އިސްރާއީލު ހިފާފައިވާ ޤުދުސް ސަހަރުގައި މިއަދު ބާއްވަން ހަމަޖެހިފައިވާ އިސްރާއީލު ދިދައިގެ ހިނގައިލުން ފެށުމުގެ ދެތިން ހަތަރު ގަޑިއިރު ކުރިން، ޙައްދުފަހަނަޅައިފައިވާ ޔަހޫދީންގެ ބަޔަކު އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑައި އެ ޙަރަންފުޅުގެ ގޯތިތެރެއަށް ވަދެގަންފިއެވެ. މި މީހުންނާއެކު އިސްރާއީލުގެ ބަރްލަމާނު ކަނީސަތުގެ ކަނާތު ފިޔައިގެ ޙައްދުފަހަނަޅައިފައިވާ މެންބަރެއް ކަމުގައިވާ އީތުމާރު ބިން ޣަފީރު ވެސް މި މިސްކިތުގެ ގޯތިތެރެއަށް ވަނެވެ.
އަނާޟޫލް ނޫސް އޭޖެންސީ ބުނާގޮތުގައި އެމީހުން ވަނުމުގެ ކުރީން އިސްރާއީލު ސިފައިން މި މިސްކިތުގެ ގޯތިތެރެއަށް ވަނެވެ. އެއީ ޙައްދުފަހަނަޅައިފައިވާ ޔަހޫދީންނަށް އަޤްޞާ މިސްކިތަށް ވަނުމަށް ބޭނުންވާ ޙިމާޔަތާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަށެވެ. އިސްރާއީލު ފުލުހުން އަޤްޞާ މިސްކިތަށް ވަނީ އެ މިސްކިތުގެ ހުޅަނގު ފަރާތުން ބާބުލް މަޣާރިބާ ދޮރުކޮޅުންނެވެ.
އިސްރާއީލު ފުލުހުން ވަދެ މި މިސްކިތުގައި އަޅުކަން ކުރާން ތިބި ފަލަސްޠީނު މީހުންނަށް ބޭރަށް ނުނުކުމެވޭ ގޮތަށް މި މިސްކިތުގެ ދޮރުކޮޅުތައް ހިލިހިލާއިން ބަންދުކުރިއެވެ.
ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތަކުން ވަނީ ފަލަސްޠީނު މީހުންނަށް ޔަހޫދީންގެ ދިދަ ހިނގައިލުމަށް ހުރަސްއެޅުމަށް ޓަކައި ތެދުވުމަށް ގޮވައިލައިފައެވެ. މި ދިޔަ އަހަރު ބޭއްވި ދިދަ ހިނގައިލުމުގެ ސަބަބުން ހިނގި ކުރިމަތިލުންތަކުގައި ފަލަސްޠީނުގެ އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމުވެފައި ވެއެވެ. މިއަދު ހިނގައިލުން ފަށަން ހަމަޖެހިފައިވަނީ ޤާދީމީ ޤުދުސުގެ ބާބުލް ޢާމޫދު ސަރަޙައްދުންނެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓްގެ އޮފީހުން މި ދިޔަ ހުކުރު ދުވަހު ވަނީ ދިދަ ހިނގައިލުން ބޭއްވުމުގެ ހުއްދަ ޔަހޫދީންނަށް ދީފައެވެ. ޔަހޫދީން މި ހިނގައިލުން ބޭއްވުމަށް ކަނޑައަޅައިފައިވާ ގޮތަށް މި ހިނގައިލުން ބޭއްވުމަށް އިސްރާއީލު ސަރުކާރު އެއްބަސްވާކަން ވަނީ އިޢުލާންކޮށްފައެވެ.
މި ހިނގައިލުމަކީ އިސްރާއީލުން އިރުމަތީ ޤުދުސް ހިފިހިފުމަށް އަހަރުފުރޢ ޒިކުރާ ފާހަގަ ކުރުމަށް ކޮންމެ އަހަރަކު ޔަހޫދީ ވަޒަންވެރީން ބާއްވާ ޖެއްސުންކުރުމުގެ އިޙްތިފާލެކެވެ. މި ހިނގައިލުމުގެ ތެރޭގައި އިސްރާއީލު ދިދަ އުފުލައިގެން ޢަރަބީންނަށް ޖެއްސުންކުރުމުގެ ޢިބާރާތްތަކުން އަޑު އުފުލައެވެ.
ޙަމާސުން އިންޒާރު ކުރޭ
ޔަހޫދީން ބާއްވަން މި އުޅޭ ދިދަ ހިނގައިލުން ނުބޭއްވުމަށް ޙަމާސް ޖަމާޢަތުގެ ޒަޢީމު އިސްމާޢީލު ހަނިއްޔާ ވަނީ ވަރުގަދަ އިންޒާރެއް ދެއްވައިފައެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ އަޤްޞާ މިސްކިތް ނަޖިސްކޮށް ނުތާހިރު ކުރުމަށް ޔަހޫދީން ހިންގާ ޖަރީމާއެކެވެ.އޭނާ ވިދާޅުވިގޮތުގައި ޙައްދުފަހަނަޅައިފައިވާ މި ޙަރަކާތަށް ރައްދު ދިނުމަށް ޓަކައި ތިން ޚިޔާރެއް ލިބިގެން ވެއެވެ. އެއީ "އުންމަތާއި ރައްޔިތުންނާއި ޖިހާދީ ބާރުތަކެވެ." އޭނާ ވިދާޅުވި ގޮތުގައި "ފަލަސްޠީނީން ތިބީ މި ތިން ސީނާރިއޯއަށް ވެސް ތައްޔާރުވެގެންނެވެ." އޭނާ ވިދާޅުވިއެވެ. "ހަނގުރާމައިގެ އިސްވާރުންނަކީ ޤުދުސުގެ ރައްޔިތުންނެވެ."



advertisment
One Response
ޙައްދުފަހަނަޅައިފައިވާ ޔަހޫދީންގެ ބަޔެކޭ ބުނީމާ ވަރަށް އޮޑު ގޮތެއް ހުރޭ. ސަބަބަކީ "ހައްދުފަހަނައެޅި މުސްލިމުން" މި ގޮތް ގިނަ މީހުން ބޭނުންކުރާތި.
އެހެންވީމާ ޙައްދުފަހަނަޅައިފައިވާ މުސްލިމުންގެ ހިސޯރުކޮށްގެން އުޅޭކަމަށް ބުނާ ބިނާތެރެއަށް ޙައްދުފަހަނަޅައިފައިވާ ޔަހޫދީންގެ ބަޔަކު ވަނީއޭ ބުނީމަ ރަނގަޅުވާނެ