Support Us

މަކުނުވިދުރި ފެތުރުމުގައި އެމެރިކާގެ އަތެއް ވާކަމަށް ރަޝިޔާ ތުހުމަތުކޮށްފި

މަކުނުވިދުރި ފެތުރުމުގައި އެމެރިކާގެ އަތެއް ވާކަމަށް ތުހުމަތުކޮށް، ނައިޖީރިޔާގައި އެމެރިކާއިން ހުޅުވައިފައި ހުރި ޙަޔަވީ ހަތަރު ލެބޯޓަރީއެއް ބަލައި ފާސްކުރުމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ގޮވައިލައިފިއެވެ.

އެ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނުގައި އެމެރިކާއިން ފައިސާ ދީގެން ނައިޖީރިޔާގައި ހިންގަމުންދާ ލެބޯޓަރީތައް ތަޙްޤީޤުކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް ވަނީ ގޮވައިލައިފައެވެ.

ރޭޑިޔޭޝަނާއި ކީމާވިއްޔާތާއި ޙަޔަވީ ޙަމަލާތަކުން ދިފާޢުވުމާ ބެހޭ ރަޝިޔާގެ ޢަސްކަރީ ބާރުތަކުގެ ވެރިޔާ އީގޯރު ކެރިލޮވް ވިދާޅުވާ ގޮތުގައި، މަކުނުވިދުރިއާ ބެހޭގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ނެރެފައިވާ ބަޔާން ބުނާގޮތުން ހުޅަނގު އެފްރިކާގެ މަކުނުވިދުރިގެ ވައިރަސް އުފެދިފައި ވަނީ ނައިޖީރިޔާގައެވެ. އޭނާ ވިދާޅުވި ގޮތުގައި "އެމެރިކާގެ ޙަޔަވީ ބިނާރުތައް ނައިޖީރިޔާގައި ވަނީ ފަތުރައިފައެވެ."

އެމެރިކާގެ ޙަޔަވީ 4 ލެބޯޓަރީ ނައިޖީރިޔާގައި

އީގޯރު ކެރިލޮވް އާ ޙަވާލީދީ ރަޝިޔާ ޓުޑޭ ބުންޏެވެ. "އަހުރެމެންނަށް އެނގޭގޮތުގައި ނައިޖީރިޔާގައި އެމެރިކާގެ ޙަޔަވީ ހަތަރު ލެބޯޓަރީ އެބަ ހުށްޓެވެ. ރަޝިޔާގެ ޢަސްކަރީ މި މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި މި ބަލި ފެތުރުމުގައި އެމެރިކާގެ އަތެއް ވެއެވެ. އޭނާ ވިދާޅުވިއެވެ. "ހުޅަނގުން އެ ބުނާ ކުއްލިގޮތަކީ ކޮބައިތޯ ބަލަން އެބަޖެހެއެވެ. ކަމާބެހޭ އިޚްޞާއީން މެދުވެރިކޮށްގެން ބަލަން ޖެހޭނެއެވެ."

އޭނާ ވިދާޅުވިއެވެ. "ޙަޔަވީ ސަލާމަތީ ފިޔަވަޅުތަކާއި ޙަޔަވީ އުފެއްދުންތައް ގުދަންކުރުމާބެހޭ ޤަވާޢިދުތަކާ އެމެރިކާއިން ވަނީ އެތައް ފަހަރަކު ޚިލާފުވެފައެވެ.

އޭނާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް ގޮވައިލެއްވީ ނައިޖީރިޔާގެ އަބޫޖާގައި ހުރި ދެ ލެބަކާއި ޒާރިޔާގައި ހުރި ލެބަކާއި ލޭގޮސްގައި ހުރި ލެބެއް ބަލައި ރަނގަޅަށް ފާސްކުރުމަށެވެ. އަދި މި ތަޙްޤީޤުތަކުގެ ނަތީޖާ ދުނިޔެއަށް ހާމަކުރުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުރާސްފަތިދުވަހު ހާމަކުރިގޮތުގައި މަކުނުވިދުރި ޖެހިފައިވާ މީހުންގެ ޢަދަދު 200އަށް އިތުރުވެއްޖެއެވެ. މި ބަލި ވަނީ 20 ޤައުމެއްގައި ފެތުރިފައެވެ.

އެމެރިކާގެ  ރައީސް ޖޯ ބައިޑްން މި ބަލި ފެތުރިގެން ހިނގައިދާނެތީ އެކަމަށް ސަމާލުވުމަށް ވަނީ ވިދާޅުވެފައެވެ. އޭނާ  ވިދާޅުވިއެވެ. "މިއީ އެންމެން ހާސްވެ ކަންބޮޑުވާ ކަމެކެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *