Support Us

ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރ ޒެލެންސްކީ އަދި ފަރަންސޭސި ރައީސް އެމަނުއަލް މަކްރޯން (ވ)

ޔުކްރޭން އަދި އޮތީ ވިލާތު އިއްތިހާދާ ގުޅުމުގެ 15 ނުވަތަ 20 އަހަރުގެ ފަހަތުގައި: ފަރަންސޭސި ވިލާތް

ފަރަންސޭސިވިލާތުގެ ވިލާތާ ބެހޭ ވަޒީރު ވިދާޅުވާ ގޮތުން ޔޫރަޕް އިއްތިޙާދާ ކްޔީވުން ގުޅުމުގެ އެއްބަސްވުމަކަށް އަންނާން އަދި ވަރަށް ދިގު މުއްދަތެއް ހޭދަވާނެއެވެ. ވިލާތު އިއްތިހާދާ ޔޫކްރޭން ގުޅޭން ފަސޭހަ މަގެއް ނެތްކަމަށާއި އެކަމަށް އަދި ވަރަށް ދިގު މުއްދަތެއް ހޭދަވާނެ ކަމަށް އިއްޔެ ވިދާޅުވީ ފަރަންސޭސިވިލާތުގެ މިނިސްޓަރ ފޮރ ޔޫރަޕިއަން އެފެއަރޒް ކްލެމެންޓް ބޯނާއެވެ.

"އަހަރެމެން ހަގީގަތަށްތާ ވާހަކަ ދައްކާންޖެހޭނީ. ޔުކްރޭނުން ހަ މަސްދުވަހުގެ ތެރޭގައި ނުވަތަ އަހަރަކުން ނުވަތަ ދެ އަހަރުން ވިލާތު އިއްތިހާދާ ގުޅޭނެ ކަމަށް އަހަރެމެން ބުނެފި ނަމަ އެއީ ކަނޑައެޅިގެން ވާނީ ދޮގަކަށް. އެ ނުވާނެ ތެދަކަށް. އެ ކަމަށް 15 ވަރަކަށް ނުވަތަ ވިއްސަކަށް އަހަރު އަދި ވާނެ. އެ ކަމަށް ވަރަށް ދިގު މުއްދަތެއް ހޭދަވާނެ،" ޕެރިހުގެ ރޭޑިއޯ ޖޭއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ. "އަހަރެން ބޭނުމެއް ނޫން ޔޫކްރޭނަށް ކުލަ ހުވަފެން ދައްކާކަށް ނުވަތަ ދޮގުތަކެއް ހަދާކަށް."

"މިހާރު އަހަރެމެން ވާނެ ޔުކްރޭނީންނަށް ވިލާތުގެ މެންބަރު ކަމަށް ވެވޭނެ ސިޔާސީ މަޝްރޫޢެއް ހުށަހަޅައިފައި" ބާނާ ވިދާޅުވިއެވެ.

ފަރަންސޭސި ރައީސް އެމަނުއަލް މަކްރޯން މި މަހު ކުރީކޮޅު ވިދާޅުވެފައިވަނީ "ޔޫކްރޭނުން ވިލާތު އިއްތިޙާދާ ބައިވެރިވުމުގެ މަރުޙަލާތައް އަދި އެތައް ދަހަރަކަށް ދެމިގެންދާނެ" ކަމަށެވެ. "އަހަރެމެން މިސާލަކަށް ޔޫކްރޭނަށް މާދަމާ ފުރަވާރުކަން (ކެންޑިޑެސީ) ދިނަސް ވިލާތު އިއްތިޙާދާ ގުޅުމުގެ އިޖުރާތުތައް ފުރހަމަކުރާން އަދި އެތައް ދަހަރެއް ހޭދަވާނެ،" މެކްރޯން ވިދާޅުވިއެވެ. މެކްރޯން މިހެން ވިދާޅުވީ މި މަހު ނުވަ ވަނަ ދުވަހު ބޭއްވި ވިލާތު އިއްތިހާދުގެ ބަރުލަމާނުގެ ދަންފަޅިއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފަރަންސޭސި ރައީސް ޚިޔާލު ދެއްވި ގޮތުގައި މި ގްރޫޕަށް (ވިލާތު އިއްތިޙާދަށް) ޔޫކްރޭނާއި އަދި އެ ނޫނަސް މެންބަރު ނޫން ގައުމުތަކަށް، (ސީދާ ގުޅުމުގެ ބަދަލުގައި) "ވިލާތުގެ ސިޔާސީ ޖަމާޢަތެއް" ހަދައިދެވިދާނެ އެވެ. އޭރުން ސިޔާސީ އެއްބާރުލުމާއި ސަލާމަތާއި، ހަކަތައިގެ އެއްބާރުލުމާއި ދަތުރުފަތުރާއި ވުނަދާނައާއި ބިނާރާއި ރައްޔިތުންގެ ޙަރަކާތްތަކަށް "ވިލާތުގެ ދީމުޤުރާތީ ޤައުމުތަކުގެ" ގޮތުގައި ޖާގަ ލިބިދާނެ"އެވެ.

އެހެންނަމަވެސް މެކްރޯންގެ މި ހުށަހެޅުމަށް ޔޫކްރޭނުގެ އޮފިޝަލުން ހިތްހަމައެއް ނުޖެހެއެވެ. އެ މީހުން ބުނާ ގޮތުގައި ވިލާތު އިއްތިހާދުގެ ފުރިހަމަ މެންބަރަކަށް ވުން ފިޔަވައި އިތުރު އެހެން މަގުތަކެއް އެހެން އިޚުތިޔާރުތަކެއް އެ މީހުން ބޭނުމެއް ނުވެއެވެ. ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރ ޒެލެންސްކީ ތުހުމަތުކުރައްވާ ގޮތުގައި މި ކަމަށް ހުރަސްއަޅަނީ އަދި އެ ކަން ލަސްކުރަނީ ރޫސީންގެ ފިއްތުންތަކާ ހުރެއެވެ.

"އަހަރެމެން ބޭނުމެއް ނޫން ދޭތެރޭ މެދުގެ ޙައްލެއް. ގަބޫލުކުރޭ، މިއީ ވިލާތާއި ޔޫކްރޭނާ ދެމެދުގެ ދޭތެރޭ މެދުގެ ހައްލެއް ނޫން. މިއީ ވިލާތާއި ރޫސީންނާ ދެމެދު ކަނޑައެޅޭ ދޭތެރޭ މެދުގެ އެހެން ހައްލެއް،" ހޮނިހިރު ދުވަހު ޒެލެންސްކީ ވިދާޅުވިއެވެ. "އަހަންނަށް ޔަގީން ކަށަވަރު، މިއީ ރޫސީންގެ ދީބްލަމާސީ އަދި ސިޔާސީ ނުފޫޒުން މެދުވެރިކުރާ ކަންތައް."

ވިލާތު އިއްތިޙާދާ ގުޅުމަކީ ޔޫކްރޭނުގެ ހުޅަނގަށް ތާއީދުކުރާ ސިޔާސީން އެތައް ދަހަރަކުއްސުރެ އެންމެ ބޮޑަށް ވާހަކަދައްކާ ނުކުތާތަކެވެ. އެހެންނަމަވެސް މި ކަމަށް ކުރިއެރުން ލިބެނީ ވަރަށް ލަހުންނެވެ. އަދި މި ދިޔަ ފެބްރުވަރީ މަހު ފަހުކޮޅު ޔޫކްރޭނުގައި ރޫސީން ހިންގާން ފެށި އަސްކަރީ ހަރަކާތުގެ ސަބަބުން މި ކަމަށް ވަނީ ވަރަށް ބޮޑަށް ހުއްޓުން އަރައިފައެވެ.

ވިލާތު އިއްތިހާދުގެ މެންބަރަކަށް ވާން އެދި ޔޫކްރޭނުން ރަސްމީ ގޮތުން ވަނީ ހުށަ ވެސް އަޅައިފައެވެ. އަދި އެ މީހުން އުންމީދުކޮށްގެން ތިބީ އެ ކަމާ ބެހޭ ގޮތުން އެ އިއްތިހާދުން ޖޫންމަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

ޔޫކްރޭނުން ވިލާތު އިއްތިހާދާ ގުޅުމަކީ ރޫސީން ދެކޮޅުހަދާ ކަމެކެވެ. ޔޫކްރޭނުގައި ރޫސީން އަސްކަރީ ހަރަކާތް ހިންގާން ފެށި އެއް ސަބަބަކީ ވެސް ޔޫކްރޭނުން މި ފަދަ ޖަމާއަތްތަކާ ގުޅުމަކީ ރޫސީންގެ ސަލާމަތަށް އޮތް ނުރައްލަކެއް ކަމަށް އެ ގައުމުން ދެކޭތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *