އުތުރު ކޮރެޔާއިން އެންމެ ފަހުން ތަޖްރިބާކުރި މިސައިލާމެދު އެމެރިކާގެ ޖާސޫސީ އިދާރާއިން ކަންބޮޑުވާ ކަމަށާއި އެ އިދާރާއިން މިހާރު ދަނީ މި މިސައިލްގެ ރާސްތާ ދިރާސާކުރަމުން ކަމަށް އެމެރިކާގެ ދެ މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.
އުތުރު ކޮރެޔާއިން އެންމެ ފަހުން ތަޖްރިބާކުރި ތިން މިސައިލްގެ ތެރެއިން އެއް މިސައިލްގެ ސިފަތަކަކީ ސީއައިއޭ އަށް ލަފާކުރެވިފައިވާ ސިފަތަކެއް ނޫން ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވިއެވެ.
މިއަދު ސީއެންއެން ބުނިގޮތުގައި އުތުރު ކޮރެޔާއިން މި މަހު 25ވަނަ ދުވަހު ތަޖްރިބާކުރި ތިން މިސައިލްގެ ތެރެއިން އެކަތި ދަތުރުކޮށްފައި ވަނީ އާދަޔާޚިލާފު ރާސްތާއެއްގައެވެ.
ސީއެންއެނުން ނަން ހާމަ ނުކުރާ އެމެރިކާގެ ދެ މަސްއޫލުވެރިއަކު ވިދާޅުވީ މި މިސައިލްގެ ޖައްވީ ރާސްތާ ސިފަކުރެވޭނީ އެއީ "ޑަބަލް ބުރަކެޓެއް" ކަމަށެވެ. އެ މިސައިލް މައްޗަށް އަރައިފާ ދެ ފަހަރު ތިރިއަށް އައެވެ.
ސީއެންއެން އިޝަރާތް ކުރާގޮތުގައި މި އިން ލަފާކުރެވެނީ އެއީ ދުނިޔޭގެ ޖައްވީ މަޖާލުގެ ތެރެއަށް އަލުން ވަނުމުގެ ބާރުލިބިފައިވާ މިސައިލެއް ކަމަށެވެ. މި ގޮތަށް ވަނުމަށްފަހު އޭގެ އަމާޒަށް އަލުން ދަތުރުކުރާނެއެވެ.
ޑަބަލް ބުރަކެޓުގެ ދެވަނަ މަރްޙަލާގައި އެއިން ވަކިވި އުޅަނދެއް އަނބުރާ މި ރޮކެޓްގެ ތެރެއަށް ވަދެފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. އެމެރިކާގެ ދެ މަސްއޫލުވެރީންގެ ތެރެއިން އެއް ބޭފުޅަކު ވިދާޅުވިގޮތުގައި "އެމެރިކާއިން ދަނީ މި ތަޖްރިބާތައް ދިރާސާ ކުރަމުންނެވެ. އެމެރިކާއަށް އަދި އެ ތަޖްރިބާތައް ބަލައި ވަޒަނެއް ނުކުރެވެއެވެ."
އުތުރު ކޮރެޔާގެ މި ތަޖްރިބާތައް ކުށްވެރި ކުރައްވާ އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަނާއި ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރު ޕާރކް ޖެނާއި ޖަޕާނުގެ ޚާރިޖީ ވަޒީރު ޔޮޝިމާސާ ހަޔާޝާ އިއްޔެ ގުޅިފައިވާ ބަޔާނެއް ނެރުއްވިއެވެ. އުތުރު ކޮރެޔާއިން މި ތަޖްރިބާތައް މި ކުރީ އެމެރިކާގެ ރައީސް ބައިޑްން ދެކުނު ކޮރެޔާއަށާއި ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ވިދިގެންނެވެ.
އުތުރު ކޮރެޔާއިން ތަކްރިބާޖާ ކުރި މިސައިލްތަކުގެ ތެރެއިން އާދަޔާޚިލާފު ރާސްތާއެއްގައި ދަތުރު ކުރީ ކޮން މިސައިލެއްކަން އެމެރިކާއަށް ވަނީ އަދި ދެނެނުގަނެވިފައެވެ. ޖަޕާނުން ބުނާގޮތުގައި އޭގެތެރެއިން އެއް މިސައިލް އުދުހިފައިވަނީ އާދަޔާ ޚިލާފު ގޮތަކަށެވެ.
ދެކުނު ކޮރެޔާއިން ބުނާގޮތުގައި އުތުރު ކޮރެޔާއިން ތަޖްރިބާކުރި އެއް މިސައިލަކީ ބޮލިސްޓިކު މިސައިލެކެވެ. އެ މިސައިލް އުދުހިފައިވަނީ 540 ކީލޯމީޓަރު އުހުގައެވެ. މި މިސައިލްގެ ރާސްތާއަކީ 360 ކީލޯމީޓަރެވެ.



advertisment