުރިއެވެ.

އިސްރާއީލުގެ ފުލުހުން ޤުދްސުގެ ޞަލާޙުއްދީން މަގުމަތީގައި މުޒާހަރާ ކުރަމުން ދިޔަ ފަލަސްޠީނު މީހުންގެ ސަފުތައް ރޫޅައިލުމަށް ޓަކައި ރަބަރު ވަޒަނާއި އަޑުބޮން ބޭނުންކުރިއެވެ. ފަލަސްޠީނު މީހުން ޔަހޫދީ ދިދައަށް ގޮންޖަހައި ފަލަސްޠީނުގެ ދިދަ ޑްރޯނަކުން ބާބުލްޢާމޫދު ދޮރޯށި މަތީގައި ވިހުރުވައިލިއެވެ.

ފަލަސްޠީނުގެ ނޫސް އޭޖެންސީތައް ބުނާގޮތުގައި އިސްރާއިލު ސިފައިންނާއި ސަލާމަތީ ބާރުތައް ޤުދްސުގެ އަލްމަޤާޞިދުލް އިސްލާމިއްޔާ ހަސްފަތާލަށް ވަދެ އެތާނގައި ނަގައިފައި ހުރި ފަލަސްޠީނު ދިދަ ބާލައި އެއްލައިލިއެވެ.

ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާ ބުނާގޮތުގައި އިސްރާއިލު ފުލުހުން ފަލަސްޠީނު މީހުންނަށް ދިން ޙަމަލާތަކުގެ ސަބަބުން 15 މީހަކު ޒަޚަމުވިއެވެ.

ޔަހޫދީން ބޭއްވި ދިދަ ހިނގައިލުން ފެށުމުގެ ކުރީން ޙައްދުފަހަނަޅައިފައިވާ ޔަހޫދީންގެ އެތައް ބަޔަކު އިސްރާއީލު ފުލުހުންގެ ޙިމާޔަތާއެކު އަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަނެވެ. ޤުދްސުގެ އިސްލާމީ އައުޤާފާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި 1687 ޔަހޫދީއަކު އަޤްޞާ މިސްކިތަށް ވަނެވެ. އެމީހުން އަޤްޞާ މިސްކިތުގެ ތެރޭގައި ތަލްމޫދީ ނަމާދުތައް ޤާއިމުކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *