ޔުކްރޭންގެ ހުޅަނގުގައި އޮންނަ ލްވީވް ސަރަޙައްދުގައި ގުދަންކޮށްފައި ހުރި އެމެރިކާއާއި ހުޅަނގުގެ ހަތިޔާރު ގުދަންތަކެއް ފުނޑުފުނޑުކޮށް ނައްތައިލައިފައިވާ ކަމަށް ރޫސީ ދިފާޢީ ވުޒާރާއިން ބުނެފިއެވެ. މި ހަތިޔާރުތައް ހަލާކުކޮށްލީ ރަޝިޔާއިން ދިން މިސައިލް ޙަމަލާތަކަކުން ކަމަށް ވެސް އެ ވުޒާރާގެ ތަރްޖަމާނު ބުންޏެވެ.
އޭނާ އިތުރަށް ހާމަކުރި ގޮތުގައި ރޫސީ ސިފައިން ޙިޞާރުކޮށްފައިވާ އާޒޫވުސްޓާލް ކާރުޚާނާގައި ތިބި ޔުކްރޭން ސިފައިންގެ ތެރެއިން 265 ސިފައިން ވަނީ އަމާންދީފައެވެ. އޭގެތެރޭގައި ވަރަށް ބޮޑަށް ޒަޚަމުވެފައި ތިބި ސިފައިން ވެއެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު ބުންޏެވެ. "އަމާން ދިން 265 މީހުންގެ ތެރޭގައި ވަރަށް ބޮޑަށް ޒަޚަމުވެފައިވާ 51 ސިފައިން ވެއެވެ."
ފަރުވާއަށް ބޭނުންވާ އެންމެން ގެންދިޔައީ ޔުކްރޭނުން ވަކިވެގަތުމަށް މަސައްކަތްކުރާ ސަރަޙައްދުގައި ހުރި ހަސްފަތާލަކަށް ކަމަށް ރަޝިޔާއިން ބުންޏެވެ. ރަޝިޔާއިން ބުނާގޮތުގައި މި ދިޔަ ހޯމަ ދުވަހުން ފެށިގެން މިހާތަނަށް އާޒުވުސްޓާލް އެކުވެނިން 959 ޔުކްރޭން ސިފައިން ވަނީ އަމާންދީފައެވެ.
ޔުކްރޭނުގެ ދިފާޢީ ވަޒީރުގެ ނައިބާ ގާނާ މެލިއާރު އިއްޔެ ހާމަކުރެއްވި ގޮތުގައި އާޒޫވުސްޓާލް ކާރުޚާނާއިން އިއްޔެ ވަނީ 264 ހަނގުރމަވެރިއަކު ބޭރަށް ނެރެވިފައެވެ. އޭގެ ތެރޭގައި ޒަޚަމުވެފައިވާ 53 ހަނގުރާމަވެރީން ހިމެނެއެވެ. އެމީހުން މި ކާރުޚާނާއިން ގެންދިޔައީ އިރުމަތީ ޔުކްރޭނުގައި އޮންނަ ރޫސީޏްނަށް ތާއީދު ކުރާ ޔުކްރޭން މީހުންގެ ސަރަޙައްދަކަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަސީރުން ބަދަލުކުރުމުގެ ޕްރޮގްރާމުގެ ދަށުން މި މީހުން ވަރަށް އަވަހަށް ޤައުމަށް އެނބުރި އަންނާނެއެވެ.



advertisment