Support Us

ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ނައިބު ރައީސް ޑިމްޓްރީ މެޑްވެޑޭވް

އިޓަލީން ހުށައެޅި ޞުލްޙައިގެ މަޝްރޫޢަށް ރަޝިޔާއިން ޙަމަލާދީފި

އިޓަލީން ހުށައެޅި ޞުލްޙައިގެ މަޝްރޫޢަށް ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ނައިބު ރައީސް ޑިމްޓްރީ މެޑްވެޑޭވް ވަރުގަދަ ޙަމަލާއެއް ދެއްވައިފިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔޫރަޕްގެ "ޞުލްޙަޔާ ބެހޭ މަޝްރޫޢަކީ" ބޭކާރު ޚިޔާލުތަކެކެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާއިން "ޙަޤީޤަތާ ޚިލާފު ޚިޔާލުތަކަށް" އެއްވެސް އިސްކަމެއް ނުދޭނެއެވެ.

މެޑްވެޑޭވް ޓެލެގްރާމުގައި ލިޔުއްވިއެވެ. (ހުޅަނގަކީ "ޞުލްޙައިގެ ރޭވުންތައް" ރޭވުމުގެ ޙައްސާސީ ބަލި ޖެހިފައިވާ ބަޔެކެވެ.) އޭނާ ވިދާޅުވި ގޮތުގައި ޙާލަތު އޮތްގޮތަށް ބަލައިގެން ނޫނީ އެއްވެސް މަސްއަލައެއް ޙައްލެއް ނުކުރެވޭނެއެވެ. ހުޅަނގުގެ ރޭވުމަކީ އޮށްޓަރު ހުރި ވިސްނުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އިޓަލީގެ ޚާރިޖި ވަޒީރު މި މަޝްރޫޢު ހުށައެޅުއްވީ އދގެ އަމީން ޢާންމު ގުޓަރިޝްއަށެވެ. މެޑްވެޑޭވް ވިދާޅުވި ގޮތުގައި "މިއީ ޑިޕްލޮމެޓުން އެކުލަވައިލެއްވި އެއްޗެއް ފާޑެއް ނުޖަހައެވެ. އެއީ ނޫސްކިޔާ ބަޔަކު ނޫހުން ލިބުނު މަޢުލޫމާތުކޮޅެއްގެ މައްޗަށް ރާވައިފައިވާ ރޭވުމެކެވެ. މި ރޭވުން ބަރޯސާވެފައި ވަނީ ޔުކްރޭނުން ވިޔެ ގަތާ ދޮގު ޚަބަރުތަކުގެ މައްޗަށެވެ."

އިޓަލީގެ ހުށައެޅުމުގައި އޮތީ ކޮން އެއްޗެއް؟

ރޫސީ މަސްއޫލުވެރިޔާ ވިދާޅުވާ ގޮތުގައި އިޓަލީގެ ހުށައެޅުމުގެ ފުރަތަމަ މާއްދާގައި ޔުކްރޭން ވަކި ފަރާތަކަށް ނުޖެހޭ ގޮތަށް އޮންނަންޖެހޭނެ ކަމަށް ބުނާބުނުމަކީ ޙައްޤު ބަހެކެވެ. އެއާ ޖެހިގެން އޮތް ޢިބާރާތް ބުނާގޮތުގައި އެއްވެސް ހުރަހެއްނެތި ކިޔޭވަށް ޔޫރަޕްގެ އިއްތިޙާދުގައި ބައިވެރިވެވެން ޖެހޭނެއެވެ. އޭނާ ވިދާޅުވިއެވެ. "މިއީ އޮޅުވައިލުމެކެވެ. އެމީހުންނަށް މިއީ ދޮގެއްކަން އެނގެއެވެ." އޭނާ ވިދާޅުވިގޮތުގައި "ޔުރަޕްގެ ހުވަފެނުގެ ތެރެއަށް ކިޔީވް ކިތަންމެ ވަރަކަށް ޣަރަޤުކުރިޔަސް ނޭޓޯއަށް ނުވަދެ ޔުކްރޭނަށް ޔޫރަޕްގެ ދުނިޔެއަކަށް ނުވަދެވޭނެއެވެ."

އޭނާ ވިދާޅުވިއެވެ. އިޓަލީގެ ހުށައެޅުމުގެ ދެވަނަ މާއްދާ ބުނާގޮތުގައި ޔުކްރޭންގެ ސަރަޙައްދެއްގެ ގޮތުގައި ޑޮންބާސް އޮވެގެން އެ ސަރަޙައްދުގައި ދާޚިލީ އަމިއްލަ ވެރިކަމެއް ކުރެވިދާނެއެވެ. ރޫސީ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. "މިއީ ހޭޖެހޭ ވާހަކައެއް ނޫނެވެ. ޑޮންބާސްގެ މަސްއަލައަކީ ނިމިފައިވާ މަސްއަލައެކެވެ. އެކަމުގައި ރުޖޫޢަވުމެއް ނެތެވެ. މިންސްކް އެއްބަސްވުމަށާއި މި ސަރަޙައްދުގައި ޢާންމުން ޤަތުލުކުރެވެމުންދާ ގޮތަށް ބަލާއިރު މިއީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ."

ތިންވަނަ މާއްދާ ބުނާގޮތުގައި ކްރިމިޔާ ސަރަޙައްދަށް ދާޚީލީ މިނިވަން ވެރިކަމެއް ދޭންޖެހޭނެއެވެ. މެޑްވެޑޭވް ވިދާޅުވިއެވެ. "މިއީ ރަޝިޔާގެ ސަރަޙައްދީ އެއްބައެއްވަންތަކަމާ އަރާރުންވާ ކަމެއް ކަން އެމީހުންނަކަށް ނޭނގެއެވެ. މިއީ ރަޝިޔާއާ ދެކޮޅަށް ފުޅައު ދާއިރާއެއްގައި ހަނގުރާމަ ފެށުން އިޢުލާން ކުރުމެވެ. މިއީ ރަޝިޔާގެ ސިޔާސީ އެއްވެސް ޙަރަކާތަކުން ޤަބޫލުކުރާނެ ކަމެއްނޫނެވެ. މިކަން ޤަބޫލުކުރުން ރަޝިޔާއަށް ވާނީ ވަޠަނީ ޚިޔާނަތަކަށެވެ."

މެޑްވެޑޭވް ވިދާޅުވި ގޮތުގައި ރަޝިޔާއިން ވާނީ ޞުލްޙައާ ބެހޭ މުޢާހަދާއެއް ހުޅަނގަށް ހުށައަޅައިފައެވެ. ހުޅަނގުން ވަނީ މި ހުށައެޅުން ބަލައިނުގަންފައެވެ.

މި ބަޔާނާ އެއްވަގުތެއްގައި ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އަމީންޢާންމު ޕެޓްރޮޝޭވް ވިދާޅުވިގޮތުގައި "ރަޝިޔާއިން އަވަސް އަރުވައިގަނެގެން ތެޅިފޮޅިއެއް ނަހަދައެވެ. ރަޝިޔާގެ ލަޑުދަޑިތަކަށް ބަދީލެއް ނެތެވެ. އައު ނާޒީން އެކަށް ފުހެލެވެން ޖެހޭނެއެވެ."

އަނެއްކޮޅުން ރޫސީ ދިފާޢީ ވަޒީރު ޝުވިގޯ ވިދާޅުވާގޮތުގައި "ރަޝިޔާއަށް ދަތިކުރުމަށް ޓަކައި ހުޅަނގުން ފިޔަވަޅުތައް އެޅިޔަސް އަދި ހުޅަނގުން ކިޔޭވަށް ޢަސްކަރީ އެހީތައް ކިތަންމެ ވަރަކަށް އޮއްސަމުން ދިޔަސް ރަޝިޔާގެ މަސައްކަތަށް ހުއްޓުމެއް ނުގެނެވޭނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެމެރިކާއިން މިއަދު ވަނީ ބައިނަލްއަޤްވާމީ ސަލާމަތީ ބިނާރު ހަލާކުކޮށްލުމުގެ މަގަށް ނުކުމެފައެވެ.

ޝުވިގޯ ވިދާޅުވިއެވެ. "ޔުކްރޭނަކީ ރަޝިޔާއަށް އޮތް ޙަޤީޤީ ބިރެކެވެ. އެމެރިކާއިން ދަނީ އެ ޤައުމުގައި ޙަޔަވީ ހަތިޔާރު ތަރައްޤީކުރަމުންނެވެ. މީގެ އިތުރަށް ޔުކްރޭނުން ދަނީ ނިޔުކްލިއަރ ހަތިޔާރު އުފެއްދޭތޯ މަސައްކަތް ކުރަމުންނެވެ."

ރޫސީ ދިފާޢި ވަޒީރު ހާމަކުރެއްވި ގޮތުގައި ޔުކްރޭނުގައި ބޭރުގެ ހަ ހާސް ކުލީ ސިފައިން އެބަ ހަނގުރާމަ ކުރެއެވެ. އޭނާ ތުހްމަތު ކުރެއްވި ގޮތުގައި ހުޅަނގުގެ ޢަސްކަރީ ތަޖްރިބާކާރުންނާއި މުޝީރުން ޔުކްރޭންގައި ތަމްރީނު ދިނުމަށާއި ހަނގުރާއަށް ރާވައިދިނުމުގެ ކަންކަމުގައި ވެސް އެބަ އުޅެއެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާގެ ބައިވެރީންނަށް ރަޝިޔާއިން އެހީވެދޭނެއެވެ. އެއިން ޤައުމަކާ ބިރެއް ކުރިމަތިވެއްޖެނަމަ އެ ޤައުމުގެ ދިފާޢުގައި މޮސްކޯ ތެދުވާނެއެވެ.

ރަޝިޔާއާއި ޗައިނާ ގުޅިގެން މަސައްކަތް ކުރުން

ޝުވިގޯ ހާމަކުރެއްވި ގޮތުގައި ހުޅަނގުން ގެންގުޅޭ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ރަޝިޔާއާއި ޗައިނާ ގުޅިގެން މަސައްކަތް ކުރާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާއާއި ޗައިނާ ގުޅިގެން މިދާކަށް ދުވަހު އޭޝިޔާއާއި ޕެސިފިކް ކަނޑުގައި އެ ދެ ޤައުމުގެ އިސްތިރާތީޖީ ވައިގެ ބާރުތަކުން ޖައްވީ ފޯރިމެރުންތަކެއް ވަނީ ބާއްވައިފައެވެ .މި ތަމްރީނުތަކުގައި ރަޝިޔާގެ ޓޮބްލޯވް- 95 އެމްއެސް މަރުކާގެ މިސައިލްތަކާއި ޗައިނާގެ ޚޫން- 6 ކާ މަރުކާގެ އިސްތިރާޖީ ހަނގުރާމަމަތީ މަތިންދާބޯޓުތައް ބައިވެރިވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި ތަމްރީނުތަކުގައި ރަޝިޔާއާއި ޗައިނާގެ ޖައްވީ ބާރުތައް 13 ގަޑިއިރު ޖައްވުގެ ތެރޭގައި އުދުހި ދުޝްމަނުންނަށް ފާރަލައި ހެދިއެވެ. މި ބޯޓުތައް ދެކުނު ކޮރެއާގެ މަތިންދާބޯޓު އުފުލާ އުޅަނދުތަކާއި ޖަޕާނުގެ ޖައްވީ ހަތިޔާރުތަކުގެ ޙަރަކާތްތަކަށް ފާރަލައި ބެއްޔެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *