Support Us

ސުޢޫދީ ވަލީ ޢަހްދު ފަސް ޤައުމަކަށް ދަތުރުފުޅެއް ފަށްޓަވަނީ

ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ފަސް ޤައުމަކަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ.

ރޮއިޓަޒުން ބުނާގޮތުގައި މި ދަތުރުފުގައި މުޙައްމަދު ބިން ސަލްމާން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތުރްކީއަށާއި މިޞްރަށާއި އުރްދުނަށާއި ގްރީހަށާއި ސައިޕްރަހަށެވެ. ސުޢޫދީ ވަލީ ޢަހްދު މި ދަތުރުފުޅުތަކުގައި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މަސްއަލަތަކާ ބެހޭގޮތުންނާއި ވިޔަފާރިއާއި ހަކަތައިގެ ދާއިރާގައި ގުޅުންތައް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރައްވާނެއެވެ.

ސުޢޫދީ މަސްއޫލުވެރީންނާ ޙަވާލާދީ ރޮއިޓަރޒް ބުނާގޮތުގައި ވަލީ ޢަހްދުގެ މި ދަތުރުފުޅުތައް ފަށްޓަވާނެ ވަކި ތާރީޚެއް އަދި ކަނޑައެއް ނޭޅެއެވެ. އެހެނަސް ރޮއިޓަރޒް ބުނާގޮތުގައި މި ދަތުރުފުޅުތައް ފަށްޓަވާނީ މި އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހުއެވެ.

މި ހުސްވި މަހުގެ 28ވަނަ ދުވަހު ތުރްކީ ރައީސް އުރްދުގާން ސުޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ޒިޔާރަތުގެ ސަބަބުން ތުރްކީ– ސުޢޫދީ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހަރުދަނާވެފައެވެ. ރައީސް އުރްދުގާން ސުޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާ ބައްދަލު ކުރެއްވިއެވެ. ރައީސް އުރްދުގާން ވިދާޅުވިގޮތުގައި "މި ދަތުރަކީ އެއްބަނޑުއެއްބަފައި ދެ ޤައުމުގެ ދެމެދުގައި އެކުވެރިކަމާއި އެއްބާރުލުމުގެ އައު މަރްޙަލާއެއްގެ ފެށުމެވެ." އުރްދުގާން ހާމަކުރެއްވި ގޮތުގައި "ޞިއްޙަތާއި ހަކަތަޔާއި ކާބޯތަކެތީގެ އަމާންކަމާއި ދަނޑުވެރިކަމުގެ ފަންނިއްޔާތާއި ޞިނާޢަތާއި ދިފާޢީ މައިދާނުގައި ގުޅުންތައް ހަރުދަނާކުރުމުގެ އެދުން ދެ ޤައުމުގެ ކިބައިގައި އެބަ އޮތެވެ.

"ތެލުގެ މުއްސަނދިކަން ލިބިފައިވާ ސުޢޫދީ ޢަރަބިއްޔާއިން މިހާރު އަމާޒު ހިފައިފައި ވަނީ ތެލަށް ބަރޯސާނުވާ އިޤްތިޞާދެއްގެ މަތީގައި އެ ޤައުމުގެ މުއްސަނދިކަން ބިނާކުރުމަށެވެ. ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅައުކޮށްގެންނާއި ޞިނާޢަތް ތަރައްޤީކޮށްގެންނެވެ.

ޖަޒާއިރަށް ދަތުރުފުޅެއް ކުރައްވާނެ

ސުޢޫދީ ޢަރަބިއްޔާގެ ޚަބަރުތަކާބެހޭ ވަސީލަތްތައް ބުނާގޮތުގައި ޖަޒާއިރު ދަނީ މުޙައްމަދު ބިން ސަލްމާނަށް މަރްޙަބާ ދެންނެވުމަށް ތައްޔާރުވަމުންނެވެ. ޖަޒާއިރުން މި ޒިޔާރަތުގެ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.

ސުޢޫދީ ރަސްމީ މަޞްދަރުތައް ބުނާގޮތުގައި ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާން އެންމެ ފަހުން ޖަޒާއިރަށް ކުރެއްވި ދަތުރުފުޅަކީ ވަލީ ޢަހްދުގެ ދަތުރުފުޅަށް ޓަކައި ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާން ޖަޒާއިރުގެ ރައީސް ޢަބްދުލް މަޖީދު ތިއްބޫނާއި ޚާރިޖީ ވަޒީރު ރަމްޠާން ލިޢަމާމިރާއާއެކު ވާހަކަދެއްކުންތައް ބޭއްވެވިއެވެ.

ބިން ސަލްމާން ޖަޒާއިރަށް ޒިޔާރަތް ކުރައްވާނެކަމަށް ލަފާކުރެވެނީ ޖަޒާއިރުގެ ރައީސް މި ހަފުތާގައި އިޓަލީއަށް ކުރައްވާ ދަތުރުފުޅު ނިންމަވައިފައިވާ ޖަޒާއިރަށް ވަޑައިގަތުމަށްފަހު ފަރަންސޭސި ރައީސް އިމްނުވޭލް މެކަރޯން ޖަޒާއިރަށް ކުރައްވާ ދަތުރުފުޅަށް ފަހުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *