Support Us

ޔުކްރޭންގެ ރައީސް ޒިލެންސްކީ އާއި ރަޝިޔާގެ ރައީސް ޕޫޓިން (ވ)

ޔުކްރޭނަށް ދޭ ޢަސްކަރީ ޙަމަލާތަކަކީ ޟަރޫރަތެއް: ޕޫޓިން

ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ދެމުންގެންދާ ޢަސްކަރީ ޚާޢްޞަ ޙަމަލާތަކަކީ ޟަރޫރަތެއް ކަމަށް ރޫސީ ވުލަޑިމީރު ޕޫޓިން ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވިގޮތގައި ހުޅަނގުން ދިޔައީ ރަޝިޔާއަށް ޙަމަލާއެއް ދިނުމަށް ތައްޔާރުވަމުންނެވެ. ރަޝިޔާއަށް އިސްވެ ފިޔަވަޅު އަޅަން ޖެހުނީ ޤަބޫލުނުކުރެވޭނެ ބިރުވެރިކަމެއް ރަޝިޔާއާ ޔުކްރޭން ތެރެއިން ކުރިމަތިލާން ޖެހުމުންނެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޢަސްކަރީ ޕެރޭޑް ހުޅުއްވާ ދެއްވަމުން ޕޫޓިން ސިފަކުރެއްވި ގޮތުގައި "ޔުކްރޭނުގައި ރޫސީ ސިފައިން ކުރަމުނންދާ ޢަސްކަރީ މަސައްކަތަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ސޮވިއެޓް ޔުނިއަނުން ކުރި ހަނގުރާމައާ އެއްފަދަ" ކަމެކެވެ.

ޕޫޓިން ވިދާޅުވިއެވެ. "ޑޮންބާސްގައި އެ ސަރަޙައްދުގެ ރައްޔިތުންނާއި ރޫސީ ސިފައިން ހަނގުރާމަ ކުރަމުން ދަނީ އެބައިމީހުންގެ މާދަރީ ވަޠަނަށް ޓަކައެވެ." ޕޫޓިން ވިދާޅުވިއެވެ. "ރަޝިޔާއިން ފެށި ޢަސްކަރީ ޚާއްޞަ މަސައްކަތަކީ ރަނގަޅު ވަގުތުގައި ފެށި ޟަރޫރީ މަސައްކަތެކެވެ. އެއީ އެ ވަގުތު ނިންމުނު ރަނގަޅު ނިންމުމެކެވެ."

ޕޫޓިންގެ ވާހަކަފުޅުގައި އިޝާރަތް ކުރެއްވި ގޮތުގައި "ނޭޓޯ އިން ދިޔައީ އަހުރެމެންގެ ސަރަޙައްދު ކައިރީގައި އަހުރެމެންނަށް ބިރުދައްކަމުންނެވެ." އޭނާ ވިދާޅުވިއެވެ. "ރަޝިޔާއިން ދުޝްމަނުންނަށް އިންޒާރު ދިނެވެ. އެހެނަސް ހުޅަނގަށް މި އަޑެއް ނީވުނެވެ."

ރަޝިޔާއިން މި ދުވަސް ފާހަގަ ކުރަނީ ސޮވިއެޓް ޔުނިޔަންގެ ބާރުތައް ދެވަނަ ބޮޑުހަނގުރާމައިގައި ނާޒީ ބާރުތަކުގެ މައްޗަށް ނަޞްރު ހޯދީ މޭ މަހުގެ 9ވަނަ ދުވަހުގައި ކަމަށް ވާތީއެވެ.
މޮސްކޯގައި މިއަދު ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ޓަކައި ބޭއްވި ޢަސްކަރީ ޕެރޭޑްގައި 13 ހާހަށްވުރެ ގިނަ ސިފައިން ބައިވެރިވިއެވެ. ރަޝިޔާއިން މިފަދަ ބޮޑު ޢަސްކަރީ ދައްކައިލުމެއް ބޭއްވީ އެ ޤައުމުގެ ބާރުތައް ދުނިޔެއަށް ދައްކައިލުމަށް ޓަކައެވެ. މި ކަމުގެ ސަބަބުން ޔުކްރޭންގައި ހަނގުރާމަ ކުރަމުންދާ ރޫސީ ސިފައިންގެ މާނަވިއްޔާތު އުފުލިގެންދާނެތީއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނާގޮތުގައި ނިޔުކްލިއަރ ހަނގުރާމައެއް ފެށިއްޖެނަމަ ރޫސީ ރައީސް ޤައުމު ހިންގެވުމަށް ޓަކައި ބޭނުންކުރައްވާނެ ޚާއްޞަ މަތިންދާބޯޓު (ދުނިޔޭގެ ނިމުމުގެ މަތިންދާބޯޓު) މިއަދު ދައްކައިލެވޭނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *