Support Us

ރަޝިޔާ ގޭހަށް ޖަރްމަނުން ރޫބެލުން އަގު ދައްކައިފި

ޖަރްމަނުން ރަޝިޔާގެ ގޭހަށް ރޫބެލުން އަގު ދައްކައިފި ކަމަށް އިޓަލީގެ ބޮޑުވަޒީރު ޑްރެގީ (ފޮޓޯ) ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާ އަތުން ގަންނަ ގޭހަށް ރޫބެލުން އަގު ދެއްކުމަކީ ރަޝިޔާއާ ދެކޮޅަށް ހުޅަނގާއި އެމެރިކާއިން އަޅައިފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކާ ޚިލާފު ކަމެއް ނޫނެވެ.

އިޓަލީގެ މަސްއޫލުވެރިޔާ ވިދާޅުވި ގޮތުގައި ރޫބެލުން އަގުދެއްކުން މަނާކުރާ ރަސްމީ ޤަރާރެއް ނެތެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑްނާ ވޮޝިންގްޓަންގައި ބައްދަލު ކުރެއްވުމަށްފަހު އިޓަލީގެ ބޮޑުވަޒީރު ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ. "އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ގޭހުގެ އަގު ރޫބެލުން ދައްކަމުންދާނެއެވެ. އެއީ އެކަމާ ބެހޭ ރަސްމީ ބަޔާނެއް ނެތީމައެވެ." އޭނާ ވިދާޅުވިގޮތުގައި އެއީ "އަޅި ސަރަޙައްދެކެވެ."

އަނެއްކޮޅުން ބަލާއިރު ހުޅަނގުގެ މީޑިއާތައް ބުނާގޮތުގައި ޖަރްމަނުގެ ހަކަތައާ ބެހޭ ކުންފުންޏެއް ކަމުގައިވާ ވީޖީއެން އިން ރަޝިޔާގެ ގޭޒްޕްރޯ ކުންފުންނާއެކު ރޫބެލުން މުޢާމަލާތުތައް ކުރުމަށް އެއްބަސްވެއްޖެއެވެ. މި ކަމަށް ޓަކައި ގޭޒްޕްރޯ ބޭންކްގައި އެކަމަށް ބޭނުންވާ އާލިއްޔާތުތައް މިހާރު ވަނީ ހަދައިފައެވެ. މި އާލިއްޔަތުގެ ދަށުން ގޭޒްޕްރޯ ބޭންކްގައި ދެ އެކައުންޓެއް ހުޅުވާނެއެވެ. ފުރަތަމަ އެކައުންޓަކީ ޔޫރޯ އެކައުންޓެކެވެ. ދެވަނަ އެކައުންޓަކީ ރޫބެލް އެކައުންޓެކެވެ. ރަޝިޔާއިން ގޭހަށް އަގު ނަގާނީ ޔޫރޯ ރޫބަލަށް ބަދަލުކޮށް ރަޝިޔާގެ ބާޒާރުގައި ޔޫރޯ ގަންނަ އަގުންނެވެ.
ރަޝިޔާއާ ދެކޮޅަށް ހުޅަނގުން ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމާ ވިދިގެން ރަޝިޔާއިން ރަޙްމަތްރިނޫން ޤައުމުތަކަށް ގޭސް ވިއްކަމުން ދަނީ ރޫބެލުންނެވެ.

ރޫސީ ރައީސްގެ ރަސްމީ ޤަރާރަކުން ނިންމައިފައިވާ ގޮތުގައި ރަޙްމަތްތެރިނޫން ޔޫރަޕްގެ ޤައުމުތަކުގެ ކުންފުނިތަކަށް ރަޝިޔާއިން މުދާ ގަނެވޭނީ ރަޝިޔާގެ ބޭންކްތަކުގައި ދެ އަކުންޓެއް ހުޅުވައިގެންނެވެ. ރަޝިޔާގެ ބޭންކުތަކުން ރަޝިޔާގެ ކުންފުނިތަކަށް ފައިސާ ފޮނުވާނީ ބާޒާރު އަގުން ޔޫރޯ ނުވަތަ ޑޮލަރު ގަތުމަށްފަހު ރޫބެލުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *