Support Us

ޔުކްރޭނުގެ މަރިޔަޕޮލްގެ ހުރިހާ ސިފައިން ރަޝިޔާއަށް އަމާންދީފި

ޔުކްރޭނުގެ މަރިޔަޕޮލް ސަހަރުގެ އާޒްވުސްޓާލް އެކުވެނީގައި ރަޝިޔާ ސިފައިން ޙީޞާރުކޮށްފައި ތިބި ޔުކްރޭންގެ ހުރިހާ ސިފައިން އަމާންދީފި ކަމަށް ރޫސީ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

ރަޝިޔާއިން ރޭ ބުނިގޮތުގައި މިހާރު މުޅި އެ ސަހަރު އޮތީ ރޫސީންގެ ފުރިހަމަ ބާރުގެ ދަށުގައެވެ. ރޫސީ ދިފާޢީ ވުޒާރާއިން ރޭ ބުނިގޮތުގައި އެ ކާރުޚާނާގައި ތިބި ޔުކްރޭންގެ 2،439 ސިފައިން އަމާންދީފިއެވެ. ރަޝިޔާއިން ބުނިގޮތުގައި އެމީހުން ފިލައިތިބި މި ކާޜުޚާނާގެ ބިންގަރާސްތަކަށް ރޫސީ ސިފައިން ރޭ ވެރިވެއްޖެއެވެ. ރޫސީ ދިފާޢީ ވުޒާރާ ބުނިގޮތުގައި މި ތަންތާނގައި ފިލައި ތިބި "ހުރިހާ ނާޒީން ބޭރަށް ނުކުމެ އަމާންދީފިއެވެ."

ރަޝިޔާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު އީގޯރު ކޮނަޝިންކޯވް ވިދާޅުވިގޮތުގައި ޔުކްރޭން ސިފައިންގެ މި ފައުޖުގެ ކޮމާންޑަރަށް މަރިޔަޕޮލްގެ ޢާންމުންގެ މީހަކު ކަމެއްކޮށްފާނެތީ އޭނާ ބޭރަށް ނެރެވުނީ ރަޝިޔާގެ އާޓިލަރީ އުޅަނދެއްގައި ޙިމާޔަތްދީގެންނެވެ. ކޮނަޝިންކޯވް ހާމަކުރެއްވި ގޮތުގައި ރޫސީ ދިފާޢީ ވަޒީރު ސަރގީ ޝުވިގޯ ރޭ ރައީސް ޕޫޓިނަށް މި ޚަބަރު އަރުއްވައިފިއެވެ. މަރިޔަޕޮލްގައި ހިނގަމުން ދިޔަ ހަނގުރާމަ ނިމި ރަޝިޔާގެ ތަނަކަށް އެ ތަން ވެއްޖެކަމަށް ރައީސް ޕޫޓިނަށް އޭނާ ދެންނެވިއެވެ.

ރޫސީ ދިފާޢީ ވަޒީރު ރަޝިޔާގެ ޢަސްކަރީ ބާރުތަކުގެ ވެރީންނާ ރޭ ބައްދަލު ކުރައްވަމުން ހާމަކުރެއްވި ގޮތުގައި ޔުކްރޭނުން ވަކިވެގަތުމަށް މަސައްކަތް ކުރާ ޔުކްރޭނުގެ ހަނގުރާމަވެރީންނާ ގުޅިގެން ރޫސީ ސިފައިން އިއްޔެ ވަނީ ޑޮންބާސް ސަރަޙައްދުގެ އިތުރު ތަންތަން ހިފައިފައެވެ. އޭނާ ވިދާޅުވިގޮތގައި ލޮގަންސްކް މިހާރު ވަނީ ޔުކްރޭނުގެ ބާރުގެ ދަށުން ބޭރަށް ނުކުމެ މިނިވަންވެފައެވެ. ލޮގަންސްކް އާއި ޑޮނެޓްސްކް ސަރަޙައްދަކީ 2014 ގައި ޔުކްރޭނުން ވަކިވެގަންފައިވާ ޔުކްރޭނުގެ ދެ ސަރަޙައްދެކެވެ.

ރަޝިޔާއިން ރޭ ހާމަކުރިގޮތުގައި މި މަހު އަށް ވަނަ ދުވަހު ޔުކްރޭނުން "ހަރުފަ ޖަޒީރާ" އަނބުރާ އަތުލެވޭތޯ ވަރުގަދަ ޙަމަލާއެއް ދިނެވެ. މި ޖަޒީރާއަކީ ކަޅުކަނޑުގައި އޮންނަ ވަރަށް އިސްތިރާތީޖީ ޖަޒީރާއެކެވެ. ރަޝިޔާއިން ބުނިގޮތުގައި މި ޖަޒީރާ ހިފަން މަސައްކަތްކުރި ޔުކްރޭން ފައުޖު ވަނީ ބަލިވެ ފަހަތަށް ޖެހިފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *