Support Us

ނިޔުކްލިއަރ ބޯތައް އުފުލުމުގެ ބާރު ލިބިފައިވާ  އެލެގްޒަންޑަރު އެމް މިސައިލް ނިޒާމެއް

ނިޔުކްލިއަރ ބާރުގެ މިސައިލްތައް ޙަމަލާދޭނެ ގޮތް ރަޝިޔާއިން ދައްކާލައިފި

ނިޔުކްލިއަރ ބޯތައް އުފުލުމުގެ ބާރު ލިބިގެންވާ މިސައިލްތަކެއް ޙަމަލާދޭނެ ގޮތުގައި ކުރެހުމެއް ރަޝިޔާއިން މިއަދު ކެލެނިންގްރާޑްގައި ދައްކާލައިފި ކަމަށް ރޫސީ ދިފާޢީ ވުޒާރާއިން އިޢުލާންކޮށްފިއެވެ. މިއީ ޕޮލެންޑާ ލިޓްވޭނިޔާއާ ދެމެދުގައި ބޯލްޓިކް ކަނޑުގެ އައްސޭރީގައި އޮންނަ ސަހަރެކެވެ.

މި ބަޔާން ބުނާގޮތުގައި ނިޔްކްލިއަރ ހަތިޔާރުގެ ބޯތައް އުފުލުމުގެ ބާރު ލިބިގެންވާ އެލެޒަންޑަރ އެމް މަރުކާގެ ބޮލިސްޓިކް މިސައިލް ނިޒާމު  މަސައްކަތް ކުރާގޮތް ލޭޒަރު ކުރެހުމުގެ ޒަރީޢާއިން ދައްކައިލީ ރޫސީ ސިފައިން ބޭއްވި ޢަސްކަރީ ތަމްރީނުތަކެއްގެ ތެރޭގައެވެ. މި ތަމްރީނުތަކުގައި ވަކިވަކި އަމާޒުތަކަށާއި އެއްވަގުތެއްގައި އެތައްއެތައް އަމާޒުތަކަކަށް ޙަމަލާ ދޭނެ ގޮތް ވެސް ދައްކައިލިއެވެ. މި މިސައިލްތަކުން ޙަމަލާދެވޭ އަމާޒުތަކުގެ ތެރޭގައި ވައިގެ ބަނދަރުތަކާއި ބިމުއަޑީގައި ހަދާފައި ހުންނަ ބިނާރުތަކާއި ޢަސްކަރީ ކޮމާންޑިންގް މަރްކަޒުތަކާއި ބަރު ހަތިޔާރުތައް ހިމެނެއެވެ.

މިފަދަ ޙަމަލާތައް ދެވިދާނެ ތަފާތު ގޮތްތައް ރަޝިޔާއިން މި ދައްކައިލީ ޔުކްރޭން ހަނގުރާމައަށް 70 ދުވަސްވި ދުވަހުގައެވެ. މި ހަނގުރާމަ ފެށުމާއެކު ރަޝިޔާއިން ވަނީ އެ ޤައުމުގެ ނިޔުކްލިއަރ ބާރުތައް ތައްޔާރީ އެންމެ ބޮޑު ޙާލަތަށް ގެނެސްފައެވެ. ރޫސީ ރައީސް ޕޫޓިން އިންޒާރު ކުރައްވަމުންދާ ގޮތުގައި ޔުކްރޭން ހަނގުރާމައިގެ ތެރެއަށް ހުޅަނގުން ވަދެއްޖެނަމަ "ވިދުމުގެ ދުވެލީގައި" ރަޝިޔާއިން އެމީހުންނަށް ބަދަލުހިފުމުގެ ޙަމަލާތައް ދޭނެއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާން ބުނާގޮތުގައި އިއްޔެ ބޭއްވި ޢަސްކަރީ ތަމްރީނަކީ މި ހަތިޔާރުތައް ހުރި ތަންތަން ބަދަލު ކުރުމަށް ބޭއްވި ތަމްރީނެކެވެ. އެއީ ހުޅަނގުން ދީފާނެ ޙަމަލާތަކުން އެ ހަތިޔާރުތައް ރައްކައުތެރި ކުރުމަށް ޓަކައެވެ. މި ތަމްރީނުގައި ރޫސީވިލާތުގެ 100 ސިފައިން ބައިވެރިވިއެވެ. މި ތަމްރީނުގައި ނިޔުކްލިއަރ ދޯދިތަކާއި ކެމިކަލް ދޯދިތަކުގެ ސަބަބުން ވިސަޑުވެފައިވާ ޙާލަތުގައި ހަނގުރާމަ ކުރުމަށް ޓަކައި ބޭނުންވާ ތަމްރީނު ވެސް ދެވުނެވެ.

ރަޝިޔާއާއެކު އެއްބަސްވެފައިވާ އެއްވެސް އެއްބަސްވުމަކަށް ނޭޓޯއިން ކަށަވެތި ނުވާނެ ކަމަށް ބުނުމުން ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް މެޑަވްޑޭވް ވަނީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި މީގެ މާނައަކީ ނޭޓޯގެ ނިޔްކްލިޔަރ ހަތިޔާރުތައް ނޭޓޯގެ އައު މެންބަރު ޤައުމުތަކަށް ހުޅަނގުން ގެންދާނެ ވާހަކައެވެ. އޭނާ ވިދާޅުވިއެވެ. "މި ކަމުން އެނގެނީ އަހުރެމެންގެ ސަރަޙައްދީ ރޮނގު ކައިރީގައި އަހުރެމެންނާ ޖެއްސުންކުރަން ހުޅަނގުން ބޭނުންވާ ކަމެވެ."

މި ހުސްވި މަހު ރަޝިޔާގެ ރަސްމީ ޓީވީގައި ޔޫރަޕްގެ ޤައުމުތަކާ ދެކޮޅަށް ނިޔުކްލިއަރ ހަތިޔާރު ބޭނުންކުރުމާ ބެހޭގޮތުން ތަފާތު މަސްއޫލުވެރީން ވާހަކަފުޅު ދައްކަވައިފާ ވެއެވެ. މީގެ ތެރެއިން ޕްރޮގްރާމެއްގައި މެހެމާނަކު ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ލަންޑަނަށް ސާމާރޓް މިސައިލަކުން ޙަމަލާ ދެވިދާނެއެވެ. އޭނާ ވިދާޅުވިއެވެ. "އިނގިރޭސިވިލާތަކީ ކުޑަ ޤައުމެކެވެ. ސާމާރޓް އެންމެ މިސައިލަކުން އަބަދުގެ އަބަދަށް އެ ސަހަރު  ޣަރަޤުކޮށްލެވިދާނެއެވެ. މި މިސައިލް 202 ސިކުންތުގެ ތެރޭގައި ލަންޑަނަށް ވާޞިލުވާނެއެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *