Support Us

މަކުނުކަށިވިދުރި: ނުރައްކާތެރި އައު ރޯގާއެއް ހުޅަނގުގެ ބައެއް ޤައުމުތަކުގައި ފެތުރެނީ

އެމެރިކާއާއި ހުޅަނގު ޔޫރްޕްގެ ބައެއް ޤައުމުތަކުގައި ނުރައްކާތެރި އައު ރޯގާއެއް ފެތުރެމުންދާ ކަމަށް އެ ޤައުމުތަކުން ހާމަކޮށްފިއެވެ. މި ރޯގާގެ ނަމަކީ މަކުނުކަށިވިދުރި ނުވަތަ monkeypox އެވެ. އިއްޔެ އެމެރިކާއާއި ކެނެޑާއާއި ސްޕޭނާއި ޕޯޗްގީޒާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ މީޑިއާތަކާއި ޞިއްޙަތާ ބެހޭ ދާއިރާތަކުން ހާމަކުރި ގޮތުގައި މި ބަލި ޖެހިފައިވާ އެތައް ބަޔަކާއި މި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ އެތައް ބަޔަކު ފެނިއްޖެއެވެ.

ސްޕޭނުގައި ހަތް މީހަކަށް، ޕޯޗްގީޒުގައި 14 މީހަކަށް އަދި އެމެރިކާގައި 13 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް ރޮއެޓަރޒުން ބުންޏެވެ.

ޕޯޗްގީޒުގެ ޞިއްޙަތާ ބެހޭ އިދާރާތައް ބުނާގޮތުގައި މަކުނުކަށިވިދުރި ޖެހިފައިވާ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ. މި އިދާރާތަކުން ޢާންމު ރައްޔިތުންނަށް ބިރާސްނުވުމަށާއި ކަންބޮޑުވެ ހާސްނުވުމަށް ދަނީ ގޮވައިލަމުންނެވެ. ޕޯޗްގީޒުގެ ކަމާބެހޭ އިދާރާގެ ތަރްޖަމާނު މަރްގަރީދާ ތަވަރިސް ވިދާޅުވާ ގޮތުގައި ޕޯޗްގީޒުން 14 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. އަދި އިތުރު 20 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވެއެވެ. އެހެނަސް އޭނާ ވިދާޅުވިގޮތުގައި މިއީ އެހާ އަވަހަށް އެހާ ފަސޭހައިން ފެތުރޭ ބައްޔެއްނޫނެވެ.

އިނގިރޭސިވިލާތުގެ ޞިއްޙަތާ ބެހޭ އިދާރާ (ޔޫކޭ އެޗްއެސްއޭ) އިން ބުނާގޮތުގައި އިނގިރޭސިވިލާތުގައި ނުވަ މީހަކަށް މި ބަލި ވަނީ ޖެހިފައެވެ. އިނގިރޭސި ވިލާތުގެ ޞިއްޙަތާ ބެހޭ މި އިދާރާ ބުނާގޮތުގައި މި ބަލި ދުނިޔޭގެ ފެންވަރުގައި ފެތުރިގެން  ހިނގައިދާނެކަމުގެ ބިރު އެބަ އޮތެވެ. އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތާ ބެހޭ ޑިރެކްޓަރު ޕްރޮފެސަރ ކެވިން ވިންޓަން މި ބަލީގެ ޢަލާމާތްތައް ދެނެގަނެ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަވަހަށް އެޅުމަށް ގޮވައިލެއްވިއެވެ. މި ބަލީގެ ޢަލާމާތްތައް ފެންނާނީ ތުންފަތް ކައިރީންނާއި ނިވާމަގުގެ ވަށައިގެން ނަގާ ބިހިތަކަކުންނެވެ. މި ބަލި ޖެހެމުންދަނީ އެއްޖިންސުން ޝަހްވާނީ އެދުން ފުއްދާ މީހުންނަށާއި ބަދުއަޚްލާޤީ ޢަމަލުތައް ހިންގާ މީހުންނަށެވެ. ކުރުކޮށްލައިގެން އެ ކިޔާ އެލްޖީބީޓީ ގިންތީގެ މީހުންނަށެވެ. މި ބަލި ޖެހުމުން ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ބޮލުގައި ރިއްސުމާއި އާދަޔާޚިލާފު ގޮތަކަށް ބިހިނެގުން ވެއެވެ.މި ބަލި އަރަނީ މާބޮޑަށް ގައިގޯޅިވެގެން އުޅުމުގެ ސަބަބުންނެވެ. ކުޅާއި މަނިފަދަ ހަށިގަނޑުގެ ދިޔަތަކުގެ ތެރެއިންނެވެ.

މަކުނުކަށިވިދުރީގެ ދެ ބާވަތެއް

މި ބަލީގެ ދެ ބާވަތެއް ފެނިފައިވާ ކަމަށް ސައެންސީން ވިދާޅުވެއެވެ. އެއްބާވަތަކީ ކޮންގޯ ބާވަތެވެ. މި ބާވަތުގައި މަރުވާ މީހުންގެ ނިސްބަތަކީ 10% ކަމަށް ބުނެއެވެ. ދެވަނަ ބާވަތަކީ ހުޅަނގު އެފްރިކާ ގިންތިއެވެ. މި ބާވަތުގައި މަރުވާމީހުންގެ ޢަދަދަކީ 1% އެވެ.

އެހެނަސް ޕޯޗްގީޒުން ބުނާގޮތުގައި އެ ޤައުމުގައި މި ބަލިޖެހިފައިވާ މީހުންނަކީ އެފްރިކާއަށް ދަތުރުކޮށްފައިވާ ބައެއްނޫނެވެ. އަވަށްޓެރި ސްޕޭންގައި އިއްޔެ ވަނީ  މި ބަލި ހަތް މީހަކަށް ޖެހިފައެވެ. އިތުރު 22 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވެއެވެ. މި ހުރިހާ އެންމެން ވެސް ފެނިފައިވަނީ ވެރިރަށް މެޑްރީޑް ސަރަޙައްދުންނެވެ.

ފަރަންސޭސިވިލާތުން ބުނާ ގޮތުގައި އެ ޤައުމުގެ ވެރިރަށް ޕެރިހުން އިއްޔެ ވަނީ މި ބަލި ޖެހިފައިވާ މީހަކު ފެނިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *