ދިރާސާކުރައްވާ ޢިލްމުވެރީންގެ ހޯއްދެވުންތައް ބުނާގޮތުގައި ވައި ވިސަޑުވުމުގެ ސަބަބުންނާއި ތިމަރައިގެ ސަބަބުން ދުނިޔޭގައި އަހަރަކު ނުވަ މިލިއަން މީހުން މަރުވަމުން އެބަދެއެވެ. މި ދިރާސާތައް ބުނާގޮތުގައި ވިސަޑުވުމުގެ ސަބަބުން އަހަރަކު މިހާ ގިނަ ބަޔަކު މަރުވަމުންދާތާ ހަތް އަހަރުވެއްޖެއެވެ.
ރޮއިޓަރޒުން މި ޢިލްމުވެރީންގެ ޑޭޓާބޭސްތަކުގެ ތަޙްލީލުތަކާ ހަވާލާދީ ހާމަކުރި ގޮތުގައި ދުނިޔޭގައި މީހުން މަރުވާ ޢަދަދުގެ މިންވަރާއި ވިސަޑުގެ ދަރަޖަތަކާ ދެމެދުގައި ގުޅުމެއް އެބަ އޮތެވެ. ޞިނާޢަތްތަކާއި ޙަޟާރަތުގެ ސަބަބުން އިތުރުވަމުންދާ ވިސަޑުގެ ސަބަބުން 2015 އާއި 2019 އާ ދެމެދުގައި މީހުން މަރުވި ނިސްބަތް ވަނީ 7% މައްޗަށް ގޮސްފައެވެ.
ޕިޔޯ އަރތު ޖަމްޢިއްޔާގެ ރައީސް ރިޗަރޑް ފޮލަރ ވިދާޅުވާ ގޮތުގައި މޫސުމަށާއި މެލޭރިޔާއަށާއި އެއިޑްސް ފަދަ ކަންކަމަށް އަހައްމިއްޔަތުކަން ދޭ މިންވަރަށް ވެށީގެ ވިސަޑުވުމަށް އިސްކަމެއް ނުދެވެއެވެ.

ލައްކަލައްކައިން މަރުވުމާއި ކުރޯޑުކުރޯޑުން ގެއްލުން ލިބުން
މި ދިރާސާތައް ބުނާގޮތުގައި ވިސަޑުގެ ސަބަބުން އަހަރަކު 90 ލައްކަ މީހުން މަރުވަމުން ދެއެވެ. އަދި މި ކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް 4.6 ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް ލިބެއެވެ.
ލަންޗެޓް ޕްލެނިޓަރީ ހެލްތު މަޖައްލާ ބުނާގޮތުގައި 2019ވަނަ އަހަރުގެ ދިރާސާތައް ދައްކާ ގޮތުން ވިސަޑުގެ ސަބަބުން މީހުން މަރުވުން ދަނީ އިތުރުވަމުންނެވެ. މި މަޖައްލާގެ ފަހުގެ ދިރާސާތައް އިސްކަންދީފައި ވަނީ ވިސަޑުގެ ސަބަބުތަކަށެވެ. އޭގެތެރޭގައި ބަންދުވެފައި ހުންނަ ތަންތާނގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ޞިނާޢަތްތަކާއި ވިހަ ކީމާވިއްޔާތުގެ ސަބަބުން ވައި ވިސަޑުވުމާއި ޤަޟާޙާޖަތްކުރުމުގެ ވަސީލަތް ބޯދާވުން ވެއެވެ. މި ދިރާސާތައް ބުނާގޮތުގައި މިފަދަ ސަބަބުތަކާ ގުޅިގެން ދުނިޔެ ވިސަޑުވަމުންދާ މިންވަރު ކުޑަވިޔަސް އެފްރިކާއާއި ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި އަދިވެސް އެއީ މަސްއަލައެކެވެ. މި ދިރާސާތައް ބުނާގޮތުގައި ޗާޑާއި މެދުތެރޭ އެފްރިކާއާއި ނައިޖަރަކީ ވިސަޑުގެ ސަބަބުން މީހުން ގިނައިން މަރުވަމުންދާކަން ރެކޯޑުކުރެވިފައިވާ ޤައުމުތަކެކެވެ.
މި ދިރާސާތައް ބުނާގޮތުގައި ވައި ވިސަޑުވުން ކުޑަކުރެވޭތޯ ސަރުކާރުތަކުން ހިންގާ ޕްރޮގްރާމުތަކުގެ ނަތީޖާ ރަނގަޅެވެ. މި ދިރާސާތައް ބުނާގޮތުގައި 2019އާއި 2000ވަނައަހަރާ ދެމެދުގައި އިތިޔޮޕިޔާއާއި ނައިޖީރިޔާގައި ސަރުކާރުން ހިންގައިފައިވާ ޕްރޮގްރާމުތަކުގެ ސަބަބުން ވިސަޑުގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު ވަނީ ތިން ބައިކުޅަ ދެ ބަޔަށް މަދުކުރެވިފައެވެ.
އިނގިރޭސިވިލާތުގެ ގާރޑިއަން ދުވަހު ނޫސް ބުނާގޮތުގައި އެއިޑްސްއާއި މެލޭރިޔާއާއި ކެއްސުންބައްޔާއި މަގުމަތީގެ ހާދިސާތަކުން މަރުވާ މީހުންގެ ޖުމްލަ ޢަދަދަށްވުރެ ނުވަތަ މަސްތުވާތަކެއްޗާއި ރާގެ ސަބަބުން މަރުވާ މީހުންގެ ޖުމްލަ ޢަދަދަށްވުރެ ވިސަޑުގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު ގިނައެވެ.
މި ދިރާސާތައް ބުނާގޮތުގައި 2016 އިން ފެށިގެން އިންޑިޔާގައި ދަރުން ކެއްކުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ދަރުގެ ބަދަލުގައި މިހާރު އަންނަނީ ގޭސް ބޭނުންކުރަމުންނެވެ.

ވަޔާއި ފެނާއި ފަސްގަނޑު ވިސަޑުވުން
ދުޅަހެޔޮކަމަށް ޓަކައި އެއްބާރުލައި ވިސަޑާ ދެކޮޅަށް މަސައްކަތްކުރާ ނިވްޔޯރކްގެ ޖަމްޢިއްޔާގެ ތަންފީޒީ ޑިރެކްޓަރު ރިޗެލް ކޮބްކާ ވިދާޅުވާ ގޮތުގައި ބަރު މަޢުދަނުތަކާއި ޒިރާޢީ ކީމާވިއްޔާތާއި ބޯޓު ދެއްޔާއި ތެޔޮފަދަ އެއްޗެހި އެނދުމުގެ ސަބަބުން ޖައްވު ހޫނުވަމުންދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ދިރާސާ ބުނާގޮތުގައި 2000ވަނަ އަހަރު މި މިންވަރު ވަނީ 66% އަށް މައްޗަށް ގޮސްފައެވެ.
މި ދިރާސާތައް ބުނާގޮތުގައި ބެންކޮކާއި ބޭޖިންގާއި މެކްސިކޯ ސިޓީފަދަ ބައެއް ބޮޑެތި ސަހަރުތައް ވަނީ ވިސަޑު ކުޑަކުރުމުގައި ރަނގަޅު އަރުތަތަކެއް ހޯދައިފައެވެ. އެހެނަސް މި މައިދާނުގައި ރަށްފުށުގެ ރަށްތައް އަދި ވެސް އޮތީ ކުރީގެ ފެންވަރުގައެވެ.
ވިސަޑުގެ ސަބަބުން އެންމެ ގިނައިން މީހުން މަރުވެފައިވާ 10 ޤައުމު
- ޗާޑު
- މެދުތެރޭ އެފްރިކާ ޖުމްހޫރިއްޔަތު
- ނައިޖަރު
- ސޮލޮމަން ޖަޒީރާތައް
- ސޯމާލް
- ދެކުނު އެފްރިކާ
- އުތުރު ކޮރެއާ
- ލިސޫޓޫ
- ބުލްގޭރިޔާ
- ބުރްކީނޯ ފާސޯ



advertisment