Support Us

ގްރީހާއެކު ޤާއުމިކޮށްފައިވާ އިސްތިރާތީޖީ މަޖިލީހުގެ ބައްދަލުވުން އުރްދުގާން ކެންސަލް ކުރައްވައިފި

ގްރީހާއެކު ތުރްކީން ޤާއިމުކޮށްފައިވާ އިސްތިރާތީޖީ މަޖިލީހުގެ ބައްދަލުވުން ތުރްކީގެ ރައީސް އުރްދުގާން ކެންސަލް ކުރައްވައިފިއެވެ.

މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އުރްދުގާން ވިދާޅުވިއެވެ. "ގްރީހުގެ ބޮޑުވަޒީރާ އަޅުގަނޑު ބައްދަލެއް ނުކުރާނަމެވެ. މިޓްސޮޓާކިސް ނަމަކަށް ކިޔާ މީހަކީ އަޅުގަނޑެއް ދަންނަ މީހެއް ނޫނެވެ."

ގްރީހުގެ ބޮޑުވަޒީރު ދެކެ އުރްދުގާން ކޯފާވީ އެމެރިކާއިން އެފް-16 ގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އަންކަރާއަށް ވިއްކާން ނިންމުމުން އެކަމާ ދެކޮޅަށް މާ ބޮޑަށް ފާޑުވިދާޅުވުމުންނެވެ.

އުރްދުގާން ވިދާޅުވި ގޮތުގައި އެތެންސުން ބުނާ އެއްޗަކަށް ވޮޝިންގްޓަނުން ނުބަލާނެއެވެ.

ސޫރިޔާގައި ޢަސްކަރީ ޙަމަލާތައް ކުރިއަށް ގެންދެވޭނެ

އަނެއްކޮޅުން އުރްދުގާން ވިދާޅުވާ ގޮތުގައި ސޫރިޔާގައި ތުރްކީން ފަށައިފައިވާ ޢަސްކަރީ މަސައްކަތް ވަރަށް އަވަހަށް އަލުން ފެށޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ތުރްކީގެ ދެކުނު ސަރަޙައްދީ ރޮނގު ކައިރީގައި ޤާއިމުކުރަން ބޭނުންވާ ސަލާމަތީ ސަރަޙައްދު ޤާއިމުކުރުމުގެ މަސައްކަތް ނިންމައިލުމަށް ޓަކައި ފަށާ މަސައްކަތެކެވެ. މިއީ ތުރްކީގެ ސަރަޙައްދީ ރޮނގު ކައިރީގައި ސޫރިޔާގެ ބިމުގެ 30 ކީލޯމީޓަރު އެތެރޭގައި އުފެއްދުމަށް ހަމަޖެހިފައިވާ ސަރަޙައްދެކެވެ. އުރްދުގާން ހާމަކުރެއްވި ގޮތުގައި މި ކަމާ ބެހޭގޮތުން ތުރްކީގެ ސަލާމަތީ މަޖިލީހުގައި މިއަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ގްރީހަކީ ކޮންތަނެއް ކަމެއް ނޭގުނު އެކަމަކު އެތެންސްއަކީ ގްރީކްގެ ވެރިކަން ކުރާ ރަށް ކަން އެނގޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *